އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ނަމާދެއްގެ ފަހުގައި ނުކިޔައި ދޫކޮށް ނުލަން ރަސޫލް ޞޢވ, ﷲ ގަންދެއްވަވައި ކުރެއްވެވި ވަޞިއްޔަތްފުޅު!

ކޮންމެ ނަމާދެއްގެ ފަހުގައި ނުކިޔައި ދޫކޮށް ނުލަން ރަސޫލް ޞޢވ, ﷲ ގަންދެއްވަވައި ކުރެއްވެވި ވަޞިއްޔަތްފުޅު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ.

"އޭ މުޢާޛްގެފާނުއެވެ! ކަލޭގެފާނަށް ތިމަންކަލޭގެ ވަޞިއްޔަތް ކުރައްވަވަމެވެ. ﷲ ގަންދެއްވަވައި ވިދާޅުވަމެވެ. (ފަރުޟު) ކޮންމެ ނަމާދެއްގެ ފަހުގައި اللَّهُمَّ أَعِنِّي عَلَى ذِكْرِكَ، وَشُكْرِكَ، وَحُسْنِ عِبَادَتِكَ މިފަދައިން ވިދާޅުވުން ކަށަވަރުންވެސް ދޫކޮށް ނުލައްވަވައްޗެވެ!"

اللَّهُمَّ أَعِنِّي عَلَى ذِكْرِكَ، وَشُكْرِكَ، وَحُسْنِ عِبَادَتِكَ

މާނައީ: "ޔާ ﷲ! އިނބަ ﷲ ހަނދުމަކުރުމަށާ، އަދި އިނބަ ﷲ އަށް ޝުކުރުވެރިވުމަށާ، އަދި އިނބަ ﷲ އަށް ރިވެތި ގޮތުގައި އަޅުކަން ކުރުމަށް މިއަޅާއަށް އެހީތެރިވެވޮޑިގެންފާނދޭވެ!" 

وعن معاذ رضي الله عنه أن رسول الله صلى الله عليه وسلم أخذ بيده وقال‏:‏ ‏”‏يا معاذ والله إني لأحبك‏”‏ فقال‏:‏

“‏أوصيك يا معاذ لا تدعن في دبر كل صلاة تقول‏:‏

اللهم أعني على ذكرك، وشكرك، وحسن عبادتك‏“

[ رواه أبو داود بإسناد صحيح]

 

--ޝައިޚް އިބްރާހީމް ފަރީދު އަހްމަދު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް