އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު
މިހާރަކަށް އައިސް ގޭގައި ގެންގުޅޭ ނޯކަރު ފިރިހެނުންނާއި ގޭގައި ކުއްޔަށް ގެންގުޅޭ ފިރިހެނުންނާއި ގޭގައި އުޅޭ ޅިޔަނުން ފަދަ ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަޢުރަ ނިވާނުކޮށް އުޅެމުން އެބަގެންދެއެވެ.
އެއްގޭގައި އުޅުމަކީ ޢާއިލީ ހައިޞިއްޔަތަށް އެއްވެސް ބަދަލެއް އަންނަކަމެއް ނޫނެވެ. ކައިވެނި ޙަރާމްވެ ހުއްދަވުމުގައި އެއްވެސް ބަދަލެއް ނުއަންނާނެއެވެ. ވީމާ އެއް ގެއެއްގައި އުޅުނު ނަމަވެސް ގެއަށް ޒިޔާރަތްކުރާ ކިތަންމެ ގާތް އެކުވެރިން ނަމަވެސް ހިލޭ ފިރިހެނުންވާނީ ހަމަ ހިލޭ ފިރިހެނުންނަށެވެ. އެމީހުންގެ ކުރިމަތީގައި އަޢުރަ ނިިވާނުކުރާނަމަ ފާފަވެރިވާނެއެވެ.
ދިވެހިބަހުން ބުރުގާ އެޅުން މިކިޔަނީ އަނހެނުންގެ ހަށިގަނޑުން ހިލޭ ފިރިހެނުންނަށް ނުދައްކައި ފޮރުވަންޖެހޭބައި ނިވާކޮށް ފޮރުވުމަށެވެ. އެބައަކީ އަންހެނާގެ އަޢުރަ ކަމުގައިވާތީ އަޢުރަ ނިވާކުރުމަށެވެ.
ވީމާ ގޭގައި މަސައްކަތްކުރާ ނޯކަރު ނުވަތަ ބުނެވިދިއަ މީހަކީ މަޙްރަމަކަށް (ތިމާ ކައިވެނި ޙަލާލުނުވާ ފަދަ މީހަކަށް) ނުވާނަމަ، އެއްވެސް ޙާލެއްގައި އޭނާގެ ކުރިމަތީގައި ބުރުގާނާޅައި އުޅުމަކީ އިސްލާމްދީނުގައި ހުއްދަކަމެއްނޫނެވެ. އަދި އެކަމުގެ ސަބަބުން ތިމާ ފާފަވެރިވާނެއެވެ. والله أعلم
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
22 ނޮވެމްބަރ 2020