އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދުގެ ޚުޠުބާއިން އެނގިގެން ދިއައީ ރަސޫލާ ޞޢވ, އާ ޢަދާވާތްތެރި ނަޖިސް މަޖިލީހަކީ ލަޢްނަތް ޙައްޤުވެގެންވާ ތަނެއްކަން!

މިއަދުގެ ޚުޠުބާއިން އެނގިގެން ދިއައީ ރަސޫލާ ޞޢވ, އާ ޢަދާވާތްތެރި ނަޖިސް މަޖިލީހަކީ ލަޢްނަތް ޙައްޤުވެގެންވާ ތަނެއްކަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 41 ސިކުންތު

މިއަދުގެ ޚުޠުބާ ޚާއްޞަކޮށްފައިވަނ ރަސޫލް ﷺ އަށް ލޯބިކުރުމުގެ މައްޗަށެވެ. އިތުރު އެކަލޭގެފާނުގެ މަތިވެރިކަމާއި ޤަދަރު ﷲ ގެ ޙަޟްރަތުގައި އުފުލިގެންވާ މިންވަރުގެ މައްޗަށެވެ. ރަސޫލް ﷺ އަށް ލޯބިކުރަންޖެހޭ ސަބަބުތަކާއި ކިޔަމަންތެރިކަން އަދާކުރަންޖެހޭ މިންވަރުގެ މައްޗަށެވެ.

ޙަމްދު ލިބިގެންވާ އެންމެ މަތިވެރި މަޤާމް ލިބިވަޑައިގަންނަވާނީ ރަސޫލް ﷺ އަށް ކަމެވެ. އަދި އެއީ ޙަޢުލެވެ ކިޔުނު ފެންގަނޑުގެ ވެރި ޞާޙިބާކަމެވެ. މުސްލިމުންނަށް ޔަޤީންވާ ކަމަކީ އާޚިރަތް ދުވަހު ދިންނަވާނޭ މީހުންނަކީ ރަސޫލް ﷺ ގެ އަތްޕުޅުން އެކޯރުން ފެން ލިބޭނެ މީހުންކަމެވެ. 

މިއަދުގެ ޚުޠުބާގައިވަނީ މަޙްޝަރުގެ މައިދާނަށް މީސްތަކުން ފޮނުއްވެވޭ ވަގުތު (ޤިޔާމަތްވުމުގެ ވަގުތު) ބިންގަނޑު ފުރަތަމަ ފެޅިގެންދާނީ ރަސޫލް ﷺ އަށް ކަމަށެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް އެންމެ ފުރތަމަ ހުޅުވިގެންދާނީ ރަސޫލް ﷺ އަށް ކަމަށެވެ. އީމާންކަން ފުރިހަމަވާނީ  ރަސޫލް ﷺ އަށް ފުރިހަމަ ގޮތުގައި އީމާންވެގެން ކަމަށާއި އެމީހާގެ އަމިއްލަ ނަފްސާއި މުދަލާއި އަނބިދަރިންނަށްވުރެ ރަސޫލް ﷺ އަށް ލޯބިކުރުމުން މެނުވީ އީމާންކަން ފުރިހަމަނުވާނެ ކަމަށެވެ. އަދި ރަސޫލް ﷺ އަށް ނަފްރަތުކޮށް ކުޑައިމީސްބަސްބުނެ ފުރައްސާރަކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނެ ކަންކަމަށެވެ.

ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ ނަމުގައި ހިންގާ ނަޖިސް މަޖިލީހުން މިއަދު އެގެންދަނީ ފައުޅުގައި މިކަންކަމަށް ގޮންޖަހަމުންނެވެ. ރަސޫލް ﷺ އަށް ނަފްރަތުކޮށް ކުޑައިމީސްބަސްބުނެ ފުރައްސާރަކުރުމުގައި އަރާހުރި ޝަހިންދާ މެން ފަދަ މީހުންނަކީ ޤަދަރު އުފުލިގެންވާ ބައެއްކަން މީސްތަކުންނަށް ދައްކައި އެފަދަ ނުބައިކަންބޮޑު މީހުންގެ ޙަޤީޤަތް އޮޅުވާލުމަށް މަސައްކަތްކުރަމުންނެވެ!

މިއީ ﷲ އާ ރަސޫލް ﷺ ގެ ޤަދަރުކުޑަކުރަން މަސައްކަތްކުރާ މިނަޖިސް މަޖިލީހުގެ މެންބަރުންނަށް ޙައްޤު ޢަޛާބު މިންވަރުކުރެއްވެވުން އެދި ދުޢާކުރަން އެންމެހައި މުސްލިމުން އަތްއުފުލާލަންވީ ވަގުތެވެ. ދުނިޔޭގައިވެސް އެމީހުންނަށް ލަޢްނަތް ލެއްވެވުން އެދި ދުޢާކުރަންވީ ވަގުތެވެ. 

އެމީހުން އެތިބީ ސަލާމަތީ ބާރުތަކުގެ ހިމާޔަތް ލިބިގެންނެވެ. ނަމަވެސް ސަލާމަތީ ބާރުތަކަކަށްވެސް މީސްތަކުން ދުޢާކުރުމެއް ނުހުއްޓުވޭނެއެވެ. އެކަމަށް ހުރަހެއް ނޭޅޭނެއެވެ. ޙަދީޘްފުޅުގައި އޮތީ އަތުން ނުހުއްޓުވޭނެ މުންކަރާތަކަށް ހިތުން ދެކޮޅު ހެދުމެވެ. ދުލުން ދެކޮޅު ހެދުމެވެ. އެކަން ނުކުރާނަމަ އެމީހާގެ އީމާންކަން ފުރިހަމަ ނުވާނެކަން އެއީ އެނެގެން އޮތް ކަމެކެވެ. 

މި ޙަދީޘްފުޅު ބައްލަވާށެވެ! 

On the authority of Abu Sa`eed al-Khudree (may Allah be pleased with him) who said:

I heard the Messenger of Allah (ﷺ) say, “Whosoever of you sees an evil, let him change it with his hand; and if he is not able to do so, then [let him change it] with his tongue; and if he is not able to do so, then with his heart — and that is the weakest of faith.” 

[Muslim]

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް