އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުކުރަން ފެށުމުން ކަންނެތްވެ ފޫހިވާނަމަ ހިތްވަރު އިތުރުކުރަން ކުރެވިދާނެ ބައެއް ކަންކަން-

ނަމާދުކުރަން ފެށުމުން ކަންނެތްވެ ފޫހިވާނަމަ ހިތްވަރު އިތުރުކުރަން ކުރެވިދާނެ ބައެއް ކަންކަން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ނަމާދުކުރަން ފެށުމުން ނުވަތަ އެނޫންވެސް ހެޔޮ އަމަލުތައް ކުރަން ފެށުމުން އެކަންކަން ކުރަން ފޫހިވޭހެއްޔެވެ؟ ކަންނެތްވޭ ހެއްޔެވެ؟ ފަސްޖެހެވޭހެއްޔެވެ؟ މިކަންކަންވުމަށް މެދުވެރިވާ އެންމެ ބޮޑު ބާރަކީ ޝައިޠޯނާއެވެ. ޝައިޠޯނާއެ މަސައްކަތްކުރަނީ ތިބާގެ މަގަށް ހުރަސްއެލުމަށެވެ. 

ޝައިޠޯނާއަށް އިޖާބަދެވިއްޖެނަމަ ތިބާ ކުރިއަށް އެޅި ފިޔަވަޅު އެ އެއެޅެނީ ފަހަތަށެވެ. އެގޮތަށް މެދުވެރިއެވަނީ ޝައިޠާނާގެ ކޮޅު އަދިވެސް ހަމަ ވަރުގަދަކަމުންނެވެ. ތިބާގެ މައްޗަށް ޝައިޠޯނާގެ ބާރު ގަދަކަމުންނެވެ.  

ވީމާ އެ ހާލަތުގައި އޮތީ ޝައިޠާނާގެ ކިބައިން ސަލާމަތްކަމަށާއި ﷲ ތަޢާލާގެ މަގުގައި ސާބިތުކަން ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރުމެވެ. އެހެނީ އެއްފިޔަވަޅު ކުރިއަށް އެޅުމަށްފަހު ފަހަތަށް ފިޔަވަޅެއް އެޅޭނަމަ ކުރިއަކަށް ނުދެވޭނެއެވެ. އެއް ފިޔަވަޅު ކުރިއަށް ފަހަތަށް ދެ ފިޔަވަޅު އަޅާ ނަމަ ދާނީވެސް ފަހަތަށެވެ. ކުރިއަށް ދެވޭނީ ފަހަތަށް ނުދެވި ކުރިއަށް ދެވޭނަމައެވެ. 

ވީމާ ފުރިހަމަ އީމާންކަންމަތީގައި އިސްލާމް ދީނުގައި ސާބިތުކަން ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ. އަހަރެމެންގެ ލޭގެތެރޭގައި ޝައިޠާނާ އެދަނީ ދަތުރުކުރަމުންނެވެ. ވީމާ ޝައިޠާނާގެ ކިބައިން ސަލާމަތް ވެވޭނީ ވަރަށް ވަރުގަދަ އަޒުމަކާއިއެކު މަސައްކަތްކޮށްގެންނެވެ. 

يا مقلب القلوب ثبت قلبي على دينك

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް