އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 20 ސިކުންތު
އަހަރެމެން އެންމެންވެސް އެމީހަކަށް ލިބުނު އެންމެ ރިވެތި ފޭރާމަކުން ހެދުންލަމުއެވެ. ފޭރާންވެސް ލިބެނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ. ފޭރާން ގަނެވެނީ އެމީހަކަށް ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވި މިންވަރަކުންނެވެ. ތަނަވަސްކަން ދެއްވެވުމުންނެވެ. އަދި މީހަކު ފޭރާން ދިން ނަމަވެސް އެދެނީ އެކަމަށް ﷲ ތައާލާ މިންވަރު ކުރެއްވެވުމުންނެވެ. ވީމާ ކުރުގޮތަކަށް ބުނާނަމަ ފޭރާން ނުވތަ ހެދުން ދެއްވަވަނީ ވެސް ހަމަ ﷲ ތަޢާލާއެވެ.
ހަނދާންކުރާށެވެ! ކޮންމެ ފަހަރަކު ފޭރާން ލުމަށްފަހުގައިވެސް މިލެވުނީ ﷲ ތަޢާލާ ތިމާއަށް ހުއްދަކުރައްވަވާފައިވާފަދަ ފޭރާމެއްކަމާއި ފޭރާންލުމަށް ﷲ ތަޢާލާ އަންގަވާފަދައިން ލެވިފައިވާ ފޭރާމެއްކަމުގެ ހިތްހަމަޖެހުން ލިބިގަންނަންވާނެއެވެ. ބަރަކާތް އިތުރުވާނީ އެއިރުންނެވެ
ހެދުންލަމުން މިފަދައިން ދުޢާކުރުމަށް ޙަދީޘްފުޅުގައި އެބައޮތެވެ.
الْحَمْدُ للهِ الَّذِي كَسَانِي هَذَا (الثَّوبَ) وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلَا قُوَّةٍ
Praise is to Allah Who has clothed me with this (garment) and provided it for me, though I was powerless myself and incapable.
Al-Bukhari, Muslim, Abu Dawud, Ibn Majah, At-Tirmidhi. See also 'Irwa'ul-Ghalil 7/47.
ދުޢާގައި އެކުލެވިގެންވާ މާނައީ މިއަޅާއަށް މިފޭރާން ދެއްވެވި ﷲ ތަޢާލާއަށް ޙަމްދުކުރަމެވެ. އެންމެހައި ޙަމްދުޘަނާއެއް ޙައްޤުވެގެންވަނީ މިއަޅާއަށް މިފޭރާން ދެއްވެވި ﷲ ތައާލާއަށެވެ. އެކަމަށް މިއަޅާއަށް އެއްވެސް ބާރެއް ލިބިގެނެއް ނުވެއެވެ. (ﷲ ތަޢާލާ މިންވަރު ނުކުރެއްވެވިނަމަ މިއަޅާއަށް މިހެދުމެއް ނުލިބުނީހެވެ. )
އައުފޭރާމެއް ލިބިއްޖެނަމަ ލަމުން މިފދައިން ދުޢާކުރާށެވެ! (ޙަދީޘް)
للَّهُمَّ لَكَ الْحَمْدُ أَنْتَ كَسَوْتَنِيهِ، أَسْأَلُكَ مِنْ خَيْرِهِ وَخَيْرِ مَا صُنِعَ لَهُ، وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ
ފާ ﷲ! މިއަޅާއަށް މިފޭރާން ދެއްވެވީ އިނބަ ﷲ އެވެ. އިނބަ ﷲ އަށް ޙަމްދުހުއްޓެވެ. އެފޭރާމުގެ ހެޔޮކަމާއި އަދި އެއްދެވިގެންވާ ކަންކަމުގެ ހެޔޮކަމަށް އިނބަ ﷲ ގެ ޙަޟްރަތުން މިއަޅާ އެދެމުއެވެ. އަދި އެފޭރާމުގެ ނުބައިކަމާއި އަދި އެފޜަޏް އުފެއްދެވިގެންވާ ކަންކަމުގެ ނުބައިކަމުން މިއަޅާ އިނބަ ﷲ ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެމުއެވެ.
O Allah, praise is to You. You have clothed me. I ask You for its goodness and the goodness of what it has been made for, and I seek Your protection from the evil of it and the evil of what it has been made for.
Abu Dawud and At-Tirmidhi. See also Al-Albani, Mukhtasar Shamd'il At-Tirmidhi, p. 47
އެހެން މީހަކު އައު ފޭރާމެއްލައިގެން ހުއްޓާ ފެނުނު ނަމަވެސް މިފަދައިން ދުޢާކުރާށެވެ.
الْبَسْ جَدِيداً، وَعِشْ حَمِيداً، وَمُتْ شَهِيداً
އައުފޭރާންލާށެވެ! އަދި ރިވެތި ގޮތުގައި ދިރިއުޅޭށެވެ! އަދި ޝަހީދެއްގެ ގޮތުގައި މަރުވާށެވެ!
Put on new clothes, live a praise-worthy life and die as a martyr.
Ibn Majah 2/1178, Al-Baghawi 12/41. See also Al-Albani, Sahih
Ibn Majah 2/275
އަދި ފޭރާން ބާލާއިރު بِسْمِ اللهِ ކިޔައި ހެދުން ބާލާށެވެ.
At-Tirmidhi 2/505, among others. See 'Irwa'ul Ghalil no. 49 and Sahihul-Jami' 3/203
ދުޢާތަކުގެ މާނަ: ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު
Advertisement
9 ޑިސެމްބަރ 2020