އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުޕޭ މެދުވެރިކޮށް ކުރާކޮންމެ ވިޔަފާރިއަކަށް އިތުރު ފައިސާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި!

ދިރާގުޕޭ މެދުވެރިކޮށް ކުރާކޮންމެ ވިޔަފާރިއަކަށް އިތުރު ފައިސާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

ދިރާގުޕޭ މެދުވެރިކޮށް 4 އޮކްޓޯބަރ 2020 އިން ފެށިގެން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޭޝް ބެކް ނުވަތަ އިތުރު ފައިސާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނަށް ދިރާގު ޕޭ ބޭނުން ކޮށްގެން ބިލް ދައްކާ، ރީލޯޑް ކޮށް ނުވަތަ ވިޔަފާރި ކުރުމުން ވަގުތުން ބިލުގެ %5 އަނބުރާ ދިރާގުޕޭ ވޮލަޓަށް ޖަމާވެގެން ދާނެއެވެ. އެގޮތުން، ގިނަ ވެގެން 100 ރުފިޔާ ކޮންމެ ހަފްތާއެކު ކަސްޓަމަރުންގެ ދިރާގު ޕޭ ވޮލަށް ޖަމާވާނެއެވެ. މި ފައިސާ ޖަމާ ވުމުން، އެކަން އެންގުމުގެ ގޮތުން ކަސްޓަމަރުންނަށް އެސް. އެމް. އެސް އެއް ދިރާގުން ފޮނުވާނެއެވެ. އަދި ކަސްޓަމަރުންނަށް ދިރާގު ޕޭ އެޕުން "ޓްރާންސެކްޝަން ހިސްޓަރީ" ފަސޭހަކަމާއެކު ބަލާލައި، ކޭޝްބެކް ގެ ގޮތުގައި ލިބުނު އަދަދު ރަނގަޅު ތޯ ބަލާލެވޭނެއެވެ.

ސާފުތާހިރު ކަމަށާއި ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވާން ޖެހިފައިވާ މި ދުވަސްވަރުގައި، ޑިޖިޓަލް ވޮލެޓާއި އޮންލައިން ކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމަށް ދަނީ ބާރު އަޅަމުންނެވެ. ދިރާގު ޕޭ އަކީ މި ކަމަށް ފަސޭހަ އަދި ރައްކާތެރި ޚިދުމަތެކެވެ.

ދިރާގުޕޭގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 300 އަށް ވުރެ ގިނަވިޔަފާރިތަކުން ބޭނުންކުރެއެވެ. އޭގެތެރޭގައި ޑިލިވަރީގެ ޚިދުމަތްދޭ މަޝްހޫރު ކެފޭ ރެސްޓުރަންޓްސް، ޖެނެރަލްޓްރޭޑިންގ، ސެލޫންސް އަދި ހޮސްޕިޓަލް ތަކާއި މިނޫންވެސް އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނެއެވެ. ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ނެޓްވޯކެއްގެ، ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފަރ ވެސް ކުރެވޭނެއެވެ. ދިރާގު ޕޭ އަށް ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފަރސް ބޭނުންކުރެވޭނެއެވެ.

ދިރާގުން ބުނެފައިވަނީ އަބަދުވެސް ބަލަނީ އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިންނާއި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު