އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހުން ދިރިއުޅޭ ރަށްރަށުގަ ބަނގުރާ ވިއްކުން ހުއްދަކުރަން ހުށަހެޅި މެންބަރު މިބުނަނީ އެއީ އޭނާގެ ދޫ ދެއްކި ވާހަކައެއްކަމަށްތޯ؟

މީހުން ދިރިއުޅޭ ރަށްރަށުގަ ބަނގުރާ ވިއްކުން ހުއްދަކުރަން ހުށަހެޅި މެންބަރު މިބުނަނީ އެއީ އޭނާގެ ދޫ ދެއްކި ވާހަކައެއްކަމަށްތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަކުރަން މަޖިލީހަށް ހުށަހެޅި ތޮއްޑޫ ދާއިރާގެ މެންބަރު އޭނާ ދެއްކި ޝައިޠޯނީ ވާހަކަތައް ދޮގުކުރަން ފަށައިފިއެވެ. އޭނާ ދެއްކި ވާހަކައިން އަމިއްލައަށް ބައިތައް އުނިކޮށް ދޮގުމައުލޫމާތު ފަތުރަން ފަށައިފިއެވެ. 

ޚަބަރުގައިވާ ވީޑިއޯ ފެށޭތަން އަޑުއައްސަވައިލެއްވިނަމަވެސް އިވިވަޑައިގަންނަވާނީ "މީހުން ދިރިއުޅޭ ރަށްރަށުގަވިޔަސް" ކަމަށް ބުނާއަޑެވެ. މިހާރު އެކަން ބަދަލުކުރަން ދެން ފަހަތުން ދެއްކި ވާހަކަތައް ދެއްކުމަކުން ވާހަކައިގެ ޙަޤީޤަތް ބަދަލެއް ނުކުރެވޭނެއެވެ. ބުނި ބަސް ކަންފަތަށް ވަރަށް ރަނގަޅަށް އެބަ އަޑު އިވެއެވެ.

ޝައިޠޯނާއަށް ވަކާލާތުކޮށްދޭ އެއްވެސް ޢިއްޒަތްތެރިކަމެއް ނެތް މެންބަރު ނިކަން މި 5 ސުވާލަށް ޖަވާބުދީބަލާށެވެ!  

1 - "މީހުން ދިރިއުޅޭ ރަށްރަށުގަވިޔަސް ރަށުން ބޭރުގަވިޔަސް އެފެސިލިޓީ ޤާއިމު ކުރެވޭނެ ގޮތް" ޤާއިމުކުރެވެން ޖެހޭނެ ކަމަށް ވިދާޅުވެފައި ތިމަންނަ މީހުން ދިރިއުޅޭ ރަށްރަށުގަ ބަނގުރާ ވިއްކަން ތާއީދުކޮށްފައި ނުވާނެކަމަށް ތިއަ ބުނަނީ ކޮން ގޮތަކަށް ތާއީދު ނުކުރާ ވާހަކަތޯ؟" 

2- "ރަށްރަށުގެ ފަޅުތަކަކީ އެރަށުގެ ބައެއް ކަމުގައި ނުވަނީތޯ؟"

3- "އެންމެ ފުލުހުން ގިނަ މާލެ ސަރަހައްދުގަ އޮތް ހުޅުމާލެ ބަނދަރުގައި އަޅާފައި ހުންނަ ސަފާރީތަކުން ހުޅުމާލެއަށް ބޭލުން ނުހުއްޓުވޭކަމާއި އެކަން އަބަދުވެސް ދަނީ ކުރަމުންކަން ނޭނގެނީތޯ؟ ތޮއްޑޫގަ ތިބީ ކިތައް ފުލުހުންތޯ؟" 

4- "ޤާނޫނާ ޤަވާއިދު ހެދުމުން މަސްތުވާތަކެތި ހުއްޓުވޭނަމަ މަސްތުވާތަކެތިން މުޅި ރާއްޖެ ފުރިފައިމިވަނީ ކީއްވެގެންތޯ؟" 

5-  މަޖިލީހުގެ މެންބަރުން ބަސްބުނުމަށްފަހު އޭނާ ދެއްކި ވާހަކަ ބަދަލުކުރަން އެއީ އޭނާގެ އަމިއްލަ އިޚްތިޔާރަކާ ނުލައި އޭނާގެ ދޫ ދެއްކި ވާހަކައެއް ކަމަށް ބުނާނަމަ މިހާރު ތިއަ ދައްކާ ވާހަކަދައްކަނީ އަމިއްލައަށްތޯ؟ ނުވަތަ ތިއީ ވެސް ހަމަ ދޫ ދައްކާ ވާހަކައެއްތޯ؟ ތިއައަށްވުރެ ޒިންމަދާރުކަން ކުޑަވުމަކީ ކޮބައިތޯ؟ 

މީހުން ދިރއުޅޭ ރަށްރަށުގަ ބަނގުރާ ވިއްކުން ހުއްދަކުރަން ހުށަހަޅަން ދެއްކި ވާހަކައިގެ ވީޑިއޯ:

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް