އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަރަންޓްބިލް ނުދެއްކޭތީ ކަރަންޓް ކަނޑާލުމުން ހުޅުމާލޭގަ ޢާއިލާއެއް ކަނުއަނދިރީގަ! އެދެނީ ރައްޔިތުންގެ އެހީތެރިކަމަށް!

ކަރަންޓްބިލް ނުދެއްކޭތީ ކަރަންޓް ކަނޑާލުމުން ހުޅުމާލޭގަ ޢާއިލާއެއް ކަނުއަނދިރީގަ! އެދެނީ ރައްޔިތުންގެ އެހީތެރިކަމަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ހުޅުމާލޭގައި ދިރިއުޅޭ ޢާއިލާއެއް ދިރިއުޅޭ ހުޅުމާލެ 125 ޖީީ 01 އިން ސްޓެލްކޯއަށް ދައްކަންޖެހޭ ކަރަންޓްބިލް ނުދެއްކި ހުރެގެން މިއަދު ކަރަންޓްކަނޑާލާފައިވާ ކަމަށާއި ޢާއިލީ ތިބީ ކަނއަނދިރީގައިކަމަށް ޢާއިލާއިން ބުނެފިއެވެ. 

ޢާއިލާއިން ބުނީ ކޮވިޑާއި ގުޅިގެން ވަޒީފާގެއްލުމުން ޢާއިލާގައި މުސާރަ ލިބޭ މިހާރުހުރީ އެންމެ މީހެއް ކަމަށެވެ. ބިލްތައް ނުދެއްކި ހުރީ ދެއްކޭނެ އެއްވެސް ގޮތެއް ނެތިގެން ކަމަށާއި އެކަން ސްޓެލްކޯގައި ވާނީ ބަޔާންކޮށްފައި ކަމަށެވެ. 

"އަޅުގަނޑުމެން މިތިބީ ކަނު އަނދިރީގައި. ފްރިޖްގައި ހުރި މަސްކޮޅުވެސް ކުނިވެއްޖެ. އަޅުގަނޑުމެންގެ އަތުގައި ބިލްދައްކާނެ ލާރިއެއް ނެތް. އެހެންވެ ބިލްތައް ގިނަވީ. ކަރަންޓްކަނޑަން އުޅުނީމަ ދަރަންޏަށް ނަގައިގެން ކުރިންވެސް ވާނީ ބައެއް ބިލްތައް ދައްކާފައި. ދަރަންޏަށްވެސް ނުލިބިގެން މިހާރު މިއުޅެނީ. ކަރަންޓްބިލަސް 16000 އަދި ފެންބިލަށް 7000 ރުފިޔާ ނުދެއްކި އެބައޮތް. ނަސީބަކުން އަދި ފެން ކަނޑައެއް ނުލާ! އެންސްޕާގެ އެހީތެރިކަމަސްވެސް އެދިގެން މއުޅެނީ." ޢާއިލާއިން ބުނެފައިވެއެވެ. 

ޢާއިލާއިން ބުނީ މިޙާލަތުގައި އެމީހުންނަށް ދީލަތި އެހީތެރިކަމަށް ބޭނުންވާ ކަމަށެވެ. 

އިތުރު މައުލޫމާތު ހޯއްދެވުމަށާއި އެހީތެރިވެދެއްވަން: ފޯން 7441989

ކަރަންޓް ކަނޑާލާފައިވާކަން ޔަޤީންކުރަން ހުޅުމާލެ ސްޓެލްކޯ އިމަޖެންސީ ނަމްބަރަށް ގުޅުމުން ވަނީ އިތުރު މައުލޫމާތު ލިބޭނެގޮތް ނުވެފައެވެ.

101  327464  7705 fathimath firuza

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް