އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަތްދިހަ ފަސްހާސް ރުފިޔާގެ ފައިސާގެ އިނާމާއި އެކު، ރެޑްވޭވްގެ އަހަރީ ބާޒާރު ފަށައިފި!

ހަތްދިހަ ފަސްހާސް ރުފިޔާގެ ފައިސާގެ އިނާމާއި އެކު، ރެޑްވޭވްގެ އަހަރީ ބާޒާރު ފަށައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

މިދިޔަ އަހަރެކޭވެސް އެއްގޮތަށް، އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

ރެޑްވޭވް އިން ބުނެފައިވަނީ މިޕްރޮމޯޝަން ކުރިއަށްދާނީ 20 ނޮވެމްބަރ 2020 އިން ފެށިގެން 31 ޖެނުއަރީ 2021 ގެ ނިޔަލަށެވެ. އެގޮތުން މާލެ އަދި ހުޅުމާލޭގައި ޤާއިމް ކުރެވިފައިވާ ރެޑްވޭވް ގެ ހުރިހާ ފިހާރައަކުން ކަނޑައެޅިފައިވާ އައިޓަމްސްތަކަކުން ބޮޑެތި ޑިސްކައުންޓް ލިބިގެންދާނެއެވެ. އެގޮތުން އަދި މިޕްރޮމޯޝަނުން ގިނަފަރާތްތަކަކަށް ފައިސާގެ އިނާމާއި އެކު އަގުބޮޑު އިނާމްތަކެއް ލިބިގެންދާނެކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ. 

ރެޑްވޭވް އަހަރީ ބާޒާރުގެ ތެރެއިން ރެޑްވޭވް އިން ކުރާ ކޮންމެ 300ރ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. 

އެގޮތުން ގުރުއަތުން ހޮވޭ 10 ފަރާތަކަށް 5،000 ރުފިޔާ ލިބިގެންދާނެއެވެ. އަދި އެއްވަނަ އަށް ގުރުއަތުން ހޮވޭ ފަރާތަކަށް 25،000ރ ގެ ފައިސާގެ އިނާމް ލިބިގެންދާނެއެވެ.  އަހަރީ ބާޒާރުގެ ތެރެއިން ޝާރޕް އޭސީއިންނާއި އޭސީ އިންސްޓޮލޭޝަންއިން ބޮޑެތި ޑިސްކައުންޓުތަކެއް ލިބިގެންދާނެއެވެ. އަދި މިފަދަ އިތުރު އޮފާތަށް މިޕްރޮމޯޝަންގެ ތެރެއިން ކުރިއަށް ދާނެކަމުގައި ރެޑްވޭވްއިން މައުލޫމާތު ދެއްވައެވެ. 

މިޕްރޮމޯޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކް، އެމް އެފް އެލްސީ އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް، ވިޔަފާރިކުރައްވާ ފަރާތްތަކަށްވެސް ބައިވެރިވެވަޑައި ގަނެވޭނެއެވެ. އަދި ރެޑްވޭވްގެ ވެބްސައިޓު   www.redwave.mvއިން ތަކެތި ބައްލަވައި ގަންނަވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި ޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ރެޑްވޭވްގެ ސޯޝަލް މީޑިއާއިން  ލިބިވަޑައިގަންނަވާނެއެވެ. ރެޑްވޭވުން މައުލޫމާތު ދެއްވާގޮތުގައި، އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ބާއްވާ މިޕްރޮމޯޝަނަށް މިދިޔަ އަހަރު ލިބުނުފަދަ ބޮޑު ތަރުހީބެއް މިއަހަރުވެސް ލިބޭނެކަމުގައި އެކުންފުނިން ޔަޤީންކުރެއެވެ. 

ރެޑްވޭވްގެ އިލްތިމާސަކީ  ސޭވްކުރުމަށް ކަސްޓަމަރުން އިތުރު އަހައްމިއްޔަތުކަމެއް ދީފައިމިވާ ކޮވިޑްގެ ދަނޑިވަޅުގައި، ގިނަ ކަސްޓަމަރުންތަކެއް ރެޑްވޭވްގެ ފިހާރަތަކަށް ވަޑައިގެން، ފުރުސަތުގެ ބޭނުން ހިއްޕަވާ، ޕްރޮމޯޝަންގައި ބައިވެރިވެވަޑައިގަތުމެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު