އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގިނަބައަކު ނުނިދުމުގެ ޝަކުވާކުރާއިރު ނިދަނީ ޝައިޠޯނާގެ މަގުގަ - ޤިޔާމަތްވުމުން ކައްވަޅުން ތެދުވާންޖެހޭނެ ޙާލަތަށް ބިރުވެތިވޭ!

ގިނަބައަކު ނުނިދުމުގެ ޝަކުވާކުރާއިރު ނިދަނީ ޝައިޠޯނާގެ މަގުގަ - ޤިޔާމަތްވުމުން ކައްވަޅުން ތެދުވާންޖެހޭނެ ޙާލަތަށް ބިރުވެތިވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

ގިނަ ބައެއްގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވެފައި އޮންނަނީ ނުނިދުމުގެ މައްސަލައެވެ. ނިދަން އޮށޯތްނަމަވެސް ނިދިނައުމުގެ މައްސަލައެވެ. ނިދިއައުން ލަސްވުމުގެ މައްސަލައެވެ. ނިދުނު ނަމަވެސް ދޭތެރެދޭތެރެއިން ހޭލެވޭ ކަމުގެ މައްސަލައެވެ. 

މިފަދަ މައްސަލަތައް ކުރިމަތިވަނީ ހަމައެކަނި ފިރިހެނުންނަކަށް ނުވަތަ އަންހެނުންނަކަށްވެސް ނޫނެވެ. ދެޖިންސުގެ މީހުންނަށްވެސް ދިމާވެއެވެ. ނަމަވެސް ގިނައިން ދިމާވަނީ އަންހެނުންނަށެވެ. އެހެންކަމުން މިކަންކަން މެދުވެރިވާ ސަބަބުތަކަށް ބަލައިލަމާ ހެއްޔެވެ؟ 

މިހާރަކަށް އައިސް ނިދަން މިއޮށޯވެވެނީ ވަރަށް ބޮޑަށް ވަރުބަލިވެހުރެއެވެ. އެހެންކަމުން ނިދަން ހިތުގައި އޮށޯވެލުމށްފަހު ނުވަތަ ނިދަން އޮށޯންނަމުން ސުންނަތުގައިވާ ކަންކަން ކުރަން މީހާ އެބަ ކަންނެތްވެއެވެ. ޛިކުރުތައް ކިޔުމާއި ވުޟޫކޮށްލުންވެސް ވަނީ ބޮޑުކަމަކަށެވެ.

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "މުޅި ދުވާލުވެސް ޝައިޠޯނަކު ތިބާ ކައިރީގައި ހުރެގެން ނުބައި އަމަލުތައް ކުރަން ވަސްވާސްދޭނެއެވެ. މަލާއިކަތަކު ހެޔޮ އަމަލުތައް ކުރަން ހިތްވަރުދެއްވަވާނެއެވެ. ނިދަން އޮށޯތުމުންވެސް ޝައިޠޯނަކު އައިސް ޝައިޠޯނާގެ މަގުގައި ނިދުމަށް ބުނާނެއެވެ. ކޮންމެވެސް ނުބައިކަމެއް ކުރަމުން ނިދަން ބުނާނެއެވެ." 

އެއީ އިންސާނާގެ ހިސާބު ބެއްލެވުމުގައި އޭނާގެ އެންމެ ފަހު އަމަލަށް ﷲ ތަޢާލާ ބައްލަވައިވޮޑިގަންނަވާތީއެވެ. ނިދުމަކީ އެދުވަހު އެންމެފަހުން ކުރާ ކަންތައްކަމުގައިވާތީއެވެ. ނިދުމަށްފަހު ހޭލެވޭނެ ކަމުގެ ޔަޤީންކަން ނެތުމުންނެވެ. ނުބައި އަމަލެއް ކުރުން މަތީގައި ނިދައިފިނަމަ އެމީހެއްގެ ނިމުން އެވަނީ ނުބައި އަމަލަކާއި ގުޅިފައެވެ. 

ހަމައެފަދައިން މަލާއިކަތަކު ވަޑައިގެން ހެޔޮ ޢަމަލެއްކުރުންމަތީގައި ނިދުމަށް ހިތްވަރުދެއްވަވާނެއެވެ އޮތް ބަސްފުޅުން އެނގިގެންދަނީ ﷲ ތަޢާލާ ހަނދުމަކުރުމާއި ޛިކުރުމާއި ދުޢާކުރުން ފަދަ ޢަމަލެއްގެމަތީގައި ނިދަން ހިތްވަރު ދެއްވަވާނެކަމެވެ. 

ނިދަން އޮށޯންނަންވުމުން ވުޟޫކޮށްގެން ނިދައިފިނަމަ ނިދީން ހޭލަންދެން އެމީހަކަސް ހެޔޮ ދުޢާކުރައްވަވާނެ މަލާއިކަތަކު ބަހައްޓަވާނެތެވެ! އަދި އާޔަތުލްކުރުސި ކިޔައިގެން ނިދައިފިނަމަ ނިދީން ހޭލަންދެން ޝައިޠޯނާގެ ކިބައިން އެމީހާ ޙިމާޔަތްކުރައްވަވާނެ މަލާއިކަތަކު ބަހައްޓަވާނެތެވެ. ނަތީޖާއަކަށްވާނީ ފަތިސް ނަމާދަށް ހޭލެވޭއިރު ތާޒާކަންމަތީގައި ހުރެވުމެވެ. ފުރިހަމަ ވިސްނުމެއްގައި ހުރެވުމެވެ. 

ކަންއޮތްމަގަކީ މިއީ ކަމުގައިވީނަމަވެސް ގިނަބައަކަށް މިހާރު ނިދޭކަމަށްވަނީ ފޯނުން ކޮންމެވެސް ނުބައި އަމަލެއް ކުރަމުންނެވެ. ޝއިޠޯނާ އުފާކުރާނެ ފަދަ އަމަލެއް ކުރަމުންނެވެ. ޝައިޠޯނާގެ މަގުގައެވެ. ވީއިރު އެމީހަކަށް އެދުވަސް ނިންމައިއެލެވެނީ ކިހައި ނުބައި ގޮތުގައި ހެއްޔެވެ؟ އެފަދަ ގޮތްގޮތަށް ނިދާމީހާ ނިދީގައި މަރުވެއްޖެނަމަ އޭނާވާނީ ޝައިޠޯނާގެ މަގުގައި ނިމިދިއަ މީހަކަށް ނޫންހެއްޔެވެ؟ 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް