އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖަންނަތުލްފިރުދައުސަށް ކުރަން އޮތް ދަތުރަށް ކަންނެތްވެ ނުހޭލާ މީހުން ޖަންނަތުލްފިރުދައުސަށް ދާނީ ކިހިނެއް؟: މުފްތީ މެންކް

ޖަންނަތުލްފިރުދައުސަށް ކުރަން އޮތް ދަތުރަށް ކަންނެތްވެ ނުހޭލާ މީހުން ޖަންނަތުލްފިރުދައުސަށް ދާނީ ކިހިނެއް؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

މުސްލިމުން ކުރާހައި މަސައްކަތެއް މިކުރަނީ ޖަންނަތުލްފިރުދައުސްއަށް ދިއުމަށެވެ. ކޮންމެ ގޮތަކުންނަމަވެސް ޖަންނަތުލްފިރުދައުސްއިން ޖާގައެއް ކަށަވަރުކުރުމަށެވެ. ނަމަވެސް އެމަންޒިލް ޙާޞިލުކުރަން ފުރަންޖެހޭ ދަތުރަށް ކަންނެތްވެ ނުހޭލަމުއެވެ. ވީއިރު ޖަންނަތުލް ފިރުދައުސަށް ދެވޭނީ ކިހިނަކުން ހެއްޔެވެ؟ 

"ދުނިޔަވީ ބޭނުމަކު އެމީހަކު ކުރަން ބޭނުންވާ ދަތުރަށް ފުރަން އޮތީ ރޭގަނޑުގެ ކޮންމެ ގަޑިއެއްގައި ނަމަވެސް އެކަން އެއްވެސް މައްސަލައަކަށް ނުވެއެވެ. ގެންގުޅޭ ފޯނުގެ އިތުރުން 4 ގަޑި އެއްފަހަރާ ސޯނާކޮށްގެންވެސް ނޫންނަމަ ފާރައަށް މީހަކު ބަހައްޓައިގެންވެސް ގަޑިއަށް ހޭލައި ގަޑިއަށް އެއާޕޯޓަށް ގޮސް ފްލައިޓަށް އަރާނެއެވެ. ފްލައިޓް މިސްވިއަކަ ނުދޭނެއެވެ.

ނަމަވެސް އެ ސަމާލުކަން އާޚިރަތް ދުވަހު ޖަންނަތުލްފިރުދައުސް ހޯދަން ކުރަން މިއުޅޭ ދަތުރަކަށް ނުދެއެވެ. އެދަތުރަށް ފުރަން ފުރަތަމަ ކުރަންޖެހޭ ކަމަކީ ފަތިސްނަމާދަށް ހޭލައި ފަތިސްނަމާދުކުރުމެވެ. ނަމަވެސް ފަތިސް ނަމާދަކަށް ނުހޭލައެވެ. އޮންނަނީ ކަންނެތްވެ ނިދާފައެވެ. ފޯނެއްވެސް ގަޑިއެއްވެސް ސޯނާއެއް ނުކުރެއެވެ. ފާރައަށް މީހަކުވެސް ނުބަހައްޓައެވެ.

 ވީއިރު ނިކަން ބުނެބަލާށެވެ. މުހިންމު ވެގެން ތިއައުޅެނީ ޗުއްޓީއަށް ދިއުމަށް ކުރާ ދަތުރު ހެއްޔެވެ؟ ނޫން ނަމަ ޖަންނަތުލްފިރްދައުސް ހޯދަން ކުރަން އޮތް ދަތުރު ހެއްޔެވެ؟  

ޒުވާނުންނަށް ބުނެލަން އޮތީ ތިއަ ޒުވާންކަމުގައި އެންމެ ބޮޑަށް ގަދައަޅައި މަސައްކަތްކުރަންޖެހޭނީ ފަރުޟު 5 ނަމާދު އަދާއަށް ކުރުމަށެވެ. ޖަމާއަތުގައި ކުރުމަށެވެ. ޤަޟާއަށް ކުރުމަކަށް ނޫނެވެ. ތިއަ ޒުވާނުން މިއަދު އިސްކަންދޭން ޖެހޭނީ އުފަލާ މަޖާކުރުމަށް ކުރާ ދަތުރުތަކުގެ ފްލައިޓަށް ގަޑި ނުޖެހުމަކަށް ނޫނެވެ. ޖަންނަތުލްފިރުދައުސަށް ދިއުމަށް ކުރަން އޮތް ދަތުރަށް ގަޑި ނުޖެހުމަށެވެ. ތިއަ ޒުވާނުން މިއަދު އިސްކަންދޭންވީ ގަޑި ނުޖެހި ކުޅިވަރު މައިދާންތަކަށް އެއްވުމަކަށް ނޫނެވެ. ގަޑި ނުޖެހި މިސްކިތްތަކަށް ގޮސް ޖަމާއަތުގައިކުރާ ފަތިސް ނަމާދުގައި ބައިވެރިވުމަށެވެ. 

ފަތިސް ނަމާދަށް ހޭލާ މަދު މީސްކޮޅަށް ބުނެލަން އޮތީ ހެޔޮ އަމަލުތަކުން ދުވަސް ފެށުމަށްފަހު ދުވަސް ގެއްލެނިކޮށް ނުލާށެވެ! މިސާލަކަށް ފަތިސް ނަމާދުކުރީއެވެ. އެއަށްފަހު ދުވަސް ފެށީ ﷲ ތަޢާލާއަށް ޙަމްދުކުރަމުންނެވެ. ކީރިތި ޤްރްއާން ކިޔަވަމުންނެވެ. އެހައި ރަނގަޅު ގޮތުގައި ދުވަސް ފެށުމަށްފަހު ދުވަހުގެ ވަކި ހިސާބަކުން ފާފައެއްކޮށް ދުވަސް ޚަރާބުކޮށް ނުލާށެވެ.

މިސާލަކަށް ތިބާ އޮރެންޖް ޖޫސްތަށްޓެއް ތައްޔާރުކުރީ ހަމަ އޮރެންޖުން ދިޔަފެލައިގެންނެވެ. ޖޫސްތަށި ތައްޔާރުކުރުމަށްފަހު އެއަށް ނަޖިސްތިއްކެއް ޖަހައިފިނަމަ އެ ބޯނީ ކާކު ހެއްޔެވެ؟ ޚުދު ތިބާވެސް އެ ނުބޯނެއެވެ. އާޚިރަތަށް ވާންޖެހޭ ތައްޔާރީތައް ވުމަށްވެސް ހަމަ މިއުޞޫލުން ވިސްނަން ޖެހޭނެއެވެ. ފަސްބައިގައި ހަމަ އެންމެ ފާފައެއް ނެތި ހުރުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް