އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ އާ އެނޫންވެސް މުޞީބާތްތަކުން ﷲ ލުއިކަން މިންވަރު ކުރެއްވެވުމުން އެއީ ތިމާ ނުވަތަ ބޭހުގެ މޮޅުކަން ކަމަށް ދުށުމަކީ ނިޢްމަތަށް ކާފިރުވުން: ޝައިޚް ފަރީދު

ކޮރޯނާ އާ އެނޫންވެސް މުޞީބާތްތަކުން ﷲ ލުއިކަން މިންވަރު ކުރެއްވެވުމުން އެއީ ތިމާ ނުވަތަ ބޭހުގެ މޮޅުކަން ކަމަށް ދުށުމަކީ ނިޢްމަތަށް ކާފިރުވުން: ޝައިޚް ފަރީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 57 ސިކުންތު

މީސްތަކުންގެ ޖާހިލުކަން ބޮޑުވެ ހައްދުފަހަނައަޅައި ގޮސްފައިވާ މިންވަރުން ކޮރޯނާ ނުވަތަ އެނޫންވެސް ބަލިމަޑުކަމަކުން ނުވަތަ މުޞީބާތަކުން ސަލާމަތްކުރެއްވެވުމުން ނުވަތަ ލުއިކަން ދެއްވެވުމުން އެއީ މީހަކު ނުވަތަ ބައެއްގެ ނުވަތަ ބޭހުގެ މޮޅުކަމުން ލިބުނު ނިޢްމަތެއްކަމަށް ޤަބޫލުކޮށް އެބަ އެކަން އިޢުލާނުވެސް ކުރެއެވެ. 

މިފަދަ ކަންކަމަކީ އެކަމުގެ ސަބަބުން ބޮޑެތި މުޞީބާތްތައް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތް ކަންކަމެވެ. "--- ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ސަބަބުން ބަނޑުހައިހޫނުކަމާއި، ބިރުވެރިކަމުގެ ފޭރާންލައްވައި، އެކަމުގެ ރަހަ އެއުރެންނަށް ﷲ ދެއްކެވިއެވެ" ޤުރްއާނުގައި މިފަދައިން ވަޙީކުރައްވަވާފައި އޮތުމުން އެކަމުގައި ހުރި ބިރުވެރިކަން އެނގިގެންދެއެވެ. 

ﷲ ތަޢާލާ މިންވަރުކުރައްވަވާ ނިޢްމަތްތަކަށް ކާފިރުވުމަކީ ކިހައި ވަރެއްގެ ނުބައިކަން ނުވެސް ވިސްނިތިބެ މިކުރެވޭ ޢަމަލުތަކާއި ބުނެވޭ ބަސްތަކަށް ބިރުވެތިވަމާތޯއެވެ.! 

"ކޮރޯނާ އާ އެނޫންވެސް މުޞީބާތްތަކުން ﷲ ލުއިކަން މިންވަރު ކުރެއްވެވުމުން އެއީ ތިމާ ނުވަތަ ބޭހުގެ މޮޅުކަން ކަމަށް ދުށުމަކީ ނިޢްމަތަށް ކާފިރުވުމެވެ. އެއްވެސް ބަލިމަޑުކަމެއް ހުއްޓުވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ! ބޭހެއްވެސް ނުހުންނާނެއެވެ! ﷲ ތަޢާލާ ޝިފާ ދެއްވެވުމުން މެނުވީއެވެ.": ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު 

ޝައިޚުގެ މިބަސްފުޅުގެ ދަލީލަކީ އެއްބަޔަކަށް އެއް ބޭހެއް ދެމުން ގެންދާއިރު އެއްބައަކަށް ޝިފާ ލިބި ގަދަވާކަމެވެ. އަނެއް ބައަކު މަރުވާކަމެވެ. މިކަން އެންމެ ބޮޑަށް ފެނިގެން ދިއަ އެއް ކަމަކީ ވެސް ކޮރޯނާ އެވެ.  ނުއެނގި ތިބެ ކާފިރުވުމުގެ ތެރެއަށް ނުވެއްޓޭށެވެ! ﷲ ތަޢާލާއަށް ޚާޞަވެގެންވާ ބާރެއް ތިމާއަށް ލިބިފައިވާކަން ދޭހަވާނެ ބަހެއް ދުލުން ނުބުނާށެވެ! އެފަދަ ބަސްބުނާ މީހުންނަށް ބިރުވެތިވާށެވެ!  

އިތުރަށް ޔަޤީންކޮށްލައްވަން ތިރީގައި މިވާ ލިޔުން ވިދާޅުވާށެވެ!

ކުޑަ ކުފުރަކީ ކުފުރުގެ ނަމުން ނަން ދެއްވާފައިވާ ފާފަތަކުގެ ތެރެއިން މިއްލަތުން ބޭރުނުވާ ކުފުރެވެ. އެއީ މިޘާލަކަށް ނިޢުމަތްތަކަށް ކާފިރުވުމެވެ. އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ.

﴿وَضَرَبَ اللَّـهُ مَثَلًا قَرْيَةً كَانَتْ آمِنَةً مُّطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِّن كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللَّـهِ فَأَذَاقَهَا اللَّـهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ﴾ [سورة النحل ١١٢] 

މާނައީ: "އަމާންވެ، ހިތްހަމަޖެހިގެންވާ ރަށެއްގެ މިޘާލުން، ﷲ މިޘާލެއް ޖެއްސެވިއެވެ. ކޮންމެ ދިމާޔަކުން ތަނަވަސްވެގެންވާ ގޮތުގައި، އެ ރަށަށް ރިޒުގު އާދެއެވެ. ދެން ﷲ ގެ ނިޢުތްތަކަށް އެ ރަށުގެ މީހުން ކާފިރުވިއެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ސަބަބުން ބަނޑުހައިހޫނުކަމާއި، ބިރުވެރިކަމުގެ ފޭރާންލައްވައި، އެކަމުގެ ރަހަ އެއުރެންނަށް ﷲ ދެއްކެވިއެވެ"

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿إِنَّ الْإِنسَانَ لَظَلُومٌ كَفَّارٌ﴾  [سورة إبراهيم ٣٤]

މާނައީ: ހަމަކަށަވަރުން އިންސާނާއަކީ އަނިޔާވެރިވުން ބޮޑު، (ނިޢުމަތްތަކަށް) ކުފުރުވުން ގިނަ މީހެކެވެ"

ފިލާވަޅުގެ އިރުޝާދުތައް 

* ކުޑަ ކުފުރަކީ ކީރިތި ޤުރުއާނާއި ސުންނަތުގައި އެއީ ކުފުރެއްކަމަށް ނަން ދެއްވާފައިވާ ފާފަތަކުގެ ތެރެއިން، ބޮޑު ކުފުރަށް ނުވާ ކަންތައްތަކެވެ. އޭގެ މިޘާލަކީ ﷲ ނޫން ފަރާތެއް ގަންދީ ހުވާކުރުމާއި ނިޢުމަތްތަކަށް ކާފިރުވުމެވެ.

* ނިޢުމަތްތަކަށް ކާފިރުވުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އަދި އޭގެން ދަލީލު ކުރަނީ އެކަން ކުރާ މީހާގެ އީމާންކަމުގެ ބަލިކަށިކަމަށެވެ. އެހެނަސް އެފަދަ މީހަކު އެކަމުގެ ސަބަބުން އިސްލާމްދީނުން ބޭރު ނުވާނެއެވެ.

ލިޔުމުގެ މަސްދަރު: ދިސަލަފިއްޔާ

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
50%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް