އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލޭ ރައްޔިތުންނަށް މިއަހަރުގެ "މިނިވަން ދުވަސް". ގިނަބައެއްގެ އެންމެ ބޮޑު ކަންބޮޑުވުން މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް!

މާލޭ ރައްޔިތުންނަށް މިއަހަރުގެ "މިނިވަން ދުވަސް". ގިނަބައެއްގެ އެންމެ ބޮޑު ކަންބޮޑުވުން މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 38 ސިކުންތު

"ޤައުމަކަށް އެންމެ އުފާފާގަތިކަން ދޭ އެއްދުވަހަކީ އެޤައުމުގެ މިނިވަންކަން ފާހަގަ ކުރާދުވަސް.  މިއަދަކީ ދިވެހި ރާއްޖޭގެ 55ފުރުނު  56ވަނަ މިނިވަން ދުވަސް."

ވެއަތުވެދިއަ މާޒީގަ މިދުވަހީ މުޖުތަމާގެ ހުރިހާ ކަންކޮޅުތަކުން ޤައުމީ ރޫޙްގަ ނިމުމެ ތަފާތު ޙަރަކާތްތައް ރާވާ ފަރުދުން އުފާފާޅުކޮށް އުޅޭ ދުވަހެއް. މިއަދު އެހެނަސް މަންޒަރާ އަޑުތައް ތަފާތު. ގާތްގަނޑަކަށް ރާއްޖޭގެ އާބާދީގެ %25 ޙިއްޟާކުރާ ފުރަމާލެ ރައްޔިތުންގެ އިޙްޟާސްތައް ވަރަށް ތަފާތުވެފަ މާޔޫސްކަން ވެރިވެފަވޭ.  

މާލޭސިޓީގެ މައިގަނޑު މައްސަލައަކީ ގޯތީގެ މައްސަލަ. 40 ވަރަކަށް އަހަރު ވެއަތުވެ ދިޔައިރު މާލޭގެ ޢާއްމު ރައްޔިތަކަށް ދިރިއުޅޭނެ ގޯއްޗެއް ދޫކުރުމުގެ ޚިޔާލް އެއްވެސް ސަރުކާރަކުން ގެންގުޅެފަ ނުވުމުގެ އިތުރުން ނުދިނުމަކީ ސަރުކާރު ތަކުގެ ޕޮލިސީއަށް ހަދާފަ. މިއަދު މިކަން މާފާޅުކަންބޮޑުކޮށް ގެންގުޅޭ. 

މާލޭގެ މިއަދުގެ ޙާލަތަކީ ކާފަ ނުވަތަ މުނިކާފަ /މާމަ ނުވަތަ މުނިމާމަ ގެގޯތި  1500  – 2500 އަކަފޫޓުގެ ގޯތި ބައްޕައާ އެއްބަނޑު އެއްބަފާ 6-10 ކުދިންނަށް ލިބި، މީހަކަށްޖެހޭ +300 އަކަފޫޓު ބައްޕަ ނިޔާވިއިރު ބައްޕަގެ 4-8 ކުދިން ނަށް ބަހާ ގޯތީގެ +50 އަކަފޫޓު ލިބުނު މީހާގެ 6 ދަރިންނާ އެދަރިން ކުރެ ކޮންމެ މީހެއްގެ 4-5 ކުދިންނަށް ބަހަންޖެހި އެއްގެއެއްގަ ނުތަކާވަރަށް މީހުން ދިރިއުޅެން މަޖުބޫރު ކުރުވުނު ޙާލަތު. 

އެމް.ޑީ.ޕީގެ ވެރިން އެބޭފުޅުން އެޖެންޑާ-19 ގަ މާލޭރައްޔިތުންނަށް ވީވަޢުދުތައް އުވާލާ މާލޭ ރައްޔިތުންނަށް ގޯތިދެވެން އޮތް އަދި ދޭނެކަމަށް ވަޢުދުވި ގުޅިފަޅުގެ އިތުރުން،  ޕޯރޓްއެޅުމަށް ކުރިން ނިންމާފަވާ ތިލަފުށި ދެތަނަކީވެސް،  މާލޭ ޕޯރޓްކަމުގަ ޢިއުލާންކޮށް ރައީސް ޔާމީން ގޯތިދޫކުރަށްވަން ކަނޑައެޅުއްވި ފުށިދިއްގަރުފަޅުން ގޯތި ދިނުމަކީ "ޖަރީމާއެއްކަމުގަ" އިއުލާން ކޮށް މާލެސިޓީ ގަ މިވަގުތު ގޯތި ޙައްޤު 18ފުރިފަ ތިބި +40،000 ފަރުދުންގެ އުއްމީދުތައް ފުނޑުފުނޑުކޮށްލާ މިއެންމެން މާޔޫސް ކޮށްލި.

މިހާރު އޮތީ އެމް.ޑީ.ޕީ ސަރުކާރު.  ކޯލިޝަންއެއް އޮތްކަމަށް ވިއަސް މާލެއާ ރާއްޖެތެރޭގެ ގޯތިދިނުން، ޕްލޭން ކުރުން، ފައިނޭންސް އަދި ކަމާގުޅޭ ހުރިހާ އިދާރާތަކެއް އޮތީ ހަމައެކަނި އެމް.ޑީ.ޕީއަށް ބާރު ފޯރުވޭގޮތަށް އެމް.ޑީ.ޕީގެ މުށުތެރޭގަ.  މާލޭ ރައްޔިތުންނަށް ގޯތިދީ ކުރިޔަށް އޮތް 100 އަހަރަށް ދާއިމީ ޙައްލު ހޯދެން އެބައޮތް. މިކަމަށް ކޯލިޝަންގެ ބައިވެރިއަކަށް ހުރަސްއެޅޭނެ އެއްވެސް ތަނެއް ނެތް. އެހެނަސް އެމް.ޑީ.ޕީ އިން މިއަދާއި ހަމައަށް ކަންކުރިގޮތަކީ އެޖެންޑާ-19 ގައިވީ ވަޢުދު ތަކާ ޚިލާފަށް މިމައްސަލަ އަށް ފަސްއަޅާ ފޮރުވާފަ ބޭއްވުން.  

މާލޭގެ ތަފާތު ގިންތީގެ ރައްޔިތުންތަކެއް އިސްނަގައިގެން މާލޭސިޓީ ރައްވެހިންނަށް ގޯތި ހޯދުމަށް 2020 ވަނަ އަހަރު ވަނީ ވަޠަނީ ޙަރަކާތެއް ފަށާފަ.  މި ޙަރަކާތުން ސަރުކާރަށް ހުށައަޅާފަވަނީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ގުޅިފަޅު، ފުށިދިއްގަރުފަޅު އެކަށައަޅާ އުތުރު ތިލަފަޅަށް ތިލަފުށީގެ ކުނިއެންދުން ބަދަލުކޮށް އެތަނަކީވެސް މުސްތަޤްބަލްގަ މާލެސިޓީ ރައްޔިތުންނަށް ގޯތި ދޭނެ ތަނެއްގެ ގޮތުގަ ކަނޑައަޅައިދީ މާލެރައްޔިތުންނަށް ގޯތީގެ ދާއިމީ ހައްލު ހޯއްދަވައިދެއްވުން.

މާލެ ރައްޔިތުންނަށް ގޯތިދޭން ނަމުގަ އެކަށައެޅި ތަންތަނުގެ މިއަދުގެ ޙާލަތު. 

ހުޅުމާލެ. ސަރުކާރުން އެޗް.ޑީ.ސީ ކިޔާ ކުއްފުންޏެއް އުފައްދާ ހުޅުމާލެ ފަޅާ ބިމަކީ އެ ކުންފުނީގެ ރައުސްމާލް ކަމުގަ ކަނޑައެޅި.  އެކުންފުނީގެ މޭންޑޭޓްއަކީ އެފަޅު ހިއްކާ ބިންވިއްކައިގެން ވިޔަފާރި ކުރުންކަމުގަ ކަނޑައެޅި.  މިއަދު  އެޗް.ޑީ.ސީ އިން އެކުރަނީ ސަރުކާރުން އެކުންފުނީގެ "ބޮލުގަ އެޅުވި" މަސައްކަތް.

ގުޅިފަޅު. 2019 ވަނަ އަރުގެ ފެބްރުއަރީ ހިސާބުން ސަރުކާރުގެ ޚިޔާލް ބަދަލުކޮށް ގުޅިފަޅު އަކީ މާލޭޕޯރޓް ކަމުގަ ކަނޑައެޅި. 

ފުށިދިއްގަރުފަޅު.  2020 ވަނަ އަހަރު ގެ ފެބްރުއަރީ ތެރޭ ލޯކަލް ކައުންސިލް އިންތިޚާބް ގެ އަޙްމަދިއްޔާ ސްކޫލް ކެމްޕޭން ޖަލްސާގަ ރައީސް ނަޝީދު ހުށައެޅުއްވި ޕްރެސެންޓޭޝަން ގަ ފުށިދިއްގަރުފަޅުން ގޯތިދިނުން އެއީ ޖަރީމާއެއްކަމަށް އިޢުލާންކުރި. 

މީ 55 ވަނަ މިނިވަންދުވަހު މާލެސިޓީ ގެ ރައްޔިތުން ޙާލަތު. ޙަޤީޤީ މައްސަލަތަކަށް ވަކާލާތު ކުރަން ހޮވި 15 މެމްބަރުންނާ ވެރިންގެ އަޅާލުމެއް، އެއްބާރުލުމެއް ނުލިބި މާލޭގެ ގޯތި ޙައްޤުވާ 40000 ފަރުދުންނަށް މިއަދު ވަނީ އަތޮޅުތެރޭގެ 150 އެއްހާ ރަށަށް ހިޖުރަކުރަން މަޖުބޫރު ކޮށްފަ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް