އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެޗް 78 ގްރޫޕްގެ ފަރާތުން 5000 މާސްކް ނެޝަނަލް ބޯޓިންގ އެސޯސިއޭޝަންއަށް އަށް ހަދިޔާކޮއްފި

އެޗް 78 ގްރޫޕްގެ ފަރާތުން 5000 މާސްކް ނެޝަނަލް ބޯޓިންގ އެސޯސިއޭޝަންއަށް އަށް ހަދިޔާކޮއްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

އެޗް 78 ގްރޫޕްގެ ފަރާތުން މިއަދު ވަނީ 5000 މާސްކް ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ހަދިޔާކޮއްފިއެވެ. އެޗް 78 ގްރޫޕްގެ ފަރާތުން މިތަކެތި ހަވާލު ކޮއްދެއްވީ އެކުންފުނީގެ ސީ.އީއޯ، އަލްފާޟިލާ އަފާފް އަބްދުލް މަޖީދުއެވެ. އަދި ނެޝަނަލް ބޯޓިންގް އިން މިތަކެއްޗާ ހަވާލުވެލެއްވީ އެޖަމިއްޔާގެ ރައީސް، އަލްފާޟިލް އަހުމަދު އަފްރާހުއެވެ.

އެޗް 78 އަކީ 2015 އަހަރުން ފެށިގެން ހުޅުމާލޭ ގައި ހިންގާ 14 ކޮޓަރީގެ ބީޗްފްރަންޓް ގެސްޓްހައުސްއެކެވެ. އެޗް 78 ގައި ތިންފަންތި އެއްގެ ކޮޓަރި އާއި ފަތުރުވެރިންނައް ހިދުމަތް ދިނުމުގައި ތަފާތު އެކްސްކަރޝަންތައް ރާވާހިންގައެވެ. އަދި އެތަނުގައި  ހިންގާ ދަ ކެޗް 78 ރެސްޓޯރަންޓަކީ ހޮޓަލުގައި ތޮބޭ ފަތުރުވެރިންގެ އިތުރުން ވަރައްގިނަ ދިވެހިންގެ މަގްބޫލް ތަނެކެވެ. 

މިއަދު ހަދިޔާކުރި ތަކެއްޗާ ހަވާލުވުމައްފަހު ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަފްރާހް ވިދާޅުވީ، މީ އަމިއްލަ ފަރާތަކުން ކޯވިޑް ތެރޭ އިންޑަސްޓްރީއަށް ކޮއްދެއްވި ވަރައްވެސް ބޭނުންތެރި އެހާމެ މުހިއްމު އެއްޗެއްކަމަށެވެ. އެހެންކަމުން އެންބީއެމްގެ މެމްބަރުންގެ ނަމުގައި އެޗް 78 ގްރޫޕަށް ޝުކުރުއަދާކުރާކަމަށެވެ.

މިހަފްތާގައި އެން.ބީ.އޭ.އެމް އިން ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް، އެޗް.ޑީ.ސީ، އެޗް.ޕީ.އޭ އަދި ޕޮލިސް ގެ އެހީތެރިކަމާއިއެކު ސަފާރީ ބޯޓްތަކުންފުރާ ފަތުރުވެރިންނައް ޓެސްޓިންގ ހަޓް އެއްވަނީ ގާއިމް ކޮއްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް