އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑްރާމާ މަޖިލީހުގެ ނުރައްކާތެރިކަން ބޮޑުވެ ޤައުމީ އެންމެ ބޮޑު ކަންބޮޑުވުމަށް!

ޑްރާމާ މަޖިލީހުގެ ނުރައްކާތެރިކަން ބޮޑުވެ ޤައުމީ އެންމެ ބޮޑު ކަންބޮޑުވުމަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 27 ސިކުންތު

 

ރައްޔިތުންގެ މަޖިލީހުގެ ނަމުގައި ރައްޔިތުންގެ ފައިސާ އިން ކަރަދުކޮށްގެން ހިންގާ މަޖިލީހަކީ ޑްރާމާ މަޖިލީހެއްކަން ސާބތުވާ ހެކިތައް ވަރަށް ގިނައެވެ. އެންމެ ބޮޑު ހެއްކަކީ ޑްރާމާ މަޖިލީސް މި ފަސްއަހަރަށް ހުޅުވި ފުރަތަމަ ކުޅުނު ޑްރާމާތަކަކީ ދައުލަތުގެ ފައިސާއިން މާބޮޑެތި ވައްކަންތަކެއް ކޮށްފައިވާތީ އެ މައްސަލަތައް ބަލައި ތަޙްޤީޤްކޮށް ފިޔަވަޅުއަޅާކަމުގެ ޑްރާމާތަކެވެ.

 

ޑްރާމާތަކަށް 2 އަހަރުވީއިރުވެސް އެއިން އެއްވެސް މައްސަލައެއް ޝަރީޢަތަށް ފޮނުވިފައެއް ނުވެއެވެ. ކަމާއިބެހެ މުއައްސަސާތަކުން އެ މައްސަލަތައް ޝަރީޢަތަށް ނުފޮނުވާތީ ޑްރާމާއެއްވެސް ނުކުޅެއެވެ.

މީހެއްގެ ބަނޑުން ބާރަށް އަޑެއްކިޔައި ވަހެއް ދުވަން އުޅޭހެން ހީވި ނަމަވެސް ކޮމިޓީތަކުގެ ބައްދަލުވުންތައް ބާއްވައި ޑްރާމާތައް ކުޅެއެވެ. ޤަރާރުތައް ހުށަހަޅައި ބަހުސްކުރުމުގެ ނަމުގައި ޑްރާމާތައް ކުޅެއެވެ. ފަތުރަން ބޭނުންވާ ފިކުރުތައް ފަތުރައެވެ. ދޮގުހަދައި ފިތުނަ އުފައްދައެވެ. ދޮގުހެދުމަކީ ﷲ ޙަރާމްކުރެއްވެވި ކަމެއް ނަމަވެސް މަޖިލީހުގެ ތަޅުމުގައި އެކަންކުރަން ހުއްދަކަމަށް ބުނެއެވެ. މީޑިއާތަކުން ފަތުރަން ޖެހެނީ ތެދުމައުލޫމާތުކަމަށް ބުނަމުން މަޖިލިހުގެ ތަޅުމުގައި ދޮގުމައުލޫމާތު މުޅި ޤައުމަށް ފަތުރައެވެ. މީހުންގެ އަބުރު ކަތިލައެވެ. އެކަންކަން ކުށްވެރިއެއްވެސް ނުވެއެވެ.

 

އެއިން ޑްރާމާއަކުން ރައްޔިތުންނަށް ކުރާ ފައިދާއެއް އަދި މިހައިތަނަށް ފެނިފައެއް ނުވެއެވެ. ކުރި އެއްވެސް ފައިދާއެއްވެސް ފެންނާކަށް ނެތެވެ. މިފަދަ ހުރިހާ ކަމަކުން އެނގިގެންދަނީ ކުޅެނީ ޑްރާމާ ކަމެވެ.

 

މާލެ ސިޓީގައި ތަންތަން ކުއްޔަށްހިފައިގެން ތިބި މީހުން ކުލި ނުދައްކަން މަޖިލީހުން ހިތްވަރުދިނުމުން އިމާރާތްތަކުގެ ވެރިން ވަނީ ދަރަނިވެރިވެފައެވެ. އެކަމުގެ ސަބަބުން މައްސަލަތައް ކުރިމަތިވެ އެތައް ބައަކު ވަނީ ނިކަމެތިވެފައެވެ. އެތައް ބިލެއް ނުދައްކައި ނުކުމެގެން ދިއުމުން އިމާރާތްތަކުގެ ވެރިން ވަނީ ޙާލުގައި ޖެހި ދަރަނިވެރިވެފައެވެ.

 

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އުޅެނީ ތަންތަން ކުއްޔަށް ހިފައިގެންނެވެ. އެމީހުންނަށް ރެޒިޑެންސްވިސާގެ ނަމުގައި ރާއްޖޭގެ ރަސްވެހިކަން ދިނުން ވެގެންދާނީ ޤައުމުގެ ސަލާމަތާއި ރައްކައުތެރިކަމާއި ދީނީ އެއްބައިވަންތަކަން ގެއްލިގެންދާނެ ކަމަކަށްކަމުގައި އެތައް ބައަކު މިހާރުވެސް އެގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. ވީމާ ﷲ ގެ ޙުކުމްފުޅުތަކަށް ގޮންޖަހައި ޤާނޫނު ހަދާ މަޖިލިސް ވެގެންމިދަނީ ޤައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލަކަށް ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ.

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް