އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފޭރާމަކީވެސް ﷲ ދެއްވާ ނިޢުމަތެކެވެ. ޝުކުރުވެރިވުމުގެ ގޮތުން މި އަދަބުތަކުގައި ހިފަހައްޓާށެވެ!

ފޭރާމަކީވެސް ﷲ ދެއްވާ ނިޢުމަތެކެވެ. ޝުކުރުވެރިވުމުގެ ގޮތުން މި އަދަބުތަކުގައި ހިފަހައްޓާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

ފޭރާމަކީވެސް ﷲ ދެއްވާ ނިޢުމަތެއްކަން ދަނެ ﷲ އަށް ޙަމްދުކުރާށެވެ. 

ފޭރާން ދެއްވެވުމުން ފޭރާންލުމާއި، ޒީނަތްތެރިވުމުގައި ބޮޑާކަމާއި ކިބުރުވެރިކަމާއި، އިސްރާފު ކުރުމުން އެއްކިބާވާށެވެ. މިއަދަބުތަކުގައި ހިފަހައްޓާށެވެ.

އުނެފޭރާމާއި ޒީނަތްތެރިވުމުގެ އަދަބުތައް: 

• ފޭރާމުގެ ސާފްތަހިރުކަމަށް ސަމާލުކަން ދިނުން.

• ފޭރާން ލުމުގައި ކަނާތްފަރާތް އިސްކުރުމާއި، ފޭރާން ބޭލުމުގައި ވާތް އިސްކުރުން.

• ފޭރާން ލާހިނދުގައްޔާއި، އާފޭރާން ލާހިނދުގައްޔާއި، ފޭރާންބާލާހިނދު ދުޢާކިޔުން.

• ފިރިހެނުން ފަށުވި ފޭރާންލުމާއި، ރަނުގެ ގަހަނާ އެޅުން މަނާވުން. 

• އަންހެނުން ފިރިހެނުންނަށް ޚާއްޞަ ފޭރާން ލުމާއި، ފިރިހެނުން އަންހެނުންނަށް ޚާއްޞަ ފޭރާންލުމުން މަނާވުން.

• ފޭރާމަކީ އައުރަ ނިވާވާ ފޭރާމުގެ ޝަރުޢީ މިންގަނޑުތަކަށް ފެތޭ ހެދުމަކަށް ވުން.

ޝުހުރަތުގެ ފޭރާން ނުލުން (މަޝްހޫރުވުމުގެ ނިޔަތުގައި މުޖްތަމަޢުގެ ޢާއްމު އާދަކާދަ އާއި ޚިލާފަށް މަޝްހޫރުވާން ހެދުން ނޭޅުން). 

• ބާޠިލް ދީންތަކަށް ޚާއްޞަ ހެދުންތަކާއި، އެދީންތަކުގެ ޝިޢާރުތައް ރަމްޒުކޮށްދޭ ހެދުންތަކާއި، ފުރާނަވާ ޖަނަވާރުންގެ ކުރެހުންތައް ހުންނަ ފޭރާން ލުމުން އެއްކިބާވުން.

• މިނިކާ ޖަނަވާރާއި، ކެއުން ޙަރާމް ޖަނަވާރުތަކުގެ ހަމުންވާ ފޭރާން ނުލުން.

• ފިރިހެނުންގެ އިޒާރު (އުނަގަނޑުން ތިރީގެ ފޭރާން) ތަނބިކައްޓަށް ވުރެ ތިރި ނުކުރުން.

• ފިރިހެންވެރިން ހުދު ފޭރާން ލުމަށް ލޯބިކުރުން. 

• ކާފިރުންނާއި، ފާސިގުން ހެދުން އަޅާ ވައްޓަފާޅިތައް ނަކަލުކޮށް އެފަދައިން ހެދުން ނޭޅުން.

• ޒީނަތްތެރި ވުމަށް ބުމަހެދުމާއި، ޓެޓޫ ޖެހުމާއި، އިސްތަށިގަނޑު ގުޅުވުމާއި، ދަތް ދުރުކުރުން ފަދަ ކަންކަމުން މަނާވުން.

    ހުވަނދު ލުމަށް ލޯބިކުރުން 

• އަންހެން ކަނބަލުން ހުވަނދުލައިގެން ބޭރުތެރެއަށް ނުދިއުން.

• ބޮލުގައި ފުނާއަޅާއި ބޮލުގެ އިސްތަށިގަނޑު ރީތިކޮށް ބޭއްވުން. 

• ނުރަ އުފުރުމާއި، ނުރަ ފޮރުވުމަށް ނުރައިގައި ކަޅުކުލަ ޖެއްސުމުން މަނާވުން. 

• ފިރިހެނުން ތުނބުޅި ދިގުކުރުމާއި، މަތިމަސް ކުރުކުރުން.

• ބޯކޮށުމުގައި ބޮލުގެ އިސްތަށިގަނޑު އެއްވަރަކަށް ބެހެއްޓުން، އެކި ހިސާބު އެކިވަރަށް ނުބެހެއްޓުން. 

ފިޠުރަތުގެ ސާފްތާހިރުކަމުގެ ތެރެއިންވާ ނިޔަފަތި ކެނޑުމާއި، ކިހިލިފަތީގެ އިސްތަށި އުފުރުމާއި، ލަދުވެތި ގުނަވަންތަކުގެ އިސްތަށިތައް ބޭލުން ފަދަ ކަންކަން 40 ދުވަހަށްވުރެ އިތުރު ނުކުރުން.

- ޝައިޚް އަހްމަދު ރިމާޒް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް