އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފި!

ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ކޮންމެހެން ބޭރަށް ނިކުންނަން ޖެހިގެން ނޫނީ ނުނިކުތުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭ އާންމުކޮށް ހުރިހާ ފޯނުތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށާއި އެއްވުންތަށްވެސް ނުބޭއްވުމަށެވެ.

އެޗްޕީއޭ އިން މިއަދު މިހެން ބުނެފައިވާއިރު މާލެ ސަރަޙައްދުގެ ފުރަބަންދަށް މޭ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މަރުހަލާތަކަކަށް ބަހާލައިގެން ލުއިތަކެއް ދީފައިވާއިރު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވި ދުވަހަކީ މިއަދެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން ކޯވިޑް-19އަށް 67 މީހުން މިއަދުގެ ވަނީ ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ 44 ދިވެހިންނާއި ބަންގްލަދޭޝްގެ 17 މީހަކާއި އިންޑިއާ ދެމީހަކާއި އަދި ނޭޕަލް މީހެކެވެ.

މިވަގުތު 361 މީހަކަށް ފަރުވާދެމުންދާއިރު މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދަކީ 2238 އެވެ. އަދި ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދަކީ 2617 އެވެ. 13 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު