އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގިނަ ބައަކަށް ޤަބޫލު ނުކުރެވިގެން މިއުޅެނީ މިކަމެވެ! ދެކޮޅު ޖެހޭ ވިސްނުމެއް ކުރިއަށް ނުނެރެ ޙައްލުކުރެވިދާނެތޯ؟

ގިނަ ބައަކަށް ޤަބޫލު ނުކުރެވިގެން މިއުޅެނީ މިކަމެވެ! ދެކޮޅު ޖެހޭ ވިސްނުމެއް ކުރިއަށް ނުނެރެ ޙައްލުކުރެވިދާނެތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ޚަބަރުގައިވާ ފޮޓޯއަކީ މިއަދު ވަރަށް ގިނަ ބައަކު ބަލާފައިވާ ފޮޓޯއެކެވެ. ވަރަށް ގިނަ ބައަކު ކޮމެންޓުވެސްކުރި ފޮޓޯއެކެވެ! 5 މީހުން ކާރުގައި ދަތުރުކުރަނީ އެކުގައެވެ. ނަމަވެސް ނަމާދުކުރަންވުމުން ކާރުން ފައިބައި ނަމާދުކުރަނީ ގައިދުރުކޮށް އެތައް ފޫޓެއް ބަހައްޓައިގެންނެވެ! 

މާލޭގައިވެސް ރެސްޓޯރަންޓްތަކާއި ފިހާރަތަކާއި މަގުތަކުގައި އަދި އެނޫންވެސް ތަންތަނުގައި ކައިރިކައިރީގައި ތިބެވެއެވެ. އެކުގައި ކާރާއި ސައިކަލްވެސް ދުއްވެއެވެ. އޮފީސްތަކުގައިވެސް ގާތްގާތުގައި ތިބެގެން ހަތަރުދަމު މަސައްކަތްވެސް ކުރެވެއެވެ. ނަމަވެސް މިސްކިތަށް އަރައި ނަމާދުކުރާނަމަ ގައިދުރުކުރަން އެބަބުނެއެވެ! 

ސުވާލު އުފެދެނީ ގައިދުރުކޮށް ނަމާދުކުރުމުން ނަމާދު ޞައްޙަވުމާއި ނުވުމުގައެއް ނޫނެވެ. އުފެދޭ ހަމައެކަނި ސުވާލަކީ މި ދެއްކޭ ވާހަކަ ދެކޮޅުޖެހޭތޯއެވެ؟ މާލޭގެ ރެސްޓޯރަންޓްތަކާއި މަގުތަކާއި އެނޫންވެސް ތަންތަންތަނުން ފެންނަ މަންޒަރުތައް ފެނުމުން ސުވާލު ނުއުފެދޭތޯއެވެ؟ 

ދުވާލަކު 30 ވަރަކަށް މީހުން ޕޮޒިޓިވްވަމުން އައިސް އިއްޔެ 60 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ، މިއަދު 40 އަށްވުރެ ގިނަ މީހުން އެވަނީ ޕޮޒިޓިވްވެފައެވެ. ހުރިހާ ތަނެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވާޅު ނާޅައިފިނަމަ 2 ވަނަ ލޮކްޑައުނަކަށް ދާންޖެހިދާނެ ކަމުގެ ބިރު މިވަނީ ބޮޑުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް