އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާއިން ބަލިވާ މީހުންގެ ޢަދަދު މަތިމައްޗަށް އިތުރުވަމުން ދާއިރުވެސް ގައިދުރުކުރުމާއި މާސްކު އެޅުމާމެދު އަޅުގަނޑުމެންގެ ދީނީ ފަތުވާ ބަދަލެއް ނުވެއެވެ.

ކޮރޯނާއިން ބަލިވާ މީހުންގެ ޢަދަދު މަތިމައްޗަށް އިތުރުވަމުން ދާއިރުވެސް ގައިދުރުކުރުމާއި މާސްކު އެޅުމާމެދު އަޅުގަނޑުމެންގެ ދީނީ ފަތުވާ ބަދަލެއް ނުވެއެވެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

- ޙުސައިން ރަޝީދު އަޙްމަދު

ދުނިޔެއަށް އައި ކޮރޯނާ ބޮޑުވަބާ މިއޮތީ ބައިނަލްއަޤްވާމީ ވަބާއަކަށް ބަދަލުވެ ދުނިޔޭގެ ކުދިބޮޑު އެންމެހައި ޤައުމުތަކަށް ހަމަނޭވާ ނުލެވޭހިސާބަށް ދިރިއުޅުމުގެ ހުރިހާކަމެއް ގޮސްފައެވެ. ދުނިޔޭގެ ސިޔާސީ، އިޤްތިޞާދީ، ޞިއްޙީ މާހިރުން އެއުޅުއްވަނީ ގޮތް ހުސްވެގެންނެވެ. ދުނިޔޭގެ އިޖްތިމާޢީ އެންމެހައި ޙަރަކާތްތަކެއް ހުއްޓުމަކަށް އައިސްފައެވެ. އިޤްތިޞާދު ފުނޑުފުނޑުވެގެން ދަނީއެވެ. ބަލިން ސަލާމަތްވާން އޮތްކަމަށް ކަމާބެހޭ ފަރާތްތަކުން ބުނަމުންދަނީ މާސްކު އެޅުމާއި ގައިދުރުކޮށް ތިބުމާއި މިފަދަ އާދައިގެ ހަތަރުފަސް ކަމެެެއްގައި ހިފަހައްޓައިގެން ތިބުމެވެ. މިއީ އެއްވެސް ޙާލަތެއްގައި ނުކުރެވޭ ވަރުގެ ކަންތަކެއް ނޫނެވެ.

އަޅުގަނޑުމެން މުސްލިމުން ނަމާދުކުރަމުންދާއިރު ކައިރިކައިރީގައި ތިބެގެން ސަފުހެދުމީ ގަދަވެގެންވާ ސުއްނަތެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ މިސްކިތްތައް ބަންދުވެފައި ހުރުމަށްފަހު މިސްކިތްތައް ހުޅުވުމުގެ ހުއްދަދެއްވައި ރާއްޖޭގެ ދީނީ ކަންކަމާ ބެހޭ ފަރާތުން އަންގަވާފައިވަނީ ނަމާދު ޖަމާޢަތުގައި ކުރުން ހުއްދަވާނީ ސަފުގައި ކައިރިކައިރީ ތިބެގެން ކަމަށެވެ.

މުޅި ދުނިޔޭގެ އެންމެހައި މިސްކިތްތަކެއްގައި ދީނުގެ އެންމެހައި ޢިލްމުވެރިންގެ އިއްތިފާޤުން ފަތުވާ ލިބިގެން ނަމާދު ކުރާމީހުން ގައިދުރުކޮށްތިބެ ނަމާދު ކުރަމުންދާއިރު ދިވެހިންގެ ދީނުގައި މިކަމެއް ހުއްދަ ނުވިއެވެ. 

ނިސާ ސޫރަތުގެ 102 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރަށްވާފައިވަނީ ބިރުވެރިކަމުގެ ނަމާދު ކުރުމުގައި ހިނގަހިނގައި ތިބެގެންނާއި ހަށިފާރައަށް ތިބެގެން ނަމާދު ކުރުމަށެވެ. ބިރުވެެރިކަމުގެ އެންމެހައި ނަމާދެއްގައި އެގޮތަށް ނަމާދު ކުރެވޭނެ ކަމަށް ދީނުގެ ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ. ސަފުގައި ކައިރިކައިރީގައި ތިބުމަކީ ނަމާދުގެ ފަރުޟަކަށް ނުވާހިނދު ދީނުގެ އެންމެހައި ޢިލްމުވެރިންގެ ރައުޔާއި ޢަމަލާ ޚިލާފަށް މިހާ ބާރަށް ރާއްޖޭގައި މިކަމުގެ ހުއްދަ ނުދެއްވަންޖެހޭ ސަބަބެއްވެސް އޮންނަން ވާނެއެވެ.

އިސްލާމް ދީނަކީ ލުއިފަސޭހަ ދީނަކަށް ވާހިނދު އަޅުގަނޑުމެންނަށް އިސްލާންދީން މިހާބުރަ ތަކްލީފަކަށް ވެގެންއުޅޭ ސަބަބެއްވެސް އެނގެން އެބަޖެހެއެވެ. މިވަރުގެބޮޑު ސިއްރެއް ދީނުގައި އޮތްހިނދު އެކަން ދެނެގަތުމަށް އަޅުގަނޑުމެންވެސް ބޭނުންވާނެތާއެވެ. ދިވެހި ދެތިން ޝައިޚުންގެ ސިއްރަކަށް އެކަން އޮވެގެން ނުވާނެއެވެ.

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު