އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަޅުކަން ގަދަ ކަޅުއަނދިރިކަމުގެތެރޭގަ ކަނޑީގެ މިޔަހާ ހަނި ޞިރާޠުމަގު ހުރަސްކުރާނެ އަލިކަން ހޯދަމާ!

ކަޅުކަން ގަދަ ކަޅުއަނދިރިކަމުގެތެރޭގަ ކަނޑީގެ މިޔަހާ ހަނި ޞިރާޠުމަގު ހުރަސްކުރާނެ އަލިކަން ހޯދަމާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

ޤިޔާމަތް ދުވަހަކީ ކަޅުކަން ގަދަވެގެންވާ ދުވަހެކެވެ. އަނދިރިކަން ގަދަވަރުން އެދުވަހަކީ ކަޅުއަނދިރިގަނޑެކެވެ. އެފަދަ ދުވަހެއްގައި އަލިކަމެއް ލިބުން މިވަނީ ހަމައެކަނި އެންމެކަމަކުންނެވެ. އެންމެ ގޮތަކުންނެވެ. އެގޮތަކީ އެމީހަކަށް އަލިކަން ﷲ ތަޢާލާ ދެއްވެވުމެވެ. 

އެދުވަހުގެ އެންމެ ބޮޑު އިމްތިޙާނަކީ އިސްތަށްޓެއްހައި ހިމަ، ކަނޑިއެއްގެ މިޔަ އެއްފަދަ ޞިރާޠުމަގު ހުރަސްކުރަންޖެހޭ ޖެހުމެވެ. އެފަދަ ވަގުތުގައި ﷲ ތަޢާލާ އަލިކަން ނުދެއްވެވި އަޅަކަށް ޞިރާޠު މަގު ހުރަސް ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ 

މިއަލިކަން އަހަރެމެންނަށް ﷲ ތަޢާލާ ދެއްވަވާނީ ދުނިޔޭގައި ތިބެ އަހަރެމެންގެ ހިތްތައް އަލިކުރި މިންވަރަކުންނެވެ. ދުނިޔޭގައި ތިބެ ހިތްތައް އަލިކުރާކުރުން އަހަރެމެންގެ ލޮލަކަށް ނުފެންނާނެއެވެ. އެއަލިކަން އަހަރެމެންނަށް ފެނިގެންދާނީ ޤިޔާމަތް ދުވަހުއެވެ. 

އަހަރެމެންގެ ހިތްތައް އަލިކުރަން ދުނިޔޭގައި ތިބެ މަސައްކަތްކުރުމުން ޞިރާތު މަގު ހުރަސްކުރާނެ އަލިކަން ދެއްވަވާނެކަން ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ.

"މުއްމިން ފިރިހެނުންނާއި، މުއްމިން އަންހެނުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޭ ދުވަހު، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ކަނާތްފަރާތުން، އެއުރެންގެ ނޫރު ހިނގަހިނގައި ހުންނާނެތެވެ. (އަދި އެއުރެންނަށް އަންގވާނެތެވެ.) މިއަދު ތިއަބައިމީހުންނަށް އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ. (އެއީ) އެތަންތަނުގެދަށުން ފެންކޯރުތައް ހިނގަ ހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތަނުގައި އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ ހަމަ އެއީއެވެ." (ސޫރަތުލްޙަދީދް: 12)

ﷲ ތަޢާލާ އަށް ކިޔަމަންތެރިކަން އަދާކުރުމުން ހަމައެކަނި ނޫރު ދެއްވަވަނީއެއް ނޫނެވެ. ސުވަރުގެވެސް ވައްދަވައިދެއްވަވަނީއެވެ. 

އަހަރެމެންނަށް އޮތީ ﷲ ތަޢާލާއަށް އީމާންވެ ހެޔޮ އަމަލުތައް ކުރުމެވެ. ނަހީ ކުރެއްވެވި އެންމެހައި ކަންކަމާއި ދުރުހެލިވެ ހުރުމެވެ. އެގޮތުގައި ސާބިތުވެ ހުރި މީހާއަށް ﷲ ތަޢާލާ ވަޢުދުވެވޮޑިގެންފައިވާ ނިޢްމަތްތައް ލިބުމުން ދެން އިތުރަށް ބޭނުންވާނެ އެއްވެސް ކަމެއް ނެތެވެ. ހަމަ އެއާއިއެކު އެނގިގެންދަނީ ސުވަރުގެއަކީ އާދައިގެ ތަނެއް ނޫންކަމާއި އަހަރެމެންނަށް ބޭނުންވާ ހުރިހާ ކަމެއް ނުވަތަ ނިޢްމަތްތަކެއް ސުވަރުގެ އިން ލިބެން އެބަހުރި ކަމެވެ. ނިކަން ބުނެބަލާށެވެ! މިއާޔަތުގައި ބަޔާންވެގެންވާ ނިޢްމަތްތައް ލިބުމުން އެމީހަކު އިތުރަށް ބޭނުންވާނެ އެއްވެސް ކަމެއް އޮންނާނެ ހެއްޔެވެ؟ 

"އަދި އީމާންވެ، ޞާލިޙް އަމަލުތައް ކުޅަ މީހުންނަށްޓަކައި ، ހަމަކަށަވަރުން ސުވަރުގެތަކެއް ހުރި ކަމުގެ އުފާވެރި ޚަބަރު ކަލޭގެފާނު އެއުރެންނަށް ދެއްވަވާށެވެ! އެ ސުވަރުގެތަކުގެ ދަށުން ފެންކޯރުތައް ހިނގަ ހިނގާ ހުރެތެވެ. އެ ސުވަރުގެތަކުން ރޯއްޖެއްގެ ގޮތުގައި މޭވާގެ ކޮންމެވެސް ބާވަތެއް، އެއުރެންނަށް ލިބޭ ކޮންމެ ފަހަރަކު، އެއުރެން ބުނެތެވެ. މިއީ ކުރިންވެސް އަހަރުމެންނަށް ލިބުނު މޭވާއެވެ! އެފަދަ މޭވާ ދެއްވަވާހުށީ (ބޭރުފުށުން) އެއްވައްތަރުވާ ޙާލުގައެވެ. އަދި އެ ސުވަރުގެތަކުގައި އެއުރެންނަށްޓަކައި ޠާހިރުވެގެންވާ އަނބިންތަކެއް ވެއެވެ. އަދި އެއުރެން، އެ ސުވަރުގެތަކުގައި އަބަދަށް ދެމިތިބޭ ހުއްޓެވެ." ސޫރަތުލްބަޤަރާ: 25

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް