އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްކުއްޖަކަށްވުރެ ގިނަކުދިންނަށް ޖިންސީ ގޯނާ ނުކުރާ ދުވަހެއް ނުދޭ! ކުދިންގެ އަޚްލާޤްވެސް ގޯހުން ގޯހަށް!

އެއްކުއްޖަކަށްވުރެ ގިނަކުދިންނަށް ޖިންސީ ގޯނާ ނުކުރާ ދުވަހެއް ނުދޭ! ކުދިންގެ އަޚްލާޤްވެސް ގޯހުން ގޯހަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

އެއްކުއްޖަކަށްވުރެ ގިނަކުދިންނަށް ޖިންސީ ގޯނާ ނުކުރާ ދުވަހެއް މިދިއަމަހު ނެތްކަން ޖެންޑަރ މިނިސްޓްރީގެ މިދިއަ މަހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.  

މިދިއަ މަހު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 36 މައްސލަ ހުށަހަޅާފައިވާއިރު ކަމުގެ މާހިރުން ވިދާޅުވަނީ ރިޕޯޓްކުރާ މައްސަލަތަކުގެ ނިޞްބަތަކީ އެކަން ކުރާ އަދަދުގެ 20 އިންސައްތަކަމަށެވެ. 

އެކަމުން އެނގެނީ ރިޕޯޓްކުރަނީ އަނިޔާ ލިބޭ ކުދިންގެ ތެރެއިން ކޮންމެ 5 ކުއްޖަކުން އެއް ކުއްޖަކު ކަމެވެ. 

ޙައްލު! 

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ޔަޤީން މިވަނީ މިއީ ރާއްޖޭގައި ކަންބޮޑުވާވަރަށް އޮތް މައްސަލައެއް ކަމެވެ. ތަޖުރިބާކާރުން ވިދާޅުވަނީ ޙައްލަކީ އދއަށް ޢަމަލުނުކޮށް އިސްލާމް ދީނަށް ޢމަލުކުރުންކަމަށެވެ. އިސްލާމް ދީނުގައިވާ ފަދައިން އަދަބުދިނުން ކަމަށެވެ. މީސްތަކންގެ  ކުރިމައްޗަށް އެމީހުންނެރެ އެއީ ކީއްކުރި ކާކުކަން އަންގައިދީ އެމީހުން ފަޟީޙަތްކުރަން ޖެހޭނެ ކަމަށެވެ.  

ސައުދިޢަރަބިޔާގައި އެގެންދަނީ ޖިންސީގޯނާކުރާ މީހުން މީހުން ވީހައި ގިނަ ބާޒާރުތަކަށް ނެރެ ނުވަތަ ހުކުރު ނަމާދަށްފަހު އެންމެންގެ ކުރިމަތީގަ 2000 އެތިފަހަރަށްވުރެ ގިނަ އަދަދުތަކުން ތައުޒީރުކުރަމުންނެވެ. ބޮޑަށް ފަޟީޙަތްކުރުމަށްޓަކައި ތައުޒީރު ކުރަނީ ދުވަސްތަކަށް ބަހައި 70 އެތިފަހަރުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް