އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބެލްޖެހުމުން ދޮރުހުޅުވުމަކީ ގޭގެއަށް ވަންނަން ހުއްދަލިބުމެއް ނޫން! ﷲ އެންގެވިގޮތް އިސްކުރޭ!

ބެލްޖެހުމުން ދޮރުހުޅުވުމަކީ ގޭގެއަށް ވަންނަން ހުއްދަލިބުމެއް ނޫން! ﷲ އެންގެވިގޮތް އިސްކުރޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

އިންސާނުންގެ ދިރިއުޅުމަށް މިއައި ބޮޑު އިންޤިލާބުގެ ތެރެއިން ގެތައްވެސް މިދަނީ ބަދަލުވަމުންނެވެ. ގެތަކާއި ފްލެޓްތަކުގައި އެގެންދަނީ ބެލް ނުވަތަ ރަނގަބީލް ހަރުކުރަމުންނެވެ. ބެލްޖެހުމުން ދޮރުހުޅުވިނަމަވެސް އެއީ ގޭގެއަށް ވަންނަން ލިބޭ ހުއްދައެއް ނޫނެވެ. މުސްލިމުން ގޭގެއަށް ވަންނަންވާނީ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ހުއްދަ ހޯދައިގެންނެވެ. 

يَا أَيُّهَا الَّذِينَ آَمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّى تَسْتَأْنِسُوا وَتُسَلِّمُوا عَلَى أَهْلِهَا ذَلِكُمْ خَيْرٌ لَكُمْ لَعَلَّكُمْ تَذَكَّرُونَ ــــ سورة النور 27

މާނައީ:"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ އަހުލުވެރިންނަށް ސަލާމް ކޮށް (ސަލާމް ގޮވައި) އިޛުނަ (ހުއްދަ) ލިބިގެންފުމަށްދާންދެން ނުވަންނާށެވެ! އެގޮތް ތިއަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިއަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ."

ވީމާ ބެލްޖެހުމުން ދޮރުހުޅުވައިފިނަމަ ފުރަތަމަކަމަކަށް ސަލާމްގޮވާށެވެ! ސަލާމް ބަލައިގަނެ ހުއްދަދިނުމުން ނޫނީ އެހެން މީހުންގެ ގެތަކަށް ނުވަންނާށެވެ! 

ކާފިރުންގެ ތެރެއިން ވެސް އަޚްލާޤް ރަނގަޅު މީހުން "މޭ އައި ކަމް އިން؟" (އަހަރެން ގެއަށް ވަންނަމަވެސް އެންމެ ރަނގަޅުތޯ؟) އަހައި ސުވާލުކުރެއެވެ. އެވަރުވެސް މިއަދު މިއުޅެނީ މުސްލިމުންނަށް ނުކުރެވިގެންނެވެ. 

ތިމާ ދިރިއުޅޭ ގެއަށް އެހެން މީހުން ހުއްދަ ނުނަގައި ވަންނަނަމަ ތިބާ ނުރުހޭފަދައިން އެހެން މީހުންވެސް އެގޮތަށް ވަންނަން ނުރުހޭނެކަން ޤަބޫލުކުރާށެވެ! ގޯތިގެދޮރަކީ ޙުރުމަތްތެރިވެގެންވާ ތަންތަނެވެ. އެތަންތަނުގެ ޙުރުމަތް ކަނޑައިނުލާށެވެ! މިފަދަ ރިވެތި އަދަބުތައް އިސްލާމް ދީނުގައި ބަޔާންވެގެން މިވަނީ ހަަމ އެންމެންގެ ފައިދާއަށެވެ. އެންމެންގެ ސަލާމަތަށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް