އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޟުޙާ ނަމާދު: ފައިދާ ބޮޑު ކުރަން އެހައިމެ ފަސޭހަ ނަމާދެކެވެ!

ޟުޙާ ނަމާދު: ފައިދާ ބޮޑު ކުރަން އެހައިމެ ފަސޭހަ ނަމާދެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ޞުޙާ ނަމާދަކީ އެނަމާދުގެ މާތްކަން 360 ޞަދަޤާތާއި އެއްވަރު ނަމާދެކެވެ. ނިޔަތަކީ ﷲ އަށް ޟުޙާ ނަމާދުކުރާކަމަށް ހިތަށް އަރުވައިލުމެވެ. ކިޔަވާނެ ވަކި ސޫރަތެއްވެސް ނެތެވެ. ބޭނުން ސޫރަތެއް ކިޔަވަންވީއެވެ.

ޟުޙާ ނަމާދަކީ ކުރަން އެހައިމެ ގިނަ ވަގުތު ލިބޭ ނަމާދެކެވެ. އިރު ލޮންސިއަކަށް އެރީންސުރެ (އިރުއަރައި 15 ވަރަކަށް މިނިޓް ވީންސުރެ) މެންދުރު ނަމާދު ވަގުތު ޖެހުމާއި ހަމައަށް ވަގުތު ލިބިގެންދާ ނަމާދެކެވެ.

ޞުޙާ ނަމާދުކުރަން އެންމެ ރަނގަޅީ އިރުގެ ހޫނުކަން ފުރިހަމައަށް ލިބުމުންނެވެ. ނުވަތަ އިރުގެ ހޫނުކަން ގަދަވުމުންނެވެ. 

Shaykh Ibn ‘Uthaymeen defined it as being from a quarter of an hour after the sun has risen until ten minutes before Zuhr prayer. 

Al-Sharh al-Mumti’, 4/122

ޝައިޚް އިބްން ޢުޘައިމީން ވިދާޅުވެފައިވަނީ ޟުޙާ ނަމާދުގެ ވަގުތަކީ އިއަރައި 15 މިނިޓުން ފެށިގެން މެންދުރު ވަގުތު ޖެހުމުގެ 10 މިނިޓް ކުރިއާއި ހަމައަށް ކަމަށެވެ. 

t is better to pray it after the sun’s heat has become intense, because the Prophet (peace and blessings of Allaah be upon him) said: “It is preferable to offer Duha prayer when the sun’s heat has become so intense that even the young of the camels feel it.” 

Narrated by Muslim, 748 

ނަމަވެސް ޖަމާޢަތުގެ ފަތިސް ނަމާދުން ފެށިގެން މިސްކިތުގައި އިންނަ މީހާ އަށް އޮތީ އިރުއަރައި 15 ވަރަކަށް މިނިޓްވުމުން ޟުޙާ ނަމާދުކުރުމެވެ. ނުވަތަ އެއަށްވުރެ ގިނަ ވަގުތު ދީފައި ނަމަވެސް މިސްކިތުން ފޭބުމުގެ ކުރިން ޟުޙާ ނަމާދުކުރުމެވެ. އެއީ ޙައްޖަކާއި ޢުމުރާއެއްގެ ސަވާބު އެމީހަކަށް ދެއްވަވާނެތީއެވެ. 

ޟުޙާނަމާދަކީ 2 ރަކްޢަތުން ފެށިގެން އެމީހަކު ބޭނުންވަރަކަށް ދިގުކުރެވެން އޮތް ނަމާދެކެވެ. މަދުމިނީ 2 ރަކްޢަތެވެ. ކިޔާނެ ވަކި ޚާއްޞަ ދުޢާއެއް ނެތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް