އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭގެ ސައިޓަކުން ކޭބަލް ނަރުތަކެއް ވަގަށް ނަގަން އުޅުނު ދެމީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގެ ސައިޓަކުން ކޭބަލް ނަރުތަކެއް ވަގަށް ނަގަން އުޅުނު ދެމީހަކު ހައްޔަރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 39 ސިކުންތު

ހުޅުމާލޭގައި ހުންނަ ސައިޓަކުން ކޭބަލް ނަރުތަކެއް ވަގަށް ނަގަން އުޅުނުކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނަކާއި 45 އަހަރުގެ ފިރިހެނެކެވެ. މިދެމީހުންނަކީވެސް ދިވެހިންނެވެ.

އެދެމީހުން ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ 14:55 އެހާކަންހާއިރު ހުޅުމާލޭ ޕޮލިސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުށުގެ ވެށިންނެވެ.

އެދެމީހުން  ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެދެމީހުން ތިބި ތަން ބަލައިފާސްކުރިއިރު ކަރަންޓް ކޭބަލުން ބުރިކޮށްފައިވާ ގިނަ އަދަދެއްގެ ނަރުތަކަކާއި ދުނިކީސް ތިލައަކާއި ނަރުކަނޑާ ކަތުރަކާއި ކަޓަރެއްގެ އިތުރުން ދެ ކަޓަރު ފެނިފައިވެއެވެ.

މިމައްސަލަ ހުޅުމާލެ ޕޮލިސްއިން ދަނީ ތަހުގީގު ކުރަމުންއެވެ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު