އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާމިޔާބު ފަނަރަ އަހަރު ފުރިހަމަ ކުރުމުގެ އުފަލުގައި އިތުރު ޑޭޓާ ލިބޭ ޚާއްޞަ އޮފަރތަކެއް އުރީދޫއިން ތައާރަފްކޮަށްފި

ކާމިޔާބު ފަނަރަ އަހަރު ފުރިހަމަ ކުރުމުގެ އުފަލުގައި އިތުރު ޑޭޓާ ލިބޭ ޚާއްޞަ އޮފަރތަކެއް އުރީދޫއިން ތައާރަފްކޮަށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 45 ސިކުންތު

2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު ވަތަނިއްޔާގެ ނަމުގައި ދިވެހިންނަށް ތައާރަފްވެ ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ވިއުގައަށް އުރީދޫ މޯލްޑިވްސްއިންވަނީ އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ.

ދިވެހިންގެ ޚިދުމަތުގައި 15 އަހަރު ފުރުމުގެ އުފާ އުރީދޫ މޯލްޑިވްސްއިން މިއަދު ފާހަގަ ކުރާއިރު، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އުރީދޫ މޯލްޑިވްސްއިން ވަނީ ކާމިޔާބުކަމާއެކު އެތަކެއް މޭލުގާތަކެއް ފުރިހަމަކޮށްފައެވެ. ތަފާތު ބޮޑެތި އިންވެސްޓްތަކާއި އެކު އުރީދޫގެ ކަސްޓަމަރުންނަށް އައު އީޖާދީ ޚިދުމަތްތަކެއް ތަޢާރަފުކޮށް، ދިވެހިރާއްޖޭގެ މުވާސަލާތީ ސިނާޢަތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްދީފައިވެއެވެ. އުރީދޫގެ ތަސައްވުރާ އެއްގޮތަށް އުރީދޫ މޯލްޑިވްސްއިން އަބަދުވެސް މަސައްކަތްކުރަނީ މުޖުތަމައުގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށެވެ.

"ދިވެހިންގެ ޚިދުމަތުގައި މި ހޭދަކުރެވުނު 15 އަހަރުގެ ރާސްތާ އަލުގަނޑުމެން އުފަލާއެކު ފާހަގަކުރަމުން ދާއިރު، މި ކާމިޔާބު ހޯދުމުގައި މެދުކެނޑުމެއްނެތި ކަސްޓަމަރުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބޭ އެއްބާރުލުމާއި، ތަރުހީބާއި ހިތްވަރަށް ފަށްފަށުން ޝުކުރުއަދާކުރަން. އަދި ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑުމެންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ދުނިޔޭގެ އައު އީޖާދީ އުފެއްދުންތައް ދިވެހިންނާއި ގުޅުވާލަދީ މުޖުތަމައުތައް ކުރިއެރުވުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަންއަރުވަން." އުރީދޫ މޯލްޑިވްސް މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

15 ވަނަ އަހަރީ ދުވަހުގެ އުފަލުގައި އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންގެ އަގު ވަޒަންކޮށް، ކުޑަ ހަދިޔާއެއްގެ ގޮތުން އެކުންފުނިން މިއަދުވަނީ ހާއްސަ އޮފަރތަކެއްވެސް ތައާރަފްކޮށްފައެވެ. މި އޮފަރތަކުގެ ދަށުން ޕްރިޕެއިޑް ކަސްޓަމަރުންނަށް %50 އާއި ހަމައަށް ބޯނަސް ޑޭޓާ، މަންތްލީ ޑޭޓާ އެކްޓިވޭޓް ކުރައްވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %20 އިތުރު ޑޭޓާ، އޯގަސްޓް މަހުގެ ތެރޭގައި އެކްޓިވޭޓްކުރާ މައިފައި ޑިވައިސްތަކަށް ކުރައްވާ ރީޗާރޖްތަކަށް %15 ބޯނަސް ޑޭޓާ އަދި މީގެ އިތުރުން ސާރކް ގައުމުތަކަށް ކުރައްވާ އައިޑީޑީ ފޯން ކޯލްތަކުން %15 ޑިސްކައުންޓް ލިބިގެންދާނެއެވެ.

%50 އާއި ހަމައަށް އިތުރު ޑޭޓާ - ޕްރިޕެއިޑް

 

އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުން މި އޯގަސްޓް މަހު އެކްޓިވޭޓް ކުރައްވާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކާއި އެކު %50 އާއި ހަމައަށް އިތުރު ޑޭޓާ ލިބިވަޑައިގަންނަވާނެއެވެ. އެކްޓިވޭޓް ކުރެއްވުމަށްhttp://ore.do/app  އަށް ޒިޔާރަތްކުރައްވާށެވެ.

 

20% އިތުރު ޑޭޓާ - ޕޯސްޓްޕެއިޑް

 

އުރީދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުން މި އޯގަސްޓް މަހު އެކްޓިވޭޓް ކުރައްވާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކާއި އެކު %20 ޑޭޓާ އިތުރަށް ލިބިވަޑައިގަންނަވާނެއެވެ. އެކްޓިވޭޓް ކުރެއްވުމަށްhttp://ore.do/app  އަށް ޒިޔާރަތްކުރައްވާށެވެ.

15% އިތުރު ޑޭޓާ - ފަސޭހަ މައިފައި

 

އޯގަސްޓް މަހު ތެރޭގައި އެކްޓިވޭޓް ކުރައްވާ ފަސޭހަ މައިފައި ޑިވައިސްތަކަށް ކުރައްވާ ކޮންމެ ރީޗާރޖްއަކާއެކު %15 ޑޭޓާ އިތުރަށް ލިބިވަޑައިގަންނަވާނެއެވެ. އެކްޓިވޭޓް ކުރެއްވުމަށްhttp://ore.do/app  އަށް ޒިޔާރަތްކުރައްވާށެވެ.

އައިޑީޑީ ކޯލް ރޭޓްއިން %15 ޑިސްކައުންޓް

 

ސާކް ގައުމުތަކުގައި ތިއްބަވާ އާއިލާއާއި ރައްޓެހިންނަށް ފަސޭހަކަމާއެކު ގުޅާލުމަށް އޯގަސްޓް މަހު ތެރޭގައި ކުރައްވާ ކޯލްތަކުން %15 ލިބިވަޑައިގަންނަވާނެއެވެ. ޑިސްކައުންޓް ހޯއްދެއްވުމަށް ކަންޓްރީ ކޯޑްގެ ކުރިޔަށް 011 ޖެއްސެވުމަށް ފަހު ގުޅުއްވާށެވެ.

އަހަރީ ދުވަހުގެ އޮފަރ ކޮންމެތާކު ހުރެގެންވެސް ފަސޭހަކަމާއިއެކު އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭއިރު، ކަސްޓްމަރުންނަށް މުޅި އޯގަސްޓް މަހަށް މިއޮފަރތައް ލިބިގެންދާނެއެވެ.

އަހަރީ ދުވަހުގެ އޮފަރތަކާއި ގުޅޭ މައުލޫމާތު ހޯދާލުމަށް http://ore.do/15yrs އަށް ޒިޔާރާތްކުރައްވާ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު