އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލޭ ހުރިހާ ރައްޔިތުންނަށް ގޯތި ދެވެން ހުރިކަން ބަޔާންކޮށް ވާހަކަދައްކަނިކޮށް ލައިވްފީޑް ކަނޑާލުން ކުށްވެރިކޮށްފި!

މާލޭ ހުރިހާ ރައްޔިތުންނަށް ގޯތި ދެވެން ހުރިކަން ބަޔާންކޮށް ވާހަކަދައްކަނިކޮށް ލައިވްފީޑް ކަނޑާލުން ކުށްވެރިކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

ރާއްޖެޓީވީ ޚަބަރު ފީތާ ޕްރޮގްރާމް އަށް ދައުވަތު ލިބިގެން މި ހަރަކާތުން ވާހަކަ ދައްކަމުން ދަނިކޮށް ކުއްލިއަކަށް ލައިވްފީޑް ކަނޑާލި މައްސަލައާ މި ޚަބަރު ފީތާގެ ރިކޯޑިން ރާއްޖެޓީވީގެ ސޯޝަލްމީޑީއާ ޕްލެޓްފޯމްތަކުން ނެގުން މާލޭގެ ރަށްވެހިންނަށް ގޯތިހޯދުމަށް ހިންގާ ވަތަނީ ހަރަކާތުން ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ.

ބަޔާން:

މާލޭގެ ރަށްވެހިންނަށް ގޯތިހޯދުމަށް ހިންގާ ވަތަނީ ހަރަކާތް މާލެ ސިޓީ

ދިވެހިރާއްޖެ

ނޫސްބަޔާން

13 ޖުލައި 2020 ވަނަ ދުވަހު މެންދުރުފަހު ރާއްޖެޓީވީ ޚަބަރު ފީތާ ޕްރޮގްރާމް އަށް ދައުވަތު ލިބިގެން މި ހަރަކާތުން ވާހަކަ ދައްކަމުން ދަނިކޮށް ކުއްލިއަކަށް ލައިވްފީޑް ކަނޑާލި މައްސަލައާ މި ޚަބަރު ފީތާގެ ރިކޯޑިން ރާއްޖެޓީވީގެ ސޯޝަލްމީޑީއާ ޕްލެޓްފޯމްތަކުން ނެގުން ކުށްވެރިކުރުން

13 ޖުލައި 2020 ވަނަ ދުވަހު މެންދުރުފަހު ރާއްޖެޓީވީ ޚަބަރު ފީތާ ޕްރޮގްރާމްއަށް ދައުވަތު ލިބިގެން މި ހަރަކާތުން ވާހަކަ ދައްކަމުން ދަނިކޮށް ކުއްލިއަކަށް ލައިވްފީޑް ކަނޑާލާ އޭގެ އިތުރުން ރާއްޖެޓީވީގެ އިއްޔެގެ ޚަބަރު ފީތާގެ ރިކޯޑިން ރާއްޖެޓީވީގެ ސޯޝަލްމީޑީއާ ޕްލެޓްފޯމްތަކުންނެގި މައްސަލަ އަކީ ރާއްޖެޓީވީ ކަހަލަ ޒިންމާދާރު ޓީވީ ސްޓޭޝަން އަކުން ހިންގި ޒިންމާދާރުކަން ކުޑަ ފިނޑި އަމަލެކެވެ. އެއީ މާލޭގެ ރައްޔިތުންގެ އަޑު ނޭހުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީގެ މެންބަރުނަށް މަޖުބޫރުކޮށްފައިވާ ކަމުގެ އަލިގަދަ ހެތްކެކެވެ.

މި ފިނޑި އަމަލަކީ، 40 އަހަރަށް ވުރެ ދިގުމުއްދަތު ވޭތުކޮށްފައިވާ 'މާލޭގެ ރަށްވެހިންނަށް ގޯތި ނުދީ އެކިސަރުކާރުތަކުން ހިފަހައްޓާފައިވާ' މައްސަލާގައި މާލެ ސިޓީގެ ގިނަރައްޔިތުން ބަލައިގަންނާނެ ކަމެއްނޫނެވެ. މިނިސްޓަރ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް އާއި އެ މިނިސްޓްރީގެ ސްޓޭޓްމިނިސްޓަރ އަކްރަމް ކަމާލުއްދީން ގެ މައްސަލަހަތުތައް ހިމާޔަތްކޮށް ދިނުމަށް ރާއްޖެޓީވީ ގެ ބޭނުން ނުހަމަގޮތުގައި ހިފާކަމުގެ އަލިގަދަ ހެތްކެކެވެ.

މާލޭގެ ރައްޔިތުންނަށް މިސަރަހައްދުން ގޯތިކަނޑާ ދެވެންއޮތް ފަޅެއްވިޔަސް ބޭރުގެ ފަރާތްތަކަށް "ވިއްކާލުމުގެ" މައްސަކަތް ސަރުކާކާރާއި ރައްޔިތުންގެ މަޖިލީހުގެ ނުފޫޒު ގަދަ ފަރާތްތަކުން ބާރުމިނުގައި ގެންދާކަން ރައްޔިތުންނަށް ސާބިތުވެގެން ދިޔަ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުންނާއި ސަރުކާރުގެ ތެރެއިން އެކި ބޭފުޅުން ހިންގާ މިބާވަތުގެ ބޮޑެތި ޖަރީމާތައް ރައްޔިތުންނާ ހިސާބަށް ތިލަވެގެން ދިއުމަށް ހުރަސްއެޅޭ ގޮތަށް ދިވެހިރާއްޖޭގެ މިޑީއާތަކުން އަމަލުކުރުމަކީ މި ހަރަކާތުން ކުށްވެރިކާ މައްސަލައެކެވެ.

މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅޭ އެންމެހާ ކަންކަމުން ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މީޑިއާތަކުގެ އިސްވެރިން ފެޔަށް ޖެހިވަޑައިގެން ތިއްބެވުމަށް މާލޭގެ ރަށްވެހިންނަށް ގޯތިހޯދުމަށް ހިންގާ ވަތަނީ ހަރަކާތް ގޮވާލާ މި ހިންގެވި ޢަމަލު ކުށްވެރި ކުރަމެވެ.

ތާރީޚް: 14 ޖޫން 2020

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް