އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހާއި އަޟްޙާ ޢީދުގެ މުނާސަބަތުގައި، އުރީދޫ ކަސްޓަމަރުންނަށް ޚާއްސަ އޮފަރތަކެއް!

ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހާއި އަޟްޙާ ޢީދުގެ މުނާސަބަތުގައި، އުރީދޫ ކަސްޓަމަރުންނަށް ޚާއްސަ އޮފަރތަކެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 55 ސިކުންތު

 

އުރީދޫ މޯލްޑިވްސްއިން ދިވެހި ރާއްޖޭގެ މިނިވަން ދުވަހާއި އަޟްޚާ ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޮނުވައި، ޚާއްސަ އޮފަރތަކެއް ތައާރަފްކޮށްފިއެވެ.

އުރީދޫ އިން ބުނެފައިވަނީ މި އޮފަރތައް ތައާރަފް ކުރެވިފައިވަނީ މިނިވަން ދުވަހާއި އަޟްޚާ ޢީދާއި ގުޅިގެން ލިބޭ މި ބަންދުގައި، ގޭގައި ތިބެގެންވެސް ދުރުގައިތިބި އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ޢީދު ކޮމްބޯ ޕެކް މިނިވަން ދުވަހާއި އަޟްހާ ޢީދުގެ ޗުއްޓީތެރޭގައި އާއިލާ އަދި އެކުވެރިންނާއި ގުޅުން ބަދަހިކުރުމަށް ޕްރިޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށް އުރީދޫއިން ތަޢާރަފްކޮށްފައިވާ ޢީދު ކޮމްބޯ ޕެކްގައި ހިމެނެނީ މުޅި ދުވަހަށް ބޭނުންކުރެވޭ 1 ޖީބީ ޑޭޓާ އަދި އަންލިމިޓެޑް ކޯލް އެވެ. އެންމެ 35 ރުފިޔާ އަށް ލިބޭ މި ޕެކޭޖް އެކްޓިވޭޓް ކުރެއްވުމަށް #1*929* އަށް ގުޅުއްވާ ނުވަތަ ED 35 ޖައްސަވާފަ 5555 އަށް އެސްއެމްއެސް ކުރައްވާށެވެ. އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެއްވުމަށް http://ore.do/app މެދުވެރިކޮށް އުރީދޫ އެޕް ޑައުންލޯޑް ކުރައްވާށެވެ.

މަގޭ ޕްލޭން އެކްސްކްލޫސިވް އޮފަރ މަގޭ ޕްލޭން އަށް ޚާއްސަ މި އޮފަރގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް 3 ދުވަހުގެ މުއްދަތަށް، 3 ޖީބީ ޑޭޓާ، އެންމެ 75ރ އަށް ބައްލަވައިގަނެވޭނެއެވެ. މި ޑޭޓާ ޕެކް އެކްޓިވޭޓް ކޮށްލުމަށް:

1. އުރީދޫ އެޕް އަށް ލޮގް އިން ކޮށްލައްވާ: ޑައުންލޯޑް ކުރެއްވުމަށް http://ore.do/app

2. އެޕްގެ ސެލްފް ކެއަރ ސެކްޝަންއިން ރިކޮމެންޑެޑް ޕެކޭޖަސް އިޚްތިޔާރު ކުރައްވާ

3. ގެންގުޅުއްވާ ނަންބަރަށް އެކްޓިވޭޓް ކުރެއްވުމަށް FOR MYSELF ޓެބް އިޚްތިޔާރު ކުރައްވާ، ނުވަތަ ރައްޓެއްސަކަށް މިޕެކް ހަދިޔާ ކުރެއްވުމަށް GIFT A FRIEND ޓެބް ޚިޔާރު ކުރައްވާ 4.

Magey Eid Offer ޕެކްގައިވާ (+) ފާހަގައަށް ފިތާލައްވާ 5.

CONFIRM ބަޓަނަށް ފިތާލެއްވުމަށްފަހު ފައިސާ ދައްކަވާ އުރީދޫގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ހުޅުވާލެވިފައިވާ މި ޚާއްސަ އޮފަރތައް 26 ޖުލައި 2020 އިން 3 އޯގަސްޓް 2020 ގެ 23:59 ނިޔަލަށް ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ބައްލަވައިގަނެވޭނެއެވެ. "އުރީދޫ ޓީމްގެ ފަރާތުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް މިނިވަން ދުވަހުގެ ތަހުނިޔާ އާއި އަޟްޙާ ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން.

މި އަހަރުގެ މިނިވަން ދުވަހާއި އަޟްޙާ ޢީދު ގެ މުނާސަބަތުގައި މި ލިބޭ ބޮޑު ޗުއްޓީ ގޭގައި ފާހަގަކުރަންޖެހިފާ ވީއިރު، ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ޢީދުގެ އުފާވެރިކަން ޙިއްޞާކުރުމަށް ކުޑަ ހަދިޔާއެއްގެ ގޮތުގައި އަޅުގަނޑުމެން މި ތައާރަފްކުރި އޮފަރ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އުއްމީދު ކުރަން." އުރީދޫގެ އެކްޓިންގ ޗީފް ކޮމާރޝަލް އޮފިސާރ، ހުސެން ނިޔާޒް ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް