އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގު ގޭމްހަބް ގެ ނަމުގައި މޮބައިލް ގޭމް ޕްލެޓްފޯމެއް ދިރާގުން ތަޢާރަފުކޮށްފި

ދިރާގު ގޭމްހަބް ގެ ނަމުގައި މޮބައިލް ގޭމް ޕްލެޓްފޯމެއް ދިރާގުން ތަޢާރަފުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

ދިރާގު ގޭމްހަބް ގެ ނަމުގައި މޮބައިލް ގޭމް ޕްލެޓްފޯމެއް ދިރާގުން ތަޢާރަފުކޮށްފިއެވެ. 700 އަށް ވުރެ ގިނަ މޯބައިލް ގޭމްތަކާއެކު ތައާރަފުކުރި މި ޕްލެޓްފޯމަކީ ސަބްސްކްރިޕްޝަން އެއް ނަގައިގެން ބޭނުން ކުރެވޭނެ ޕްލެޓްފޯމެކެވެ. ދިރާގު ގޭމަ ހަބްގެ ސަބްސްކްރިޕްޝަލް ޕޯޓަލް ގާއިމު ކޮށްފައިވަނީ ގޭމްލޮފްޓް އިންނެވެ. ގޭމްލޮފްޓް އަކީ ދުނިޔޭގެ ފެންވަރުގައި މޮބައިލް ގޭމް ޑެވެލޮޕްކުރާ ކުންފުންޔެކެވެ.  

ދިރާގު ގޭމްހަބް ދިރާގު ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައިއެވެ. ގޭމްހަބް ގެ ސަބްސްކްރިޕްޝަން ދެ ގޮތަކަށް ނެގޭނެއެވެ. އެއީ މަހުން މަހަށް ނޫނިއްޔާ ބޭނުންވާ ހަފްތާ އަކަށް ނަގާގޮތަށެވެ. މަހުން މަހަށް ސަބްސްކްރައިބް ކުރާނަމަ ދައްކަންޖެހެނީ މަހަކު 50 ރުފިޔާއެވެ. ހަފުތާ އަކަށް ސަބްސްކްރައިބް ކުރާނަމަ ދައްކަންޖެހެނީ އެންމެ 20 ރުފިޔާއެވެ. ގޭމްހަބް އަށް ސަބްސްކްރައިބް ކޮށްލުމަށް ދިރާގު ވެބްސައިޓުގައިވާ ގޭމަހަބް ޕޭޖުން ބޭނުންވާ ސަބްސްކްރިޕްޝަން ޕެކޭޖެއް ނެގޭނެއެވެ. ސަބްކްރައިބް ކުރުމަށްފަހު، އެންޑްރޮއިޑް ކަސްޓަމަރުންނަށް ވަގުތުން ގޭމްތައް ޑައުންލޯޑް ކޮށް ކުޅެވޭނެއެވެ. އަދި އައި.އޯ.އެސް ކަސްޓަމަރުންނަށް އޮންލައިންކޮށް ޚާއްސަ ޕޯޓަލް އެއް މެދުވެރިކޮށް ގޭމް ކުޅެވޭނެއެވެ.

ދިރާގު ގޭމްހަބް ގެ އެންމެ ޚާއްސަ ކަމަކީ، ގޭމްހަބްގެ ސަބްސްކްރިޕްޝަންއެއް ނެގުމުން، ގޭމްހަބް ގައި ހިމެނޭ ހުރިހާ ގޭމް ތަކެއް ކުޅުމުގެ ފުރުސަތު ލިބުމުގެ އިތުރުން، އެއްވެސް އިތުރު "އިން އެޕް ޕަރޗޭސް" ކުރަން ނުޖެހޭނެތީއެވެ. އަދި ހަމަ މިއާއެކު، ގޭމް ހަބްގައި ތަފާތު ގިނަ ގޭމްތައް ހިމެނެއެވެ. އޭގެ ތެރޭގައި، އެކްޝަން ގޭމްސް، ކުޅިވަރު އަދި ކުޑަ ކުދިންގެ ގޭމް ވެސް ހިމެނެއެވެ.

 

ދިރާގުން ބުނެފައިވަނި އެކުންފުނީގެ އަމާޒަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ޒަމާނީ ޚިދުމަތްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށާއި އަދި އުންމީދު ކުރަނީ މިއަދު މި ތައާރަފުކުރި ގޭމްހަބް މެދުވެރިކޮށް ގޭމް ކުޅުމަށް ޝައުގުވެރިވާ ކަސްޓަމަރުންނަށް މޮބައިލް ގޭމް ކުޅުމުގައި އިތުރު ފަސޭހަތަކާއި ފުރިހަމަ ކަމެއް ލިބިގެންދިއުންކަމަށެވެ.

މިލިންކުން  https://bit.ly/2R12wqJމިގޭމްހަބް ސަބްސްކްރައިބް ކުރެއްވުމާއި އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު