އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާހިޝް ޢަމަލުކުރާ އަނބިން ގިނަކަމަށްބުނެ ފަތުރަނީ ދޮގުމައުލޫމާތު! އެއީ ވަރަށް ނުބައި މަޤްޞަދެއްގަ ކުރާކަމެއް!

ފާހިޝް ޢަމަލުކުރާ އަނބިން ގިނަކަމަށްބުނެ ފަތުރަނީ ދޮގުމައުލޫމާތު! އެއީ ވަރަށް ނުބައި މަޤްޞަދެއްގަ ކުރާކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

މިހާރަކަށް އައިސް އެކިއެކި ދިރާސާތައް ކުރުމަށްފަހު 80،90 އިންސައްތަ އަނބިން ހިލޭ ފިރިހެނުންނާއިއެކު ގުޅުން ހިންގާކަމަށް އެބަބުނެއެވެ. އެހެންކަމުން މިގޮތަށް ފަތުރާ ވާހަކަތަކާއިމެދު ފުންކޮށްވިސްނައިލަން ޖެހެއެވެ. 

އަހަރެން ދެކޭ ގޮތުގައި މިފަދަ ވާހަކަތައް ފަތުރަނީ ލިބޭ މައުލޫމާތަށްވުރެ ބޮޑަށް އެމީހުން ޙާޞިލުކުރަން ބޭނުންވާ ބޮޑު މަޤްޞަދެއް ޙާޞިލުކުރުމަށެވެ. އެ މަޤްޞަދަކީ ހިލޭ ފިރިހެނުންނާއިއެކު ގުޅުން ހިންގާ އަނބިން އިންތިހާއަށް ގިނަ ކަމާއި އެއީ އެއްވެސް މައްސަލައެއް ނޫންކަން މީސްތަކުންނަށް ދެއްކުމެވެ. 

އަހަރެންނަސްވެސް ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކަށް ދަތުރުކުރެވިއްޖެއެވެ. ވަރަށް ގިނަ ޤަުމުތަކުގެ މީޙުންނާއި ބައްދަލުކޮށް ވާހަކަދެއްކިއްޖެއެވެ. ތަފާތު ދީންތަކުގެ މީހުންނާއިވެސް ވާހަކަ ދެއްކިއްޖެއެވެ. އެމީހުންގެ އަނބިން ހިލޭ ފިރިހެނުންނާއި އެހައި ގިނައިން ގުޅުން ހިންގާ ކަމަކަށް ނުބުނެއެވެ. އަދި އެފަދަ ކަންކަން އެއީ ކަންބޮޑުވާކަމެއްގެ ގޮތުގައި ފާހަގަނުކުރަނީ މަދު މުޖުތަމައުތަކުގައެވެ. މުޖުތަމައުގައި ކަންބޮޑުވުން އޮންނަކަމެއް އެހައި ގިނަބައަކު ކުރާނެ ކަމަށް ބުއްދިއަށް ޤަބޫލެއް ނުކުރެވެއެވެ. 

ފާހިޝް އަމަލުތައް ކުރުން ގިނަވަމުންދާކަމާއި ގިނަވާނެކަން އެއީ އެނގެން އޮތް ކަމެކެވެ. ނަމަވެސް ﷲ ތަޢާލާގެ ރަޙްމަތްފުޅުން އަދި އެކަން ކުރާ މީހުންގެ ޢަދަދު 80،90 އިންސައްތައަކަށް ނާރައެވެ. 

ހަމައެއާއިއެކު ފާހިޝް ޢަމަލުކުރާ ފިރިންގެ ވާހަކަ ހާމަކުރަނީ މަދުފަހަރަކުއެވެ. މިއީވެސް އެފަތުރާ މައުލޫމާތުގެ ޞައްޙަކަމާއިމެދު ސުވާލުއުފެދޭ ކަމެކެވެ. ހަމައެކަނި އަނބިންގެ ވާހަކަ އެހައި ގިނައިން އެދައްކަނީ ކީއްވެގެންހެއްޔެވެ؟ ފާހިޝް ޢަމަލުތައް ކުރާ ހުރިހާ އަނބިން އެކަންކުރަނީ އެކަނިވެރި، ނުވަތަ ކައިވެނިނުކުރާ ފިރިހެނުން ބަލައިހޯދައިގެންހެއްޔެވެ؟ 

ކޮންމެ މުސްލިމަކުވެސް ޔަޤީންކުރަންވީ ދުނިޔޭގެ ކިތަންމެ ގިނަ ބައަކު ކުރިނަމަވެސް ފާފައެއް ވާނީ ހަމަ ފާފައަކަށް ކަމެވެ. ކިތަންމެ ގިނަ ބައަކު ފާފަކުރިނަމަވެސް ޢަޛާބު ދެއްވަވާނެކަމެވެ. ނަރަކައަކީ ފުރޭނެ ތަނެއް ނޫން ކަމެވެ. ތިމާއަށް އޮތް އެންމެ މުހިންމު ކަމަކީ ތިމާ ނަރައިން މިންޖުވުންކަމެވެ. ނަރަކައިން މިންޖުވެވޭނީ ފާފަކުރުމާއި ދުރުހެލިވެގެންކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް