އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްޖިދު ސުންނަތްކުރާނެ ވަގުތު ނެތް ނަމަ ރަވާތިބު ސުއްނަތް ކުރާއިރު ދެ ނަމާދަށް އެއްކޮށް ނިޔަތްގަނެ 2 ރަކުޢަތް ކުރުމުން ފުދޭނެ!

މަސްޖިދު ސުންނަތްކުރާނެ ވަގުތު ނެތް ނަމަ ރަވާތިބު ސުއްނަތް ކުރާއިރު ދެ ނަމާދަށް އެއްކޮށް ނިޔަތްގަނެ 2 ރަކުޢަތް ކުރުމުން ފުދޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

ތަޙިއްޔަތުލްމަސްޖިދު (މަސްޖިދު ސުއްނަތު)ގެ ދެ ރަކްޢަތާ ގުޅޭ ސުވާލު

ނަމާދަށް ދާއިރު މިސްކިތުގައި ތިބި މީހުން ރަވާތިބު ސުންނަތް ކުރަން ފަށާފައި ވާނަމަ އަޅުގަނޑު ފަށަން ޖެހޭނީ މަސްޖިދު ސުންނަތްތަ ނޫނީ ރަވާތިބު ސުންނަތްތޯ؟

الحمد لله, والصلاة والسلام على نبينا وسيدنا محمد, وعلى آله وصحابته أجمعين, وبعد:

ތަޙިއްޔަތުލް މަސްޖިދު ނުވަތަ މަސްޖިދު ސުއްނަތަކީ އެކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ބާރު އަޅުއްވާފައިވާ ގަދަވެގެންވާ ސުއްނަތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.

 «إِذَا دَخَلَ أَحَدُكُم الْمَسْجِدَ فَلاَ يَجْلِسَ حَتَّى يُصَلِّيَ رَكْعَتَيْنِ»[1] ތިޔަބައިމީހުންގެ ތެރެއިން މީހަކު މިސްކިތަށްވަދެއްޖެނަމަ 2 ރަކުޢަތް ކޮށްފުމަށް ދާންދެން ނުއިށީންނާށެވެ.

މިސްކިތަށް ދެވޭ ވަގުތާއި ޤަމަތްދިނުމާ ދެމެދު މަސްޖިދު ސުއްނަތް (ތަޙިއްޔަތުލްމަސްޖިދު) ގެ ދެ ރަކްޢަތް ކުރުމަށްފަހު ރަވާތިބު ސުއްނަތް އަދާކުރާނެ ވަގުތު އޮތް ނަމަ ކުރެވިދާނެއެވެ.

ނަމަވެސް މޮޅުއިތުރު ވެގެންވަނީ ގޭގައި ސުއްނަތް އަދާކުރުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.

«أفضل صلاة المرء في بيته؛ إلا المكتوبة»[2] ފަރުޟު ނަމާދު ފިޔަވައި މީހާ ކުރާ އެންމެ ހެޔޮ ނަމާދަކީ ގޭގައި ކުރާ ނަމާދެވެ. (އެބަހީ؛ ސުއްނަތް ނަމާދު ކުރުން އެންމެ އައުލާ ވެގެންވަނީ ގޭގައެވެ.)

ނަމަވެސް އެހާވަރަށް ވަގުތު ނެތް ނަމަ ރަވާތިބު ސުއްނަތް ކުރުމުން ފުދޭނެއެވެ. މިގޮތަށް ކުރާއިރު ދެ ނަމާދަށް އެއްކޮށް (އެބަހީ؛ ރަވާތިބު ސުއްނަތަށާއި ތަޙިއްޔަތުގެ 2 ރަކްޢަތަށް) ނިޔަތްގަނެ 2 ރަކުޢަތް ކުރުމުން ފުދޭނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. [3]

އަދި ހަމަ އެގޮތަށް މިސްކިތަށް ދާއިރު ޖަމާޢަތްފެށިފައިވާނަމަ، އެ ސުއްނަތް އަދާކުރާކަށް ނުޖެހޭނެއެވެ. އެހެނެއްކަމަކު އޭރުން އޭނާ އަށް ޖެހޭނީ ޖަމާޢަތުގައި ބައިވެރި ވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.

 «إذا أُقِيمَت الصلاة فلا صلاة إلا المكتوبة» [4] ނަމާދަށް ޤަމަތް ދެވުމުން (އެ ޤަމަތްދެވުނު) ފަރުޟު ނަމާދު ފިޔަވައި އެހެން ނަމާދެއް ނުވެއެވެ.

والله أعلم

--ޝައިޚް މުޙައްމަދު އަނީލްގެ ލިޔުއްވުމަކުން

________________________________________

[1]  رواه البخاري:444، مسلم :714

[2]  صحيح البخاري:731، صحيح مسلم :781، سنن الترمذي:450، سنن النسائي :1599، سنن أبي داود :1447، مسند أحمد:5/186، موطأ مالك :293، سنن الدارمي :1366.

[3]  مجموع فتاوى العلامة عبد العزيز بن باز رحمه الله ( 11 / 377 )

[4]  رواه مسلم

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް