އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮވިޑް ޖެހޭ މީޙުންގެ އަދަދު ސަތޭކައިން ދަށުގަ ދެދުވަސްވުމަށްފަހު ބޮޑުތަނުން އިތުރުވެއްޖެ!

ކޮވިޑް ޖެހޭ މީޙުންގެ އަދަދު ސަތޭކައިން ދަށުގަ ދެދުވަސްވުމަށްފަހު ބޮޑުތަނުން އިތުރުވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 43 ސިކުންތު

ކޮވިޑް 19 ޖެހޭ މީޙުންގެ އަދަދު ސަތޭކައިން ދަށުގަ ދެދުވަސްވުމަށްފަހު ބޮޑުތަނުން އިތުރުވެއްޖެއެވެ. 

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ129 މިހުންނެވެ.

މިއަދު ޕޮޒިޓިވްވީ 129 މީހުންގެ ތެރޭގައި ހިމެނެނީ 93 ދިވެހީންނާއި، 26 ބަންގްލަދޭޝް މީހުންނާއި އިންޑިއާ 9 މީހަކާއި ނޭޕާލް މީހެކެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 2791 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4898 އަށް އަރައިފައެވެ. މި ބައްޔަށް މިހާރު ފަރުވާ ދެމުން އަންނަނީ 144 މީހަކަށެވެ.

މި ބަލީގައި 19 މީހަކު ވަނީ ނިޔާވެފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު