އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝާހިދަށް! ދިވެހިން އިސްލާމް ދީނާ ދުރުކުރަން މަޖިލީހުން ކުރާ މަސައްކަތްތައް އޯއައިސީގެ ސަމާލުކަމަށް ނުގެންނެވީ ކީއްވެތޯ؟

ޝާހިދަށް! ދިވެހިން އިސްލާމް ދީނާ ދުރުކުރަން މަޖިލީހުން ކުރާ މަސައްކަތްތައް އޯއައިސީގެ ސަމާލުކަމަށް ނުގެންނެވީ ކީއްވެތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

ދިވެހި ޚާރިޖިއްޔާއިން މިއަދު ބުނެފައިވެއެވެ.

"އިސްލާމީ އުއްމަތަށް ދިމާވެފައިވާ އެކި މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޓެރަރިޒަމާ ދެކޮޅަށް އޯއައިސީ ގެ މެމްބަރު ޤައުމުތަކުން މަސައްކަތްކުރުމަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް ހިންގޭ އަމަލުތައް ހުއްޓުވައި، މުސްލިމުންނާ ދެކޮޅަށް ހިންގޭ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖްތަމައުގައި މަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ."

ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ މިބަސްފުޅާއި ގުޅިގެން އުފެދޭ ސުވާލަކީ ﷲ ގެ ޙުކުމްފުޅުތަކަށް ގޮންޖަހައި ދީނުގައި ޙަރާމް ކަންކަން ޢާންމުކުރަން ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ ނަމުގައި ހިންގާ ނަޖިސް މަޖިލީހުން ކުރަމުން ގެންދާ މަސައްކަތްތައް މަނިކުފާނަށް އެނގިވަޑައިގަންނަވާއިރު އެކަންކަން އޯއައިސީގެ ސަމާލުކަމަށް ނުގެންނެވީ ކީއްވެގެންތޯއެވެ؟ 

ޞަދަޤާތް ދިނުން އޮތީވެސް ގާތުން ދުރަށެވެ. ދީނަށް ހޭލުންތެރިކުރުވައި ދީނަށް ޢަމަލުކުރުވަން މަސައްކަތްކުރުން އޮތީވެސް ހަމަ ގާތުން ދުރަށެވެ. އެކަން މަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންވާއިރުވެސް ފުރަތަމަ ކަމަކަށް އިސްލާމް ދީނުގެ ހިދާޔަތުން ދިވެހިރައްޔިތުން ދުރަށް ޖެއްސުމަށް ކުރެވެމުން މިދާ މަސައްކަތްތަކަށް މަނިކުފާނު ކަންބޮޑުވެވަޑައިނުގަންނަވަނީތޯއެވެ؟ 

ދިވެހި ޚާރިޖިއްޔާއިން އިތުރަސް ބުނެފައިވެއެވެ. 

މިނިވަންކަމަށް މަސައްކަތްކުރަމުންދާ ފަލަސްތީނުގެ މުސްލިމުންނަށް ކޮވިޑް-19ގެ ސަބަބުން ކުރިމަތިލާންޖެހޭ އުނދަގޫތައް އިތުރުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި 1967 ވަނަ އަހަރުގެ ބޯޑަރުގެ މައްޗަށް ބިނާވެފައިވާ ދެ ދައުލަތުގެ ހައްލު ހޯދުމަށާއި، ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރާ ކުރުން މިނިސްޓަރ ޝާހިދު ތަކުރާރުކުރެއްވިއެވެ. އަދި މެދުއިރުމަތީގެ ސުލްހައަށް ދިވެހިން ކުރާ އުއްމީދު ގުޅިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އުއްމީދުތަކާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަޤްވާމީ ކޯޓުގައި ދަ ގެމްބިއާ އާއެކު ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންވެސް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ. 

ސުލްޙަވެރި، އަދި އެންމެންގެ ބައިވެރިވުން އެކުލެވޭ އުއްމަތެއްގެ ގޮތުގައި ދެމި އޮތުމަށް މިންތީގެ ހަމަހަމަކަމުގެ މުހިއްމުކަން ފާހަގަކުރައްވަމުން، އޯ.އައި.ސީގެ ވިމެންސް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގައި ދިވެހިރާއްޖެއިން މިދިޔަ އަހަރު ބައިވެރިވެ، އެޖަމްއިއްޔާގެ ފުރަތަމަ މިނިސްޓީރިއަލް ބައްދަލުވުމުގައި މިއަހަރު އޮކްޓޯބަރު މަހު ދިވެހިރާއްޖެއިން ބައިވެރިވިކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. އަދި އެޖަމްއިއްޔާއާ ނުގުޅި ހުރި ޤައުމުތަކުން އެ ޖަމްޢިއްޔާ އާ ގުޅުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

އޯ.އައި.ސީ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން ސަޢޫދީ ޢަރަބިއްޔާ، ދަ ގެމްބިއާ، ތުރުކީވިލާތް، ޕާކިސްތާން، އަފްޣާނިސްތާން، މޮރިޓޭނިއާ އަދި ސެނެގާލްގެ ޚާރިޖީ ވަޒީރުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި އޯ.އައި.ސީ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މުޙައްމަދު ޚަލީލް އަދި ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް ޑައިރެކްޓަރ އަހުމަދު ސަލްމާން ޒަކީއެވެ.

މުސްލިމް އާބާދީ ބޮޑު 57 ޤައުމުގެ މައްޗަށް އެކުލެވޭ އޯ.އައި.ސީގެ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެ ވެފައިވަނީ 1976 ވަނަ އަހަރުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް