އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު
ސިފައިންގެ ބޯހިޔާވަހި ކަމަށް އަޅަމުންގެންދާ ފްލެޓްތައް ކައިރީގައި މިއަދު ކުރިއަށް ގެންދިއަ މުޒާހަރާގެ ތެރެއިން ފެނިފައިވަނީ މުޒާހަރާކުރި ބިދޭސީން ފުލުހުންނަށްވުރެ ބާރުގަދަކަމާއި ފުލުހުންގެ ވެހިކަލް ތަކަށްވެސް ގެއްލުންދިންތަނެވެ. ގައުފަދަ ތަކެތި އުކައި ފުލުހުން ފަހަތަށް ޖެއްސި ތަނެވެ.
"މިޙާލަތުގައި މިހާރު ދެން މިއޮތީ ރައްޔިތުންނަށް ނުކުންނަން ޖެހިފައި. ފުލުހުން ކީ ނަމަވެސް ކޮންމެ ނަމެއް ކީ ނަމަވެސް އެއީ ވެސް ހަމަ ދިވެހި ރައްޔިތުން. ދިވެހި މައިންގެ ބަނޑުން އުފަންވެފައި ތިބި ދިވެހި ދަރިން."
"ބަންގްލަދޭޝް ބޭފުޅުން ގެއްލުން އެދެނީ ރައްޔިތުންގެ ފައިސާއިން ގަނެފަހުރި ފުލުހުންގެ ވެހިކަލްތަކަށް! ކާކު ބަދަލު ދެނީ.! މުސާރަ ނުދީ އޮތް ކުންފުންޏަށް ޖެހޭނީ ޒިންމާ ނަގަން. ދެން ނިކަން ބަލާބަލަ މުޒާހަރާ އެކުރައްވާ ބަންގްލަދޭޝް ބޭފުޅުންތެރޭގަ ބޮޑު މުސާރަ އާ ގިނަ ފައިސާ ހޯދަން ފިލައިގެން ރާއްޖޭގަ އުޅޭ ކިތައް މީހުން ތިބިތޯ؟ ކޮބާތަ އެކަމުގެ ޒިންމާ ނަގަން ޖެހޭ މިނިސްޓަރު؟"
"މިކަން ޙައްލުވާނީ އެމީހުން ލައްވާ މަސައްކަތްކުރުވި ކުންފުނީގެ ވެރިން، ބަންގްލަދޭޝް ބޭފުޅުން ތިއްބަވާ ލޭބަރ ކްއާޓަރަށް ގެންގޮސް އެތަނުގަ ބައިތިއްބާފަ ބޭރުން ތަޅުލީމަ!. އެމީހުން ލައްވާ މަސައްކަކުރުވި މީހުންނަށް ތިބެން ޖައްސުވަންވީ އެމީހުންނާއެކު ކުއާޓަރުގަ."
މިއީ އެއިރު މަންޒަރު ބަލަން ތިބި ބައެއް މީހުން ފައުޅުކުރި ޝުޢޫރުތަކެވެ.
މަންޒަރު ބަލަން ތިބި ގިނަ ބައަކު ބުނަމުން ދިއައީ ބަންގްލަދޭޝް ބޭފުޅުން އުއްކަވާ ގަލުން ޖެހި ދިވެހި ދަރިންގެ ހަށިތަކުން ލޭ އޮހޮރުވޭތަން ބަލަން ކެތް ނުކުރެވޭނެ ކަމަށާއި ފުލުހުންގެ ޙިމާޔަތުގައި ރައްޔިތުން މިހާރުން މިހާރަށްވެސް ނުކުންނަން ޖެހިފައިވާ ކަމަށެވެ.
" ހައްގު ހޯދަން މިއުޅޭ ގޮތަކުން ގެއްލެނީ އެހެންމީހުންގެ ހައްގެވެ . ބިދޭސީން ދިވެހި ފުލުހުންނަށް ދެމުންދާ އަނިޔާވެސް، އަދި ޖިންސީ ފުރައްސާރައިން އިންސާފު ހޯދުމަށް ކުރެވޭ މަސައްކަތުން މިފެންނަ ބޭއަދަބީ، އަޚްލާގީ ފެންވަރުދަށް ހަރަކާތްތައްވެސް ބަލައެއްނުގަނެވެއެވެ .އިސްލާމީ މުޖްތަމައެކެވެ. މިންގަނޑެއް އޮންނަންވާނެއެވެ." މިއީ ވެސް ރައްޔިތުންގެ ޚިޔާލެވެ.
Advertisement
13 ޖުލައި 2020