އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޮބުވެތި ކަނބަލުންނޭވެ! ކޮންމެ ގޮތަކުން ނަމަވެސް މިފަދަ ޝައިޠޯނުންގެ މަޅީގައި ނުޖެހި ސަލާމަތްކަން ހޯދާށެވެ!

ލޮބުވެތި ކަނބަލުންނޭވެ! ކޮންމެ ގޮތަކުން ނަމަވެސް މިފަދަ ޝައިޠޯނުންގެ މަޅީގައި ނުޖެހި ސަލާމަތްކަން ހޯދާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

މިހާރަކަށް އައިސް އަންހެން ކުދިން މަޅީގައި ޖައްސުވަން ބޭނުންވުމުން ބައެއް ފިރިހެނުން ކުރާ ކަންކަމުގެ ތެރޭގައި އިސްލާމް ދީން އެއްގޮތަކަށްވެސް ހުއްދަނުކުރާ ކަންކަން އެބަކުރެއެވެ. ހަމައެއާއިއެކު މުސްލިމަކު އަނެއް މުސްލިމެއްގެ ގާތު ދައްކައިގެން ނުވާނެ ފަދަ ވާހަކަތައް އެބަދައްކައެވެ. ކަނޑައެޅިގެން އިބިލީސް ދައްކާނެ ވާހަކަތައް އެބަ ދައްކައެވެ. 

"އަހަރެމެން އެކަންކުރާނީ (ޒިނޭކުރާނީ) ވަރަށް ސިއްރުންނެވެ. ސިއްރުންކުރާ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދުމުން ފުއްސަވައިދެއްވަވާނެތެވެ. އެއީ އެއްގޮތަކަށްވެސް ކަންބޮޑުވާންޖެހޭ. ބިރުގަންނަންޖެހޭ ކަމެއް ނޫނެވެ. ސިއްރުން ކުރާ ކަންކަން ﷲ ސިއްރުކުރައްވަވާނެއެވެ!" މިފަދަ ބަސްތައް ވެސް އެބަ ބުނެއެވެ. 

މިފަދަ ވާހަކަތަކަކީ ވަރަށް ބޮޑެތި ނުބައި އެކުލެވިގެންވާ ވާހަކަތަކެވެ. ފުރަތަމަ ކަމަކީ ފާފައެއް ކުރެވުމާއި ﷲ ތަޢާލާ ފާފަފުއްސަވައިދެއްވަވާނެ ކަމަށް މީހަކަށް ވިސްނައިދީގެން ފާފަތައް ކުރުވުމާއި މިއީ މުޅިން ތަފާތު ދެކަމެކެވެ. އުޑާ ބިމާހައި ތަފާތުކަންބޮޑު ދެކަމެކެވެ. 

ދެވަނަ ކަމަކީ ފަހުން ތައުބާވުމަށް ހިތަށް އަރުވައިގެން ފާފަކުރުމަކީ އެމީހާގެ ކިބައިގައި އީމާންކަމެއް، ބިރުވެތިކަމެއް ނެތްކަން އަންގައިދޭ ކަމެކެވެ. ޒިނޭކުރުމުގެ ތެރޭގައި ނުވަތަ ޒިނޭކުރުމަށްފަހު ތައުބާ ނުވެވިގެން އުޅެނިކޮށް މަރުވެއްޖެނަމަ ދެންވާނީ ކިހިނަކުން ހެއްޔެވެ؟ 

ތިންވަނަކަމަކީ ﷲ ތައާލާ މިދުނިޔޭގައި މީސްތަކުންނަށް އެކަން ސިއްރުކުރެއްވެވި ނަމަވެސް އެކަން އެކަލާނގެ ދެކެދެނެވޮޑިގެންވެއެވެ. ކޮނޑުގައި ތިއްބަވާ މަލާއިކަތުން ވާނީ ލިޔުއްވަވައިފައެވެ. މުހިންމީ ދުނިޔޭގައި ބޭޒާރުވެ ފަޟީޙަތް ނުވުމެއް ނޫނެވެ. އާޚިރަތް ދުވަހު ހިސާބު ބެއްލެވުމުގައި ސަލާމަތްކަން ލިބި ނަރަކައިން ސަލާމަތްވެވުމެވެ. 

ޢިލްމުވެރިން ބަޔާންކުރައްވަވާގޮތުގައި ޒިނޭ ނުކުރިނަމަވެސް ޒިނޭކުރަން ހިތަށް އެރުމަކީވެސް، އެކަމަށް ޝައުޤުވެރިވެވުމަކީވެވެސް ތައުބާވާންޖެހޭނެ ފާފައެކެވެ. އަދި ފާފަކުރަން އެހެން މީހަކަށް ދައުވަތުދިނުމަކީ ވެސް ތައުބާވާންޖެހޭނެ ބޮޑުވެގެންވާ ފާފައެކެވެ. އެއީ ޝައިޠޯނާ ކުރާ ކަމެކެވެ. 

ލޮބުވެތިކަނބަލުންނޭވެ! މިކަންކަމަށް ހޭލުންތެރިވާށެވެ! އިންސާނެއްގެ ސިފައިގައި ހުރިނަމަވެސް އެއީ އިންސާނެއް ނަމަވެސް ފާފަކުރަން ދައުވަތުދޭނީ ޝައިޠޯނުންނެވެ. އެފަދަ މީހުން ހިމެނިގެންވަނީ އިންސާނުންގެތެރޭގައި ތިބި ޝައިޠޯނުންގެތެރޭގައެވެ. ވީމާ ފާފަކުރަން ދައުވަތުދޭ އެއްވެސް މީހަކާއި އެއްވެސް ގުޅުމެއް ނުބާއްވާށެވެ! އެފަދަ މީހުންނަށް ބިރުވެތިވާށެވެ! އެއްވެސް ވަރަކަށް ރައްޓެހިކަންވެސް ނުބާއްވާށެވެ! ވާހަކަވެސް ނުދައްކާށެވެ! އޭނާ އެ މަސައްކަތްކުރަނީ ތިބާގެ އަތުގައި ހިފާ ދަމައި ގެންގޮސް ނަރަކައަށް އެއްލައިލާށެވެ! ވީއިރު އެއަށްވުރެ ނުބައިކަންބޮޑު މީހަކީ ކާކުހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް