އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮވިޑްގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުންތައް ބޮޑު! ލުއި ގޮތެއްގަ މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމް ހަމަޖެހެން ބޭނުން!: ޝާހިދު

ކޮވިޑްގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުންތައް ބޮޑު! ލުއި ގޮތެއްގަ މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމް ހަމަޖެހެން ބޭނުން!: ޝާހިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

އޯ.އައި.ސީ ގައި ހިމެނޭ ކުދި ޤައުމުތަކަށް ލުއި ގޮތެއްގައި މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ. 

އެމަނިކުފާނު މިކަމަށް ގޮވާލައްވާފައިވަނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުންތައް ބޮޑުކަން ފާހަގަކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.  

ދިވެހި ޚާރިޖިއްޔާއިން ބުނެފައިވެއެވެ. 

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ 47 ވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

"ސުލްޙައާއި ތަރައްޤީއަށް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް"، މިޝިޢާރުގެ ދަށުން ނީޖަރ ގެ ވެރިރަށް ނިއާމޭގައި ބޭއްވި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި އޯ.އައި.ސީގެ މެމްބަރު 57 ޤައުމުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެން އެޖަމްޢިއްޔާގެ ސިޔާސަތުތަކާ ބެހޭ ގޮތުންނާއި މުސްލިމް އުއްމަތަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ވާހަކަފުޅުގައި ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި އޮތް ގޮތް ބަޔާންކުރައްވައި، ސިއްހީ، އިޖްތިމާއީ އަދި އިޤްތިޞާދީ ދާއިރާއަށް ކޮވިޑްގެ ސަބަބުން ކޮށްފައިވާ އަސަރުތަކުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. އެގޮތުން ކޮވިޑް-19ގެ ރައްކާތެރިވުމަށް އަޅަން ޖެހުނު އުނދަގޫ އެތައް ފިޔަވަޅުތަކެއްގެ ސަބަބުން އިޤްތިޞާދަށް އޭގެ އަސަރުކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގެ ރިޔާސަތުގައި ޖީ-20 ގެ ޤައުމުތަކަށް ޤައުމުތަކުން ދައްކަން ޖެހޭ ދަރަނި ފަސްކޮށްދިނުމުގެ ފްރޭމްވަރކްއާ ހަމަޔަށް ދިޔުމާ ގުޅިގެން އެކަމަށް މިނިސްޓަރ ޝާހިދު މަރުޙަބާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް