އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުޅި ރޭގަނޑު އަޅުކަންކުރި ކަމުގެ ސަވާބު ހޯދަން ވަރަށް ފަސޭހަ ގޮތެއް!

މުޅި ރޭގަނޑު އަޅުކަންކުރި ކަމުގެ ސަވާބު ހޯދަން ވަރަށް ފަސޭހަ ގޮތެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

އެކަން ކުރަން ވަރަށް ފަސޭހަ ގޮތެއްވެސް ބުނެފާނަމެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ އާދަކޮށް ކޮންމެ ރެއަކު ސަޖިދަ ސޫރަތާއި މުލްކް ސޫރަތް ކިޔަވާ ބައެކެވެ. މި ދެ ސޫރަތް ކިޔެވުމުން 60 ޢާޔަތް ކިޔެވޭނެއެވެ. މި ދެ ސޫރަތް ކިޔެވުމަށްފަހު އިތުރަށް ޚަޠިމް ކުރަން 40 އާޔަތް ކިޔަވައިފިނަމަ 100 އާޔަތް ކިޔެވުނީއެވެ. 

އަދިވެސް ވަރަށް ފަސޭހަ އިތުރު ފޯމިޔުލާއެއްވެސް ބުނެފާނަމެވެ. އެހައިމެ ފައިދާވެސް ބޮޑު ގޮތެކެވެ. ކޮންމެ ރެއަކު އަލްވާޤިޢާ ސޫރަތް ކިޔަވާ މީހަކަށް ހައިހޫނުކަމުގައި ހުންނަން ނުޖެހޭނެ ކަމަށް ޙަދީޘްފުޅުގައި އެބައޮތެވެ! އެސޫރަތުގައި 76 އާޔަތްވެއެވެ. ވީމާ އަލްވާޤިޢާ ސޫރަތާއި ސަޖިދަ ސޫރަތާއި އަލްމުލްކް ސޫރަތް ކިޔަވައިފިމަ 136 އާޔަތް ކިޔެވުނީއެވެ. މިކަމަށް ނަގާނީ ގިނަެގްން 15 މިނިޓްއިރެވެ. 15 މިނިޓް އިރުން ކިހައި މަތިވެރި ޘަވާބު ޙާޞިލކުރެވެން އެބަ އޮތްހެއްޔެވެ؟ 

ރޭގަނޑު ކީރިތި ޤްރްއާނުގެ 100 އާޔަތް ކިޔަވައިފި މީހަކަށް މުޅި ރޭގަނޑު އަޅުކަން ކުރި ކަމުގެ ސަވާބު ﷲ ތަޢާލާ ދެއްވަވާނެތެވެ. ވީއިރު މިއީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް ޤަބޫލުކުރަމާ ހެއްޔެވެ؟ އަދި ކިހައި ފަސޭހައިން ކުރެވެން އޮތް ކަމެއް ހެޔެވެ؟ 

އަހަރެމެންގެ ތެރެއިން ގިނަ ބައަކު މިހާރަކަށް އައިސް ނަމާދަށް ދަނީވެސް ގެންގުޅޭ ސްމާޓް ފޯން ހިފައިގެންނެވެ. ވީއިރު ނަމާދު ނިންމައި މިސްކިތުން ނުކުރުމުގެ ކުރިން ކީރިތި ޤްރްއާނުން 10 ވަރަކަށް ޢާޔަތް ނަމަވެސް ކިޔަވައިލުމަކީ އެހައި ބުރަކަމެއް ކަމުގައި ނުދެކެމާ ހެއްޔެވެ؟ އެކަމަށް ހޭދަވާނި ގިނަވެގެން އެންމެ 3 މިނިޓް ނޫންހެއްޔެވެ؟ އެންމެ 3 މިނިޓް އިރު އިތުރަށް މިސްކިތުގައި މަޑުކޮށްލުމަކީ ލޯބިން ކުރާ ހިތުން ކުރާ ކަމެއް ކަމަށް ހަދައިފިނަމަ އެއީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. އަދި އެހައިމެ ފައިދާވެސް ކުރާނެ ކަމެކެވެ. 

ފަހުން ހަމަޖެހިލައިގެން ކީރިތި ޤްރްއާން ކިޔަވަން ހުންނަ މީހާއަށް އޮންނަނީ އެކަން ނުކުރެވިފައެވެ. އަމިއްލަ ނަފްސާއި ސުވާލުކޮށްލުމުން އެމީހަކަށް ކީރިތި ޤްރްއާން ކިޔެވޭ މިންވަރު އެނގޭނެއެވެ! ވީމާ ދިރިއުޅުމުގެ ޙާލަތަށް އައިސްފައި މިވާ ބަދަލުތަކާއިއެކު ވެސް ތިމާ ކުރަންޖެހޭ ހެޔޮ އަމަލުތައް ކުރުން ތަރްތީބް ނުކޮށްފިނަމަ ތިމާއަކީ ފެއިލްވެފައިވާ މީހަކަށްވުމުގެ ބިރު ވަރަށް ބޮޑުކަން ވިސްނާށެވެ!

 އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ޢާންމުކޮށް ކޮންމެ ދުވަހަކުވެސް ވަކި ސޫރަތްތަކެއް ކިޔަވާ ބައެކެވެ. އެހެންކަމުން އެ ސޫރަތްތައް ވަރަށް ފަރިތަކޮށް ކިޔަވައިލެވުނު ނަމަވެސް މުޅި ޚަތިމް ކިޔެވުމަކީ އެކަމަށް ފަރިތަ ނުކުރާނަމަ ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ. ވީމާ ކޮންމެ ދުވަހަކު ޢާންމުކޮށް ކިޔަވާ ސޫރަތްތައް ކިޔެވިނަމަވެސް ޚަޠިމް ކުރަން ކިޔަވަންވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް