އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން ގޮވައިގެން އެންމެ ނިކަމެތިޙާލުގަ އުޅެންޖެހުނު ކިތަންމެ މައިންނެއް މިއަދު ތިބީ ރާނީންގެ ޢިއްޒަތުގަ! އެއީ ތިމާއާއެކު ﷲ ވޮޑިގެންވާކަން ޤަބޫލުކުރުމުގެ ފައިދާ!

ދަރިން ގޮވައިގެން އެންމެ ނިކަމެތިޙާލުގަ އުޅެންޖެހުނު ކިތަންމެ މައިންނެއް މިއަދު ތިބީ ރާނީންގެ ޢިއްޒަތުގަ! އެއީ ތިމާއާއެކު ﷲ ވޮޑިގެންވާކަން ޤަބޫލުކުރުމުގެ ފައިދާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

އުފުލަންޖެހޭ ތަކްލީފްތައް ބޮޑުވުމުން އެންމެންހެން ކަންބޮޑުވެއެވެ. ނަމަވެސް އެގޮތަށް އެކަން އެވަނީ އެމީހާ ވިސްނާ ގޮތުންނެވެ. ކަމުގެ ޙަޤީޤަތަށް ވިސްނުމުން ކަންބޮޑުވުންތައް މަދުވާނެއެވެ!

ތަކްލީފެއް ނުވަތަ މުޞީބާތެއް ކުރިމަތިވުމުން އެހައިބޮޑަށް ކަންބޮޑުއެވެވެނީ ބުރަ އުފުލަންހުރީ ތިމާއެކަނި ކަމަށް ޤަބޫލުކުރެވޭތީއެވެ. ކުޑަކުޑަ މިސާލެއް ބުނެލާނަމެވެ.

ކައިވެންޏަށް 5 ވަރަކަށް ދަރިން ލިބޭތަނާ ކުއްލިއަކަށް ފިރިމީހާ މަރުވެދާނެއެވެ. ދަރިން ބެލެހެއްޓޭނެގޮތަކާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވެވޭނެއެވެ. ނަމަވެސް ވިސްނައިލާށެވެ! ތިމާ އާއި އަދި ދަރިންނާއިއެކު ﷲ ތަޢާލާ ވޮޑިގެންވެއެވެ. މަގެއް ދައްކަވާނެއެވެ!

ލޮބުވެތި ކަނބަލުންނޭވެ! މިބުނި ފަދަ ނިކަމެތި ޙާލެއް ކުރިމަތިވިނަމަވެސް ﷲ ތަޢާލާގެ އިމުން ބޭރުނުވާށެވެ! އިމުގައި ސާބިތުވާށެވެ! ސަލާންޖަހަން ޖެހުނު ނަމަވެސް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ގޮތުގައި އެއްވެސް އެއްޗެއް ނުހޯދާށެވެ! ދަރިންގެ ބަނޑުފުރާނަ މުއްތިކުރަން ނަމަވެސް ޙަރާމްއެއްޗެއް ދަރިންނަށް ކާންނުދޭށެވެ! ހަމައެކަނި ފެންފޮދެއްބޯލައިގެން ތިބެންޖެހުނު ނަމަވެސްމެއެވެ.

ﷲ ތަޢާލާއަށް ވަކީލުކޮށް އަޅުކަމުގައި ސާބިތުވެ ދުޢާކުރުމާއިއެކު މަސައްކަތްކުރުމުން ރިޒްޤް ދެއްވަވާނެތެވެ. އެހެން ބޭނުންތައްވެސް ފުއްދަވައިދެއްވަވާނެތެވެ! ﷲ ގެ މަގުގައި ސާބިތުވުމުން އުފާވެރިކަމާއި ތަނަވސްކަން ދެއްވަވާފައިވަނީ ކިތައް މައިންނަށްކަން ހިތަށް އަރުވާލައި ސާބިތުވާށެވެ!

ކިސަޑުން ހުރި ގެއެއްގައި 11 ދަރިން ބެލެހެއްޓި އެކަނިވެރި މައަކު މިހާރު ދިރިއުޅެނީ އޭނާގެ ދަރިން އެޅި 12 ފަންގިފިލާގެ ގެއެއްގެ 12 ވަނަ ފަންގިފިލާގައެވެ. ވަގުތުތައް ހޭދަކުރަނީ ރޫފްޓޮޕްގައެވެ.

6 ދަރިންނާއިއެކު އެކަނިވެރިމައަކަށްވި އަންހެނަކު ކުރި ކައިވެނީގައި ލިބުނު ފިރިމީހާ އޭނާ އާއި ދަރިން ބަލަހައްޓަމުން އެގެންދަނީ އެކުދިންގެ ބައްޕަ ބެލެހެއްޓިވަރަށްވުރެ ފުރިހަމައަށެވެ. މާތަނަވަހުގައެވެ. މިފަދަ ކިތަންމެ މިސާލުތަކެއް ދެއްކިދާނެއެވެ.

ޔަޤީންކުރަންވީ ހަމަ އެންމެ ކަމެކެވެ! ﷲ ތަޢާލާގެ މަގުގައި ސާބިތުވުމުން ނިޢްމަތްތައް ދެއްވަވާނެ މަގު ނުވެސް އެނގޭނެކަމެވެ. އެކަމުގެ ޔަޤީންކަމުގައި ހުންނަ މީހާ އަބަދުވެސް ހުންނާނީ އުފަލުންނެވެ.

ވީމާ މާޔޫސްނުވާށެވެ! ﷲ ތަޢާލާގެ މަގުގައި ސާބިތުތުވާށެވެ! ދެއްވަވާ ނިޢްމަތްތައް މާފުރިހަމަވާނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް