އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދަށް ސަފުހެދުމުގަވެސް ކުށް ދެއްކުމަކީ ވަރަށް ރަނގަޅުކަމެކެވެ! ނަމަވެސް ފުރަތަމަ ތިމާ އިޞްލާހްވެލާށެވެ!

ނަމާދަށް ސަފުހެދުމުގަވެސް ކުށް ދެއްކުމަކީ ވަރަށް ރަނގަޅުކަމެކެވެ! ނަމަވެސް ފުރަތަމަ ތިމާ އިޞްލާހްވެލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ތިމާ ނަމާދަށް ހުރީ 3 ވަނަ ސަފުގައެވެ. ކުރިމަތީގައި އޮތް ދެވަނަ ސަފުގައި މީހުން ތިބިއިރު ދެ މީހުން ދޭތެރޭގައި ހުސް ތަންތަންކޮޅު ހުއްޓައި ފެނުމުން ކަންބޮޑުވީއެވެ. 

އެފަދަ ހާލަތުގައި ގާތްވެލައި ތަނބިކަށިތައް ގުޅައިލުމަށް ބުނެލުމަކީ ހަމަ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އެހެނީ އެކަން ނުކުރާނަމަ އެ ހަދައިދެވެނީ ޝައިޠާނާ ވަންނާނެ ޖާގަ ކަމަށްވާތީއެވެ. އަދި އެފަދައިން ހުސް ޖާގަ ދޫނުކުރަން ރަސޫލް (ޞޢވ) ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވަވައިފައެވެ. 

ނަމަވެސް ބައަކު ގާތު އެހެން ބުނުމުގެ ކުރިން ފުރަތަމަ ތިމާގެ ފައި ބެހެއްޓިފައި ހުރީ ކިހިނަކުން ކަމާއިމެދު ވިސްނައިލާށެވެ! ހަމަ ބަހައްޓަން ޖެހޭ ގޮތަށްކަން ޔަޤީންކޮށްލާށެވެ. ތިމާގެ ތަނބިކަށި ބެހެއްޓިފައި ހުރީ ރަނގަޅަށްތޯ އާއި ފައިތިލަ ބެހެއްޓިފައިވަނީ ޤިބުލައަށްކަންވެސް އަދި ދެފައިތިލަ ބެހެއްޓިފައިވަނީ ތިމާގެ ދެކޮނޑުގެ ފުޅައުމިނުގައިކަންވެސް ކަށަވަރުކޮށްލާށެވެ! 

ދޭ ނަޞޭޙަތުގެ ފައިދާ ފެންނާނީ އެއިރުންނެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް