އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕޮލިސް ޑައިވިންގ ޔުނިޓްގެ ފަރާތުން ޔުސަރޓް މީޑިއަމް ސްކޭލް އެކްސަސައިޒެއް ކުރިޔަށް ގެންގޮސްފި

ޕޮލިސް ޑައިވިންގ ޔުނިޓްގެ ފަރާތުން ޔުސަރޓް މީޑިއަމް ސްކޭލް އެކްސަސައިޒެއް ކުރިޔަށް ގެންގޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

މެރިން ޕޮލިސް ޑިޕާޓްމަންޓްގެ ޕޮލިސް ޑައިވިންގ ޔުނިޓްގެ އަންޑަރވޯޓަރ ސަރޗް އެވިޑެންސް ގެ ފަރާތުން ޔުސަރޓް މީޑިއަމް ސްކޭލް ހަރަކާތެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންގޮސްފިއެވެ.

މި ހިނގާ އޮކްޓޯބަރ މަހުގެ 14 އަދި 15 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ތިއަރީ ކްލާސްތަކާއި، ޕްރެކްޓިކަލް ކްލާސްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ފޮރެންސިކް ޑައިވަރުން ރިފްރެޝަރކުރުމާއި، އަންޑަރވޯޓަރ ސަރޗް މެތަޑްތަކާއި، ހޭންޑް ސިގްނަލްތަކުގެ އިތުރުން އަންޑަރވޯޓަރ ޑައިވިންގެ ބައެއް ހުނަރުތައް ފަރިތަކުރުން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ޑައިވަރުން ކޮންމެހެން ކުރަންޖެހޭ ބައެއް ލިޔެކިޔުމުގެ މަސައްކަތްތައް ކުރަންވީ ގޮތްތައް ތަފްސީލީ ގޮތެއްގައި މި ހަރަކާތުގެ ތެރެއިން ޑައިވަރުންނަށް އުނގަންނައި ދީފައިވެއެވެ. މީގެއިތުރުން މި ހަރަކާތުގެ ތެރެއިން ފުލުހުންނަށް ހުށަހެޅުނު ބައެއް މައްސަލަަތަކުގައި ކަނޑުއަޑި ބަލައިފާސްކުރުން ކުރިއަށް ގެންގޮސްފައިވެއެވެ.

މި ހަރަކާތުގައި މެރިން ޕޮލިސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ފޮރެންސިކް ޑައިވަރުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގައި ހިންގާ ކަނޑުއަޑީގެ އޮޕަރޭޝަންތަކުގައި މަސައްކަތް ކުރަމުން ގެންދާ ޑައިވަރުން ބައިވެރިވެފައިވެއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މެރިން ޕޮލިސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ފޮރެންސިކް ޑައިވިންގ ސްޕެޝަލިޓީ އިންސްޓްރަކްޓަރ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޔާމިން މުހައްމަދު އަދި ފޮރެންސިކް ސްޕެޝަލިޓީ އިންސްޓްރަކްޓަރ ޕޮލިސް ކޯޕްރަލް މުއާޒް މުހައްމަދެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު