އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދު ޕޮޒިޓިވްވީ އަށްޑިހަ ފަސްމީހުން! ބަލިން ރަނގަޅުވީ ސާތޭކަ ނުވަދިހަ ތިންމީހުން!

މިއަދު ޕޮޒިޓިވްވީ އަށްޑިހަ ފަސްމީހުން! ބަލިން ރަނގަޅުވީ ސާތޭކަ ނުވަދިހަ ތިންމީހުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް 85 މީހުން ޕޮޒިޓިވްވެއްޖެއެވެ. މިއަދު ބަލިން ރަނގަޅުވީ 193 މީހުންނެވެ.

އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 85 މީހުންގެ ތެރޭގައި ހިމެނެނީ 46 ދިވެހިން ހިމެނެ އެވެ. ދެން 39 ބިދޭސީންނެވެ.

މިއަދު 82 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި 3 މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތެރެއިންނެވެ.

އިއްޔެވެސް މި ބައްޔަށް ރާއްޖެއިން 70 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 7729 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9,328 އަށް އަރައިފައެވެ. މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 111 މީހަކަށެވެ.

މި ބަލީގައި 33 މީހަކު ވަނީ ނިޔާވެފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު