އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮތީ ޤުރްއާން ކިޔަވައި ޢަމަލުކޮށް ފައިދާ ލިބިގަތުމެވެ! ކިޔަވައި އެހެން މީހުންނަށް ހަދިޔާކުރުމެއް ނެތެވެ!: ޝައިޚް ޢަބްދުލްޢަޒީޒް ބުން ބާޒް

އޮތީ ޤުރްއާން ކިޔަވައި ޢަމަލުކޮށް ފައިދާ ލިބިގަތުމެވެ! ކިޔަވައި އެހެން މީހުންނަށް ހަދިޔާކުރުމެއް ނެތެވެ!: ޝައިޚް ޢަބްދުލްޢަޒީޒް ބުން ބާޒް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 54 ސިކުންތު

އަޅުގަނޑުގެ މައިންބަފައިންނަކީ ލިޔަންކިޔަން ނުދަންނަ ބަޔެކެވެ. އެދެމީހުންގެ ފަރާތުން، އަޅުގަނޑު ޤުރުއާން ޚަތިމުކުރުމަށް ހުއްދަވާނެ ހެއްޔެވެ؟

އަދި ލިޔަންކިޔަން ދަންނަ މީހެއްގެ ފަރާތުން އަޅުގަނޑަށް ޚަތިމުކުރުން ހުއްދަވާނެ ހެއްޔެވެ؟ އަޅުގަނޑު ބޭނުންވަނީ އޭނާ ލިޔަންކިޔަން ދަތަސް އެކަން އޭނާއަށް ހަދިޔާ ކުރާށެވެ.

އަދި އެކަކަށްވުރެ ގިނަމީހުންގެ ފަރާތުން ޤުރުއާން ޚަތިމުކުރުމަށް އަޅުގަނޑަށް ހުއްދަވާނެ ހެއްޔެވެ؟

ޖަވާބު:

ކީރިތި ޤުރުއާން ތިލާވަތުކުރުން [ނުވަތަ އެކަމުގެ ޘަވާބު]، މައިންބަފައިންނަށް ނުވަތަ އެހެން މީހަކަށްވެސް އެ ހަދިޔާކުރުމަކީ ޝަރުޢުކުރެވިފައިވާ ކަމެއްކަމަށް އެނގޭ ދަލީލެއް އައިސްފައި ނުވެއެވެ. އެއީ ކީރިތި ޤުރުއާނުގައާއި، ރަސޫލާ صلى الله عليه وسلم ގެ އަރިހުން އައިސްފައިވާ ސުންނަތުގައާއި އަދި އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުން رضي الله عنهم ގެ އަރިހުންވެސް މެއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ﴾[سورة ص ٢٩]

މާނައީ: “(މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. (އެއީ) އެބައިމީހުން އެ ފޮތުގެ އާޔަތް ތަކުގެ މާނަތަކާމެދު ވިސްނާ ފިކުރުކުރުމަށެވެ. އަދި ބުއްދީގެ އަހުލުވެރިން (އެ) ހަނދުމަ ކުރުމަށެވެ.”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿إِنَّ هَـٰذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ…﴾ [سورة الإسراء ٩]

މާނައީ: ” ހަމަކަށަވަރުން، މި ޤުރުއާން، އެންމެ ސީދާ މަގަށް މަގުދައްކައެވެ."

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿…قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ…﴾ [سورة فصلت ٤٤]

މާނައީ:” …ކަލޭގެފާނު ވިދާޅުވާށެވެ. އެ ފޮތަކީ، އީމާންވި މީހުންނަށްވާ ތެދުމަގެކެވެ…"

އަދި އަޅުގަނޑުމެންގެ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((اقْرَءُوا الْقُرْآنَ، فَإِنَّهُ يَأْتِي شَفِيعًا لأَصْحَابِهِ))

މާނައީ: “ޤުރުއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން ޤުރުއާނުގެ އަހުލުވެރިންނަށް ޝަފާޢަތްތެރިވާޙާލު އެ(ޤުރުއާން) އަންނާނެއެވެ."

އަދިވެސް އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

 (إنَّهُ يُؤْتَى بِالْقُرْآنِ يَوْمَ الْقِيَامَةِ وَأَهْلِهِ الَّذِينَ كَانُوا يَعْمَلُونَ بِهِ تَقَدَّمُهُ سُورَةُ الْبَقَرَةِ وَآلِ عِمْرَانَ كَأَنَّهُمَا غَمَامَتَانِ أَوْ غَيَايَتَانِ أَوْ فِرْقَانِ مِنْ طَيْرٍ صَوَافّ تُحَاجَّانِ عَنْ صَاحِبِهِمَا).

މާނައީ: "ހަމަކަށަވަރުން ޤުރްއާނާއި، އެއަށް ޢަމަލުކުރި މީހުން ޤިޔާމަތްދުވަހުން ގެނެވޭނެއެވެ. އެބައިމީހުންގެ ކުރީގައި [ނުވަތަ އޭގެ އެންމެ ކުރީގައި] ވާނީ ބަޤަރާ ސޫރަތާއި ޢާލު ޢިމްރާން ސޫރަތެވެ. އެދެސޫރަތަކީ ދެ غمامة ނުވަތަ ދެ غياية ގެ ގޮތުގައެވެ. ނުވަތަ ފިޔަތައް ހުޅުވާލައިގެންވާ ދެ ދޫނީ ބައިގަނޑު ހެންނެވެ. އެ ދެސޫރަތް އޭގެ އަހުލުވެރިންގެ ފަރާތުން ޙުއްޖަތް ބަޔާންކުރާނެއެވެ."

[ޢަރަބި ބަހުގައި غمامة ނުވަތަ غياية ކިޔަނީ ހިޔާވެހިކަންދޭ ކޮންމެ އެއްޗަކަށެވެ.]

غيايتان ގެ މާނައަކީ: ދެވިލާގަނޑެވެ.

މަޤްޞަދަކީ ހަމަކަށަވަރުން އެ ޤުރުއާން ބާވާލެއްވުނީ ޢަމަލުކުރުމަށެވެ. އަދި އެއާމެދު ވިސްނާ ފިކުރު ކުރުމަށެވެ. އަދި އެތިލާވަތުކުރުމުގެ ޒަރިއްޔާއިން އަޅުކަން ކުރުމަށެވެ. އަދި އެ ކިޔެވުން ގިނަކުރުމަށެވެ. މަރުވެފައިވާ މީހުންނާއި އަދި އެނޫން މީހުންނަށް ހަދިޔާކުރުމަކަށް ނޫނެވެ. މައިން ބަފައިންނަށް ނުވަތަ އެހެންމީހަކަށް ވިޔަސް ޤުރުއާން ހަދިޔާ ކުރެވިދާނެކަމަށް ބުރަވެވޭ ދަލީލެއް އޮތްކަން އަޅުގަނޑަށް އެނގިފައިނުވެއެވެ.

އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ.

(مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ)

"ތިމަން ކަލޭގެފާނު ގެނެސްދެއްވާފައިވާ ގޮތް ނޫން އެހެން ގޮތަކަށް ޢަމަލުކޮށްފި މީހެއްގެ ޢަމަލުވަނީ އޭނާއަށް ރައްދުކުރެވިގެންނެވެ."

ތިލާވަތުކުރުމަށްފަހު އެ ހަދިޔާކުރެވޭނަމަ ސަލަފުއްޞާލިޙުން [އެބަހީ: އިސްވެގޮސްފައިވާ ޞާލިޙު ބޭކަލުން] އެކަން ކުރެއްވީހެވެ. އަޅުކަންތަކުގައި ޤިޔާސްކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެހެނީ އެއީ ތައުޤީފީ[އެބަހީ: ދަލީލެއްނެތި ނުކުރެވޭނެ] ކަންތައްތަކެކެވެ. އެއީ ﷲގެ ކަލާމްފުޅުން ނައްޞެއް ނުވަތަ ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން ނައްޞެއް އޮވެގެން ނޫނީ އެކަން ނުކުރެވޭނެއެވެ. އެއީ އިސްވެ ބަޔާންކުރެވިފައިވާ ޙަދީޘްއާއި އެމާނައިގައިވާ ޙަދީޘްތަކުގެ ސަބަބުންނެވެ.

ސަމާޙަތުއް ޝައިޚް ޢަބްދުލްޢަޒީޒް ބުން ބާޒް رحمه الله

” مجموع فتاوى الشيخ ابن باز ” ( 8 / 360 ، 361 )

މަސްދަރު: ދިސަލަފިއްޔާ

އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
33%
ރަނގަޅު
16%
އޯކޭ
16%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް