އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިރުވެތިކަން އިންތިހާއަށް! - ހިތަށް އެރުމުން ނަމާދުކޮށްފައި ނަމާދު ނުކޮށްފައި އުޅުމަކީ މުނާފިޤުންގެ ސިފައެއް!

ބިރުވެތިކަން އިންތިހާއަށް! - ހިތަށް އެރުމުން ނަމާދުކޮށްފައި ނަމާދު ނުކޮށްފައި އުޅުމަކީ މުނާފިޤުންގެ ސިފައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

މުނާފިޤުންގެ ސިފަތައް ބަޔާން ކުރައްވަވަމުން ﷲ ވަޙީކުރައްވަވާފައިވެއެވެ. "މުނާފިޤުންނަކީ އެމީހުން އުޅެންވީގޮތް ނުވަތަ ކުރަންވީ ކަންކަމާއިމެދު ގޮތް ނުނިންމޭ މީހުން ކަމަށެވެ!" މާނައަކީ އެމީހުން އުޅެންވީ ކޮން ދީނަކަށްކަން އެމީހުންނަށް ޤަބޫލުނުކުރެވޭކަމެވެ. މާނައަކީ އެކަމުގައި އެމީހުންނަށް ގޮތެއް ނުނިންމޭ ކަމެވެ.

ވީމާ ތިމާ ކުރަންޖެހޭ ކަންކަމަކީ ކޮބައިކަން ނުއެނގޭ މީހުންނަކީ އިތުރަށް ވިސްނަން ޖެހޭ ބައެކެވެ. ޚާއްޞަކޮށް އަޅުކަމުގެ ކަންކަމުގައެވެ. ވަކިން ޚާއްޞަކޮށް ނަމާދުކުރުމުގައެވެ. 

މިސާލަކަށް ބުނާނަމަ އެއް ދުވަހު ނަމާދުކޮށްފައި އަނެއްބައި ދުވަސްތަކުގައި ނަމާދުނުކުރާ މީހުން ވަރަށް ގިނައެވެ. މިކަމުން އެނގެނީ ކޮންމެ ދުވަހަކު 5 ނަމާދުކުރަންޖެހޭކަން އެމީހުންނަށް ޔަޤީނުކުރެވޭކަމެވެ. ނަމަވެސް އެމީހުން ކޮންމެ ދުވަހަކުވެސް އާމްދަނީ ހޯދަން ގަދައަޅައި މަސައްކަތްކުރެއެވެ. އެކަމުން އެނގެނީ އެ މަސައްކަތަކީ ކޮންމެ ދުވަހަކުވެސް ކުރަން ޖެހޭނެ މަސައްކަތެއްކަން އެމީހުން ޤަބޫލުކުރާކަމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެމީހަކު ހިތަށް އެރިވަގުތަކު ނަމާދުކުރުމާއި ހިތަށްއެރި ދުވަހަކު ނަމާދުކުރުމަކީ ބިރުހުރި ކަމެކެވެ. އެކަމުން އެނގެނީ ކޮންމެ ދުވަހަކު 5 ނަމާދު ފަރުޟުކުރައްވަވާފައިވާކަމާއި އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އެމީހަކަށް ޤަބޫލުނުކުރެވޭކަމެވެ. މިފަދަ މީހުންގެ ކިބައިގައި އެވަނީ ނަރަކައިގައި އެންމެ ގަދަފަދަ ޢަޛާބުގައި ތިބެންޖެހެނެ މުނާފިޤުންގެ ސިފައެކެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް