އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަންގާޅުން ދިވެހިންނަށް ކާންދޭން ފޮނުވި މުގުތައް ހަލާކުވަނީ ބަންގާޅު މީހުންވެސް ނުކައިގެން!

ބަންގާޅުން ދިވެހިންނަށް ކާންދޭން ފޮނުވި މުގުތައް ހަލާކުވަނީ ބަންގާޅު މީހުންވެސް ނުކައިގެން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

ދިވެހިރައްޔިތުންނަށް ބަހަން ފޮނުވަފައި ހުރި މުގު ބަސްތާތަކެއް ނުބަހައި ހުރެ ހަލާކުވަމުންދާކަމަށް ބުނެ އިއްޔެ ސޯޝަލް މީޑިޢާގައި ހާމަކުރި ފޮޓޯގައި ބަންގާޅު ސަރުކަރުން ދިވެހިންނަށް ބަހަން ފޮނުވި މުގުތައް ކަމަށް މިއަދުނޫހަށް މައުލޫމާތު ލިބިއްޖެއެވެ. 

"އެމުގުތައް އެއްވެސް ކަރަންޓީނު ސެންޓަރަކުންވެސް ބޭނުމެއް ނުކުރި. ދިވެހިން ކައިއުޅޭ އެއްޗަކަށް ނުވާތީ. ދެން ރެޑް ކްރޮސް މެދުވެރިކޮށް ބަންގާޅު މީހުންނަށް ކައްކާ ތަންތަނަށް ބަހަންވެސް މަސައްކަތްކުރެވުނު. ސޯޝަލް ސެންޓަރުގަ ބަހައްޓައިގެން ވެސް ބަހަން މަސައްކަތްކުރެވިއްޖެ." ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 

މުގުތައް ހަލާކުވަމުންދާތީ ބަންގާޅު މީހުންނަށް ވަކިވަކިން ފޯރުކޮށްދެވޭނެ ގޮތެއްވޭތޯ އާއި ރާއްޖެތެރޭގައި ތިބި ބަންގާޅު މީހުންނަށް ފޮނުވައިގެންވެސް ބަހައިލެވޭތޯ މިހާރު ދަނީ މަސައްކަތްކުރަމުން ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. 

ބަންގާޅު ސަރުކާރުން މިހައި ދީލަތި ގޮތެއްގައި ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް