އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ކަމަކުން ސުވަރުގެއިން މޭވާ ބިނުމުގެ ނަޞީބާ ހަތްދިހަ ހާސް މަލާއިކަތުންގެ ދުޢާ ލިބުމުގެ ފުރުޞަތު!

އެންމެ ކަމަކުން ސުވަރުގެއިން މޭވާ ބިނުމުގެ ނަޞީބާ ހަތްދިހަ ހާސް މަލާއިކަތުންގެ ދުޢާ ލިބުމުގެ ފުރުޞަތު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 31 ސިކުންތު

މިއަދު ދައްކަން މިއުޅެނީ ކޮންމެ މުސްލިމަކު ވެސް އޭނާގެ އަޚާއަށްޓަކައި ކޮންމެހެން އަދާކުރަންޖެހޭ ޙައްޤެއްގެ ވާހަކައެވެ. ޢާއިލާގެ މީހުންނަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ވާހަކައެވެ. މައިންބަފައިންނާއި އެމީހަކު ބަލަހައްޓަންޖެހޭ މީޙުންނަށްޓަކައި ކޮންމެހެން އަދާކުރަންޖެހޭ ޙައްޤެއްގެ ވާހަކައެވެ. އަދި އެ ޙައްޤު އަދާކުރުމުން އެމީހަކަށް ސުވަރުގެއިން މޭވާ ބިނުމުގެ ނަޞީބު ލިބި އަދި 70000 މަލާއިކަތުންގެ ދުޢާ ލިބުމުގެ ފުރުޞަތުއޮތް ފައިދާ ބޮޑުކަމެއްގެވާހަކައެވެ. 

ޢަލީ ބިން އަބޫޠާލިބް ރިވާ ކުރެއްވެވި ހަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ބަލިވެ އުޅޭ ތިބާގެ މުސްލިމް އަޚާއަށް ފަޖްރް ވަގުތު ޒިޔާރަތްކޮށްފިނަމަ، އިރުއޮއްސިއްޖައުމަށްދާންދެން 70000 މަލާއިކަތް ބޭކަލުން ތިބާއަށް ހެޔޮ ދުޢާ ކޮށް ދެއްވުން މަތީ ދެމިތިއްބަވާނެއެވެ. އަދި ހަވީރު ޒިޔާރަތް ކޮށްފިނަމަ، ހެނދުނު ވަންދެން 70000 މަލާއިކަތް ބޭކަލުން ތިބާއަށް ހެޔޮ ދުޢާ ކޮށްދެއްވުން މަތީ ދެމިތިއްބަވަވާނެއެވެ. އަދި ސުވަރުގެ އިން މޭވާ ބިނުމުގެ ނަޞީބު އެމީހަކަށް ލިބިގެންދާނެއެވެ." (މާނަ: ޝައިޚް ޢަލީ ޒައިދު)

ال علي بن أبي طالب (رضي الله عنه):

سمعت رسول الله (ﷺ) قائلا: "عندما يزور المسلم مريضًا مسلمًا عند الفجر ، يستمر سبعون ألفًا من الملائكة بالصلاة من أجله حتى الغسق. وإذا زاروه في المساء ، فإن سبعين ألفًا من الملائكة يستمرون في الصلاة من أجله الصباح ، وسيحصد (حصته) ثمار الجنة. "

'Ali bin Abu Talib (May Allah be pleased with him) reported:

I heard the Messenger of Allah (ﷺ) saying, "When a Muslim visits a sick Muslim at dawn, seventy thousand angels keep on praying for him till dusk. If he visits him in the evening, seventy thousand angels keep on praying for him till the morning; and he will have (his share of) reaped fruits in Jannah."

[At- Tirmidhi].

ޢަލީ ބިން އަބީ ޠާލިބްގެ އަރިހުން ރިވާވެގެންވާ މިހަދީޘްފުޅު އިމާމް ތިރްމިޒީ ވަނީ ރިވާ ކުރައްވައިފައެވެ. ރިޔާޟުއްޞާލިހީންގައި ވެސް ބަޔާންވެގެންވެއެވެ. 

ބަލި މީހުންނަށް ޒިޔާރަތް ކުރުމަކީ ގަދަވެ ތިބި މީހުން އަދާކުރަންޖެހޭ ހައްޤެކެވެ. އިޖުތިމާޢީ ޒިންމާއެކެވެ. މީގެ އިތުރުން 70000 މަލާއިކަތުންގެ ދުޢާ އާއި ސުވަރުގެއިން ބަގީޗާއެއް ލިބޭ ކަމެކެވެ. "ގެޓްވެލް ސޫން" ކިތަންމެ ގިނަ ތަނެއްގައި ލިޔުނު ނަމަވެސް މި އިން އެއްވެސް ފައިދާއެއް ޙާޞިލެއް ނުކުރެވޭނެއެވެ. ޙާޞިލުކުރެވޭނީ ހަމަ ބަލި މީހާއަށް ޒިޔާރަތްކޮށްގެންނެވެ. ޒިޔާރަތް ކުރެވޭނެ ގޮތެއް ނެތް ހާލަތުގައި ބަލިމީހާއަށްޓަކައި ހެޔޮ ދުޢާކުރަންވާނެއެވެ. 

"ގެޓްވެލް ސޫން" ގެ މާނައަށް ބަލައިފިނަމަ އެއީ ބަލީމީހާ އަވަހަށް ގަދަވުމަށް ކުރެވޭ އަމުރެއް ކަމަށްވެސް ބެލިދާނެއެވެ. ބަލިމީހާޢަށް އެ އަމުރު ކުރެވެނީ އަވަހަށް ގަދަވުމަށެވެ. އެއްވެސް މީހަކު ބަލިވެ އޮންނާކަށް ބޭނުމެއް ނުވާނެއެވެ. އެއްވެސް މީހަކު އަމުރު ނުކުރި ނަމަވެސް އަވަހަށް ގަދަވާން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އެހެންކަމުން އެފަދަ އަމުރުތައް ކުރުމަކީ މުސްލިމުން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. 

ބަލި މީހުންނަށް ޒިޔާރަތް ކުރުމުގެ އާދައަކީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް އަށަގެންފައި އޮތް އާދައެވެ. ދުއްވާނެ ސައިކަލާއި ކާރު މާލޭގައި ނެތް ދުވަސްވަރު ފައިމަގުގައި ހިނގާފައި ގޮސް ވެސް ކުރަމުން ދިއަ ކަމެކެވެ. ގާތް މީހަކު ބަލިވެ އުޅޭނަމަ މަދުވެގެން ދުވާލަކު އެއް ފަހަރު ޒިޔާރަތް ކުރުމުގެ ރިވެތި އާދަ ކާބަފައިން ވަނީ ހިފަހައްޓައިފައެވެ. 

އެހެންކަމާއިއެކު ވެސް އަމިއްލަ އެދުން ބޮޑުވުމާއި ޓެކްނޮލޮޖީއަށް އައި ކުރިއެރުމާއި މައުލޫމާތު ފެތުރުމަށް ލިބުނު ކުރިއެރުމުގެ ތެރެއިން ކިތަންމެ ގާތް މީހަކު ބަލިވި ނަމަވެސް އެމީހެއްގެ އަތުން ތިމާއަށް ފައިސާ ނުލިބޭނަމަ ނުވަތަ އެނޫންވެސް ދުންޔަވީ މަންފާއެއް ނުކުރާނަމަ މިއޮތީ "ގެޓްވެލް ސޫން" މެސެޖުކޮށްލައި ނިންމައިލުމަކީ ޢާންމު ކަމަކަށް ވެފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


12%
ވ.ރަނގަޅު
15%
ރަނގަޅު
22%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް