އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޓީސީސީ އިން މައިކްރޯސޮފްޓް ޑީ365 ލައިވްކޮށްފި

އެމްޓީސީސީ އިން މައިކްރޯސޮފްޓް ޑީ365 ލައިވްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

އެމްޓީސީސީން ބޭނުންކުރަމުން އައި "މައިކްރޮސޮފްޓް ސޮލޮމަން" އެންޓަރޕްރައިސް ރިސޯސް ޕްލޭނިނގް ސޮފްޓްވެއަރ "މައިކްރޮސޮފްޓް ޑީ365 "އަށް އަޕްގްރޭޑްކޮށް މިއަދު ލައިވްކޮށްފިއެވެ.

މިއަދު ހެނދުނު 30:8 ގައި އެކުންފުނީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ސޮފްޓްވެއަރ ބޭނުންކުރަންފެށުން ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ ސީ.އީ.އޯ. އަލްފާޞިލް އާދަމް އާޒިމްއެވެ.

އެމްޓީސީސީ އިން ބުނެފައިވަނީ އަލަށް އިފްތިތާޙްކުރެވުނު މި އެންޓަރޕްރައިސަސް ރިސޯސް ޕްލޭނިންގ ސިސްޓަމް (އީ.އާރ.ޕީ) ގެ ސަބަބުން ކުންފުނީގެ މަސައްކަތްތަކާއި ހިންގުން ހަރުދަނާވެ ކޮންޓްރޯލްސްތައް އެފިޝަންޓްވެ މައުލޫމާތު އެއްކުރުމާއި ހޯދުމުގައާއި މާލީ ރިޕޯޓިންގގައި ގިނަ ފަސޭހަތަކެއް ކުންފުންޏަށް ލިބިގެންދާނެ ކަމަށެވެ.

މިއަދު މި އިފްތިތާޚްކުރެވުނު އީއާރުޕީ ސިސްޓަމަކީ އެއްއަހަރު ދުވަހުގެ ޕްލޭނިންގއާއިއެކު ކުންފުނީގެ މުވައްޒަފުން އަދި މި ޕްރޮޖެކްޓުގެ ބައިވެރިންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

"މައިކްރޮސޮފްޓް ޑީ365 "ސޮފްޓްވެއަރ އަކީ މައިކްރޮސޮފްޓް ކުންފުނިން ކުންފުނިތަކުގެ ރިސޯސް މެނޭޖްކުރުމަށް ފަރުމާ ކޮށްފައިވާ އެންމެ ފަހުގެ ސޮފްޓްވެއާއެކެވެ. އަދި މިސޮފްޓްވެއާއަކީ މައިކްރޮސޮފްޓް "އޮފީސް 365 "އާއި އިންޓަރގްރޭޓް ވާގޮތަށް ފަރުމާކުރެވިފައިވާ ސޮފްޓްވެއާއެއްކަމުން މަސައްކަތުގައި ކުންފުންޏަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެމްޓީސީސީ އިން ވަނީ ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު