އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ދުވަހަކުވެސް ތިބާގެ ހެޔޮޢަމަލެއް އުޑުގެ ދޮރުކޮޅުތައް ހުޅުވައިލެއްވޭ ވަގުތު އުފުއްލެވިގެން ދިއުމުގެ މަގު ވަރަށް ފަސޭހައިން ހޯދިދާނެ!

ކޮންމެ ދުވަހަކުވެސް ތިބާގެ ހެޔޮޢަމަލެއް އުޑުގެ ދޮރުކޮޅުތައް ހުޅުވައިލެއްވޭ ވަގުތު އުފުއްލެވިގެން ދިއުމުގެ މަގު ވަރަށް ފަސޭހައިން ހޯދިދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

"މެންދުރު ނަމާދުގެ ވަގުތު ނަބިއްޔާ (ޞޢވ) މެންދުރު ނަމާދުގެ އިހު ސުންނަތުގެ 4 ރަކްޢަތް ކުރައްވަވައެވެ. އަދި ޙަދީޘްފުޅު ކުރެއްވެވިއެވެ.

ހަމަކަށަވަރުން މިވަގުތަކީ އުޑުގެ ދޮރުކޮޅުތައް ހުޅުއްވައިލެއްވޭ ވަގުތު ކޮޅެކެވެ. އެހެންކަމުން މިވަގުތުކޮޅުގައި ތިމަންކަލޭގެފާނުގެ ކިބައިން ޞާލިޙް އަމަލެއް އުފުއްލެވިގެން ދިއުމަށް ތިމަން ކަލޭގެފާނެ ލޯބި ކުރައްވަމެވެ."

(މަޢްލޫމާތު: އަލްތިރްމިޒީ 478) 

އުޑުގެ ދޮރުކޮޅުތައް ހުޅުއްވިގެންދާ ވަގުތެއްގައި ތިބާގެ ހެޔޮ އަމަލެއް އުފުއްލެވިގެން ގޮސް އެ ދޮރުކޮޅުތަކުން ވަދެގެން ދިއުމަށް ނުއެދޭނެ އެންމެ މުސްލިމަކުވެސް ނުހުންނާނެއެވެ. ކޮންމެ މުސްލިމަކަށްވެސް އެ ފުރުޞަތު ވަނީ ހުޅުވިގެންނެވެ. އެ ފުރުޞަތަށް އެދޭނަމަ މެންދުރު ނަމާދަށް ގޮވުމުގެ ކުރިން މިސްކިތަށް ގޮސް ހުރެ އެކަމަށް މަސައްކަތް ކުރުމުން އެ ފުރުޞަތު ޙާޞިލުވާނެއެވެ! އިން ޝާ ﷲ

މެންދުރު ނަމާދުގެ އިހު ސުންނަތުގެ 4 ރަކްޢަތް ކުރެވޭނީ ބަންގިދީ ނިމޭއިރު ވުޟޫކޮށްގެން އަރައި މިސްކިތުގައި ހުރި މީހަކަށެވެ!  

ޙަދީޘް މާނަކުރެއްވީ: ޝައިޚް އަހްމަދު ރިމާޒް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް