އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފޮނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ބޮޑުބައި ނިންމައިފި

ފޮނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ބޮޑުބައި ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

އެމްޓީސީސީ އިން ކުރިއަށް ގެންދާ ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ބޮޑުބައި ނިންމައިފިއެވެ.

އެމްޓީސީސީ ބުނެފައިވަނި އެކުންފުނިން ކުރިއަށް ގެނދާ ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %69 މިހާރުވަނީ ނިމިފައިވާކަމަށާއި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ކަމަށެެވެ. އަދި ދުއްވާ ސަރަޙައްދު ޤާއިމުކުރުމަށް ބޭނުންވާ މެޝިނަރީ މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ވާކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން، 27،848 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، 13،702 މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 25.5 މިލިއަން ރުފިޔާ އެވެ. މި މަޝްރޫޢު މޮބިލައިޒްކޮށްފައިވަނީ 26  ޖޫން 2019 ގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ