އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދަކު އަޅުން ނެތެވެ! ތިބީ މުވައްޒިފުންނެވެ! ﷲ އެންގެވިފަދައިން ހެޔޮކޮށްހިތާށެވެ!

މިއަދަކު އަޅުން ނެތެވެ! ތިބީ މުވައްޒިފުންނެވެ! ﷲ އެންގެވިފަދައިން ހެޔޮކޮށްހިތާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

"ތިއަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އަޅުކަންކުރުމުގައި އެއްވެސް އެއްޗެއް ބައިވެރި ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށް އިޙްސާންތެރިކޮށް ހިތާށެވެ. އަދި ގާތްތިމާގެ މީހުންނަށާއި، ޔަތީމުނަށާއި، މިސްކީނުންނަށާއި، ގާތްތިމާގެ އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާއަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ." (އައްނިސާ: 36) 

މިއާޔަތުގަ ވަނީ އަޅުންގެ ވާހަކައެވެ. ނަމަވެސް މިއަދަކު އަޅުންނެއް ނެތެވެ. ތިބީ އަޅުންފަދައި ޚިދުމަތްކުޜާ މުވައްޒިފުންނެވެ. ކުރަނީ އެއް މަސައްކަތެކެވެ. ސާޙިބުމީހާއަށް ފައިދާ އިތުރުކޮށްދޭން މަސައްކަތްކުރުމެވެ. 

ﷲ އަށް އަޅުކަންކުރުމަށާއި ޝަރީކު ނުކުރަން އަންގަވާފައި ފަހަތުން އެވަނީ ހެޔޮކޮށްހިތަންވީ މީހުންގެ ވާހަކައެވެ. އެއީ:

ގާތްތިމާގެ މީހުންނާއި،

ޔަތީމުންނާއި،

މިސްކީނުންނާއި،

ގާތްތިމާގެ އަވަށްޓެރިޔާ އާއި ދުރު އަވަށްޓެރިޔާއާއި 

ކައިރި އެކުވެރިޔާޢާއި ދަތުރުވެރިޔާއާއި،

މިލްކުވެގެންވާ އަޅުންނެވެ. 

އެއްވެސް މީހެއްގެ ހިތަކީ ފުރޭނެ އެއްޗެއް ނޫނެވެ! ލިބޭވަރަކަށް ދަހިވެތިކަން އިތުރުވާނެއެވެ. ހަމައެހެންމެ ތިޖޫރީއެއްވެސް ނުފުރޭނެއެވެ. ކިތަންމެ ބޮޑު ތިޖޫރީއެއް ފުރުނު ނަމަވެސް ހަމަ ފުރޭއިރަށް އައިތުރު ތިޖޫރީތައް ގަނެ އިތުރުކުރާނެއެވެ. 

ވީމާ ހިތްފުރި، ތިޖުރީ ފުރެންދެން ހެޔޮކޮށް ހިތަން މަޑުނުކުރާށެވެ! ތިޖޫރީ ހުސްވި ނަމަވެސް ހެޔޮކޮށް ހިތާށެވެ! އުނިވާބައި ﷲ ތަޢާލާ ފުރުއްވަވައިދެއްވަވާނެތެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް