އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޛިކުރުކުރުން ގިނަކުރުމުގެ މުހިންމުކަމާ ޛިކުރުކުރާ މީހުންގެ ދުޢާ-

ޛިކުރުކުރުން ގިނަކުރުމުގެ މުހިންމުކަމާ ޛިކުރުކުރާ މީހުންގެ ދުޢާ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ބައެއް މީހުން ދެކޭ ގޮތުގައި ޛިކުރުކުރުމަކީ ނަމާދަށްފަހު ނުވަތަ ހެނދުނާއި ހަވީރު ނުވަތަ ވަކިވަގުތަކު އެކަމަށް ޚާއްޞަވެގެން އިނދެ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އެއީ އެއްގޮތަކަށްވެސް އެގޮތަށް އެކަނި ކުރަން އޮތްކަމެއް ނޫނެވެ.

ނަމާދަށްފަހުވެސް އަދި ހެނދުނާއި ހަވީރު ވެސް ޛިކުރުކުޜާށެވެ! އެހެނަސް އެވަރަކުން ނުފުދެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ އުފުލިގެންދާނީ ޛިކުރުކުރުންގިނަކުރިވަރަކުންނެވެ. އަދި ﷲ ތައާލާ އެމީހެއްގެ މަތިން ހަނދުމަކުރައްވަވާނީވެސް އެމީހަކު ޛިކުރުކުރިވަރަކުންނެވެ. 

އަހަރެމެން މުސްލިމުން ޛިކުރުކުރާކަށް ވަކިވަގުތެއް ނެތެވެ. މާނައަކީ އެއީ އެމީހަކު ބޭނުންވުމުން ކޮންމެ ވަގުތަކުވެސްކުރަން އޮތްކަމެކެވެ. އިށީނދެއިނދެގެން، އޮށޯވެ އޮވެގެން އަދިކޮޅަށް ހުރެގެްނވެސް ކުރެވެން އޮތްކަމެކެވެ. 

"އެއުރެންނީ ކޮޅަށް ތިބެގެންނާއި އިށީނދެތިބެގެންނާއި އޮށޯވެ ތިބެގެން ﷲ ހަނދުމަކޮށް، އުޑުތަކާއި ބިން ﷲ ހެއްދެވިގޮތާއިމެދު ފިކުރުކޮށްއުޅޭ މީހުންނެވެ. (އެއުރެން ދަންނަވާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިނބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، ބާޠިލްގޮތެއްގައެއް ނޫނެވެ. އިނބަރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއިއެވެ! ފަހެ، ނަރަކައިގެ ޢަޖާބުން އަޅަމެން ދިންނަވާދޭވެ!" (އާލްޢިމްރާން: 191)  

"....ގިނަގިނައިން ﷲ ހަނދުމަކޮށް ޛިކުރުކުރާ ފިރިހެނުންނާއި، ޛިކުރުކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި ﷲ ފާފަފުއްސެވުމާއި ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވެވިއެވެ." (އަލްއަޙްޒާބް: 35) 

ޛިކުރްކޮށް ﷲ ތަޢާލާ ހަނދުމަކުރާ މީހުންގެ ދުޢާ: 

رَبَّنَا مَا خَلَقۡتَ هٰذَا بَاطِلًا ۚ سُبۡحٰنَكَ فَقِنَا عَذَابَ النَّارِ

އަޅަމެންގެ ވެރިރަސްކަލާކޮ! އިނބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، ބާޠިލްގޮތެއްގައެއް ނޫނެވެ. އިނބަރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއިއެވެ! ފަހެ، ނަރަކައިގެ ޢަޖާބުން އަޅަމެން ދިންނަވާދޭވެ!" (އާލްޢިމްރާން: 191)  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް