އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެން ސިގިރެޓާ އެނަރޖީ ޑްރިންކްސް އެތެރެކުރާނީ ސަރަހައްދީ ބަނދަރުތަކަށް!

ދެން ސިގިރެޓާ އެނަރޖީ ޑްރިންކްސް އެތެރެކުރާނީ ސަރަހައްދީ ބަނދަރުތަކަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ސަރަހައްދީ ބަނދަރުތަކަށް އެތެރކުރާ މުދަލުގެ ޑިޔުޓީން 50 އިންސައްތަ ކުޑަކޮށްދޭ ގޮތަށް ހަމަޖެއްސުމާއި ގުޅިގެން ދެން ދުންފަތުގެ ބާވަތްތަކާއި އެނަރޖީ ޑްރިންކްސް ފަދަ ތަކެތި އެތެރެކުރާނީ ސަރަހައްދީ ބަނދަރުތަކަށް ކަމަށް ވިޔަފާރިވެރިއަކު ބުނެފިއެވެ. 

އޭނާ ވިދާޅުވީ ސަރަހައްދީ ބަނދަރުތަކުން މާލެއަށް މުދައު ގެނައުމަކީ މިހާރު ވަރަށް ކުރަން ވަރަށް ފަސޭހަކަމެއް ކަމަށާއި ކޮންޓޭނަރެއްގެ ޑިޔުޓީން ކުޑަވާވަރުގެ ނިޞްބަތަށްބަލާއިރު މިކަމުން އެމީހުންގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ. 

"މިކަމުގެ ފައިދާ ރައްޔިތުންނަސް ކުރާނެ. އެއީ މިބާވަތްތަކުގެ އަގުވެސް ދެން ހެޔޮވާނެ." 

އޭނާ ވިދާޅުވީ ރައްޔިތުންގެ ޞިއްޙަތު ސަލާމަތްކުރަން ކުރަންޖެހޭ ކަންކަން ކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށާއި އެއީ ވިޔަފާރިވެރިންގެ މަސްއޫލިޔަތެއް ނޫން ކަމަށެވެ. "ކިތަންމެ އަގު ބޮޑުކުރި ނަމަވެސް ބޭނުންކުރާ ބައަކު ހަަމަ ބޭނުންކުރާނެ! 20 ރުފިޔާއަށް ވިއްކި ސިގިރެޓްފޮށި 80 ރުފިޔާއަށް އެރީމާވެސް އެތެރެކުރަންޖެހޭ އަދަދު ވީ ގިނަ." ކަމަށްވެސް ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް